ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހުކުރު ދުވަހު މެޑަމް ފާތުން އައްޑޫ އަށް ވަޑައިގަންނަވާއިރު އެރޭ ޕީޕީއެމްގެ ޖަލްސާ އެއް ވެސް އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މެޑަމް ފާތުން އާއެކު ޕީޕީއެމްގެ އިސްވެރިން ވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އައްޑޫ އަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

މެޑަމް ފާތުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް އައްޑޫ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ބޮޑު ޖަލްސާ އެއް ވަނީ ބާއްވާފައެވެ.

މެޑަމް ފާތުންގެ އެ ދަތުރުފުޅަކީ "އެންމެ ގާތުން" ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން އައްޑޫސިޓީއަށް ކުރެއްވެވި ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭސޯ

    ބަލަންތިބޭތި މެޑަމް އަރިހަށްގޮސް އެންމެ ގިނަ އެހީހޯދާނީ މިފަހަރުވެސް އެމް.ޑީ.ޕީ މީހުން، ކުރީފަހަރުގެ ތަޖުރިބާއަށް ބަލާފަ މިބުނީ