ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރޫޅާލާފައިވާ ތާރީހީ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާންނެރެފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އޭޕްރީލް 8 އިން 22 އަށްވެސް މިކަމަށް އިއުލާން ކޮށްފައެވެ. އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް ވަނީ އަނެއްކާވެސް އިއުލާން ކޮށްފައެވެ.

މި އިއުލާނުގެ މުއްދަތު ހަމަވާނީ މިމަހުގެ 22 ވަނަ ދުވަހަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ 500 ރުފިޔާގެ ފީއެއް ދައްކައިގެން ކަންވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކަޅުވަކަރު މިސްކިތް ރޫޅާލާ މާލެ ނޫން ތަނަކަށް ބަދަލުކުރަން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އާ ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެކަން ކުރެވިފަކާއެއް ނުވެއެވެ.

މިހާރުގެ ސަރުކާރުގެ ހެރިޓޭޖް މިނިްޓަރަކަށް ހުންނެވި ޔުމްނާ މައުމޫންގެ އެންމެ ފުރަތަމަ މަސައްކަތަކަށްވެފައި އޮތީ މިސްކިތުގެ ބައިތައް ހުރިތަނެއް ހޯދުމެވެ. މިހާރު މިނިސްޓްރީން މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދާ އެއްގޮތަށް އެ މިސްކިތް އަލުން މާލޭގައި ބެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މައުމޫނަށް ވެރިކަން ލިބޭނީ މިމިސްކިތް ބެހެއްޓީމަ. މައުމޫނު ހުރީ ފަންޑިތަ ހަދާފަ މިމިސްކިތައް. އެހެންވެ މައުމޫނުގެ ދަރި އެއުޅެނީ އެހާ ވަރަކުން އެކަންކުރާން ވެގެން.

  2. ނާނި

    މަޤާމު ލިބުނީއްސުރެ މިނޫން އެހެން އެއްޗެއް ނުކިޔާ، ކަޅުވަކަރު މިސްކިތް،
    ކަޅުވަކަރު މިސްކިތް، ކަޅުވަކަރު މިސްކިތް،
    އެއްވެސް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ މި ނަގަނީ، ބޭކާރު މިނިސްޓްރީއެއް.