އެމްއެންޑީއެފް މިލިޓަރީ ހޮސްޕިޓަލް، ސެނަހިޔާ ތަރައްގީ ކުރަން އިންޑިއާގެ ސިފައިންނާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ ސެނަހިޔާ ތަރައްގީ ކުރުމާގުޅޭ ގޮތުން އިންޑިއާ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓަ ޖެނެރަލް، މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް ވަނީ މިނިސްޓަރު މާރިޔާގެ އިތުރުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މީގެ 5 މަސް ކުރިން ސެނަހިޔާގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯޑް ހުޅުވާ ދެއްވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ، މަހެއްހާ ދުވަސް ތެރޭގައި ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އޭގެ ފަހުން މިދިޔަ އޭޕްރީލް މަހު، ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ސިފައިންނަށް ހާއްސަ، ސިއްހީ ފަރުވާ ފޯރުކޮށްދެމުން އަންނަ ސެނެހިޔާ، ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭ ހޮސްޕިޓަލަކަށް ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ސިފައިންނަށް ހާއްސަވި ނަމަވެސް ސެނެހިޔާ އަކީ، އާންމުނަށް ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. ސެނަހިޔާ ހުޅުވާފައިވަނީ 2012 ވަނަ އަހަރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޙަމަދު

  އެމް އެން ޑީ އެފް ވެސް ތަރައްގީ ކުރަން އިންޑިޔާ އައް ދޭން ފެނޭ. ޤައުމު ވެސް ހިބަ ކޮއްދީ.

  109
  7
 2. ލޮލް

  ހުރިހާ އެއްޗެއް ރޭޕިސްތާނަށް ދީ..! ނުވިތާކަށް މރޔދައިތަ ހަންގަނޑުވެސް ގެރިމދއަށް ވެދުން ކޮށްލާ..!

  25
 3. ޝަފީގާ.މެއި 13 2019 2:11

  ޢިންޑިޔާއައްރާޖެވިއްކާލަނީރަތްޔިތުންސަމާލުވެތިބޭތި

  92
  2
  • ބޫސް

   ކިހިނެއް ރައްޔިތުން ސަލާމަތް ވާނީ

   60
  • ސިންބާ

   ވިއްކާލާފި ވެރިކަން ލިބުނު ތަނާހެން. ދެން އޮތީ މިތާ އެމީހުންގެ ބޭހެއް އެޅުން.

   21
  • ޟހސޖ

   މޮޅު ރޮކެޓެއް ޖަހާފަ ހަވާލުކޮށްލަނީ. ދެން އެތަނަށް އިންޑިޔާ ސިފައިންގެ 300 މީން ތަރައްޤީ ކުރުމުގެ ނަމުގަ. ޜާޑަރު ބަލަހައްޓަން 500 ސިފައިން ހެލިކަޕްޓަރު ބަލަހައްޓަން 80 ސިފައިން ދެންކޮބާ ބޮޑު އަސްކަރީ މަތިންދާ ބޯޓުގަ ހަތިޔާރާ އެކު ރާއްޖެއައި ގުރޫ. ޢެމީހުންވެސް ދިޔަތަނެއް ނުފެނޭ. ޟިގައުމެއް ދެންނެތް. މައުމޫނާ ގާސިމް އަދި ސކ.އިމްރާން މިކަމުގައި ޒިންމާ ނަގަންޖެހޭ. އަމިއްލަ މަސްލަހަތާއި އަންބޮނޑި ގައުމަށްވުރެއް ކުރިޔަށް ނެރުމުގެ ނަތީޖާ. ބަލަންތިބޭ މަޖްލިސް ހުވާކުރާއިރަށް މިމީހުންގެ އެޖެންޑާ ފެށޭނެ. ޢެންމެ ފުރަތަމަ ހުރިހާ ސިޔާސީ މީހުން ޖަލަށް. ޢޭގެފަހުގަ ޤާނޫން އަސާސީ ބަދަލުކޮށް މިގައުމު ސެކިއުލާ ތަނަކަށް ބަދަލުކޮށްލާނެ. ދުނިޔޭގަ ތިބިބަޔަކު ބަލާ. މިބައިގަނޑަށް ވޯޓުލީ 138000 މީހުންނަށް އަހަރުން މަޙްޝަރުގައިވެސް ދަޢުވާކުރާނަން.

   27
   1
 4. ލޮލް

  ވަރައް ނުރައްކާ ތެރިކަމެއް ތީ ރާއްޖޭގެ ސިފައިންގެ ހޮސްޕިޓަލް ބޭރުގެ ބާރަކާ ހަވާލުކުރުން ...

  94
  1
 5. މޯދީ

  ޤަމާރު ދިވެހިން...ޤައުމު އަޅުވެތި ކޮށްލަނީ އިޒްރޭލަށް ވުރެ ނުބައި ބައެއްގެ އަތްމައްޗަށް... ދެން މިޤައުމުގައި ކޮން ހަމަ ޖެހުމެއްތަ އޮންނާނީ؟ މިހާރުވެސް ދިވެހިންނަށް ވުރެން ބަންްގާޅިން ގަދަ. އިންޑިޔާ ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރާނަން. އެމް.ޑީ.ޕީ ގެ ބޭނުމަކީ މި ޤައުމުގައި ދާހިލީ ހަނގުރާމަ އެއް

  38
  1
 6. އަހޫ

  ކުދިންނޭ މީ އަހަރެމެނަށް ނޭގިތިއްބާ ގައުމު އަތްދަށުލަނީ. ދެން އިންޑިޔާ ސިފައިންނަށް އޮފިޝަލީ މިތަނުގައި ތިބެވޭވެ އަދި އެމީހުންގެ ހެލިކޮޕްޓަރ ކީއްކުރަން މަނަވަރުވެސް ރާއްޖޭގައި ދާއިމީކުރާނެ. މަބަލްތިބޭތި. އައްޑުގައި އެމީހުންގެ ބޭސްހަދަން މިހާރު އެމީހުން ތަނެއްތައްޔާރުކުރާކަން އެގެނީ ކިތަށް ދިވިހީންނަށްބާ؟ މިކަންތަށް އަތުފަތު ނުޖެހޭހިސާބަށް ދިއުމުހެކުރިން ވިސްނަންވެއްޖެހެން ހީވަނީ

  18
 7. ސަމީރު

  ޓތީ ހަމަ އެއާރޕޯޓު ދިނުންހާ ނުރައްކާތެރިކަމކައް ވެދާނެކަންނޭނގެ

  15
 8. އިމްރާން

  މަދަނީ ހޮސްޕިޓަލް ބަޔަކާ ހަވާލުކުރިއަސް މިލިޓަރީ އެއްވެސް ހޮސްޕިޓަލެއް ދުނިޔޭގެ އެއްވެސް އާރުލާ ޤައުމެއްގަ އެހެން މީހުންނަށްނުދޭ. ފައިސާ ނެތިއްޔާ ޗަންޕާމެން ލޯނު ދީފާނެ. މޮޔަ ދިވެހިކަތުން. މަރިޔަބް ގެއްލި އަމިއްލަ ވަޒަން ގެއްލެނީ. އުޅޭ މިތިބި ނަޑަރުވެރިން ކުޅުކުޅޭ ފަސްގަޑަށް ހާޒިރުކުރަން.

  18
 9. ރަސީދު

  މާރިޔާ އާ އިބޫ ވެސް އިން ޑިޔާ އައް ދީ

  15
 10. ސ

  ކޮބާމިފެންނަނީ ކަންތައްތައް މިހެންގޮސް މުޅިމިލިޓުރީ އެމީހުންގެ އައްދަށައް ދާތަން ފެންނާނެ މީއެޖެންޑާ 19 އެއްބަސްވުން ދެންތިބޭ ރައްޔަތުން ޗުއްޕުކިޔައިގެން

  17
 11. ޖޮއްބެ

  ހޫނ ކަންތަކާ ލައިގަތީ ވިއްކާވިއްކާ ރީނދޫ ބައިގަނޑު އަނެއްކާވެސް ގައުމު ފެލައިގެން އިންޑިއާ މުއްސަނދި ކުރަން ތަންތަން ވިއްކަންފެށީ. އަމިއްލަވަންތަކަމާ ފޯރުން ތެރިކަމަކީ މި ބައިގަނޑު ދަންނަ ކަމެއްނޫން. ވާނީ އެހެންތާ. ވެރިކަން ހޯދަން އިންޑިއާ އަތުން ނެގިހާ ފައިސާ އަނބުރާ ދައްކަންޖެހޭނެތާ. މިއީ ހިތާމަހުރި ކަމެއް.

  13
  • Anonymous

   ޢާދޯ..1.8 ބިލިއަން ޑޮލާރ ބަހާ ހުސް ކޮށްފި.

 12. ބޮއްބޮ

  މިއީ އެއްކަލަ ރައީސް ޔާމީން މިގައުމު ޗައިނާއަށް ވިއްކާލަނިއްޔޭ ކިޔައިގެން އަނގައެރުވި މީހުންގެ ހާލު. މިއަދު ސެނަހިޔާ މާދަން ކޮންމެވެސް އެހެންތަނެއް. ދެން މިއޮތީ ސްޓާޓްވެފަ. އިމްރާނޫ މައުމޫނޫ ކާސިމޫ ވިސްނާ މިއޮތީ ކަލޭމެން އަމިއްލަ އެދުމަށްޓަކައި ރީނދޫ މީހުންނާ ހަވާލުކުރި ގައުމު މިއޮއްދަނީ ވިކެމުން.

  21
 13. ދޯކާ

  އިންޑިއާ އާއިނުލާ ފޮޑިއެއްވެސް މިމީހުންނަށް ނުޖެހެނިއްޔޭދޯ މިއީ ވަރަށް ދެރަވަރު ކަމެއް.

  12
 14. އަލް އުޘްތާޒް ޝިފާޒް

  މި ފެންނަނީ މަޑުމަޑުން ރާޖެ ދީލެމުން އެހެންބައެއްގެ އަތްމައްޗަށް ދާތަން. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ. ފަހުން ވާނޭ ގޮތެއް ދެނެވޮޑިގެން ވަނީ އެކަލާންގެ

  15
 15. އަހުމަދު

  ކުރިން ވެސް މިހަސްފަތާލު ރަސްމީކޮށް ވަނީ ހުޅުވާފައި އަނެއްކާ މިސަރުކާރުން ރަސްމީކޮށް ހުޅުވަނީ ކިހާ ހިތްވާ ކަމެއް މީ .... ރަންވޭލާ ކެންޕޭން ރަސްމީކޮށް ފަށައިގެން 2016 އިން ފެށިގެން ޖެންޑާ މިނިސްޓްރީން ހިންގަނިކޮށް މިސަރުކާރުން ސިދާތާ އަނެއްކާ ރަސްމީކޮށް އެކަންވެސް ބޮޑު ރަސްމިއްޔާތެއް ބާއްވާ ފަށައިފި ކިހާ ހެއްވާ ކަމެއް މީ... ދެން މީހުންނަށް ހީވަނީ މިސަރުކާރުން ކުރާ ކަމެކޭ ....

  12
 16. ދޮންބެ

  މީ ވަރައް ނުރައްކާ މަކަރު ވެރި ޔަޙުދީ ރޭވުމެއް

  12
 17. ކައްދާދި

  ޤައުމުގެ ކަންކަން އަމިއްލަޔަށް ނުކިރެވޭ އަދި ޒިންމާނުނެގޭ މީހުން މިފަދަ ކަންކަމާ ޙަވާޅުވެ ތިއްބެވުން ރަނގަޅެއްނޫން ދޯ، ދޫކޮށްލާފަ ޤާބިލް މީހުންނާ ޙަވާލުކުރައްވާ އެއްގޮތަކަށްވެސް ޤައުމަށްމިހާ ދަހިވެތި ވެފައިވާ ތިބި ބައެއްގެ މައްޗަށް މިގޮތަށް ދޫކޮށްނުލަމާތޯ.

  12
 18. ޚިޔާލު

  އަދިވެސް އަނގަފުޅާކޮށްފަ އެޖެންޑާ19 އޭ ކިޔައިގެން ދިވެހިން ގަޅިހައްދުވައިގެން ފާއިތުވި ދުވަސް ތަކުގަ ހިންގި ޖަރީމާ ދިވެހިންނަށް ވިސްނޭކަށް ނުވޭތަ، މުޅި ޤައުުމު އަޅުވެތިކޮށްފި، ދިވެހިން މަގުތަކަށް ނިކުމެ މި ހިންގާ ޖަރީމާތަކާ ދެކޮޅަށް ނިކުންނަން ގޮވާލަން.

  12
  1
 19. ދިވެހިން

  ދިވެހި ދިފާއީ ބާރުގެ ތެރެޔަށް އިންޑިއާއިން މަޑުމަޑުން އަތްގަދަކުރަމުން ދާ މަންޒަރު މި ފެންނަނީ. ދުވަސްކޮޅަކުން އިވޭނެ ބަޑިގުދަން ތައް ވެސް ތަރައްޤީ ކުރުމަށް އެމީހުންނާ ހަވާލުކުރާ ޚަބަރު.

  12
 20. އެދުރު

  އެމްޑީޕީން ދިވެހިރާއްޖެ އެއްކޮށް އިންޑިއާ އަށް ދޭން ކުރާ މަސައްކަތަށް އުތިރުވި ބޮޅެއް ، ނަޝީދު ކަހަލަ ޣައްދާރުންނަށް އިތުބާރު ކުރުމުގެ ހިތި ދިވެހިންނަށް މިފަހަރު ފެންނާނެ

  11
 21. ޖުމް

  ރާއްޖޭގެ ދުވަސް ދިޔައީތި ކިހާބޮޑު އުނދަގުލެއް މި އިންޑިއާ އަށް މިސަރުކާރު ވިކިފައިވީމަ އަމިއްލަ އަށް ކަންތައް ކުރުމުގެ ގާބިލް ކަން މިސަރުކާރުގައި ނެތް އެވިސްނުމެއްވެސް އެ ވިސްނާކަށް ނުވެސް އެނގޭ އެ ސިކުނޑިއެއްވެސް ހުރި އިންސާނެއް މި ހިރަ ގަމާރު ސަރުކާރުގައި ނެތް ދިވެހިންނޭ ހޭއަރާތިބޭ ތަންތަން ތަނުގެ ރޯވީމަ ހޭލެވޭހެން ދިވެހިން ހޭލައްވަން ޖެހޭނީ

  11
 22. އަދާލަތު

  އިންޑިއާގެ އިސްތިޢުމާރު ދަށަށް ދިވެހިރާއްޖެ ދިޔައީ. ޣައިރު މުސްލިމުންނަށް ތިޔަދެއްވީ، މުޅި ދިވެހި ޤައުމާއި، ރައްޔިތުން. ވޯރާ ވިޔަފާރިވެރިން އަރަން ގާތްވެއްޖެ. ދިވެހި ވިޔަފާރިވެރިން ޖެހޭނީ ކުޑަކަކޫޖަހަން. އެއަރޕޯރޓް އެމްއޯޔޫ ގައިވެސް ސޮއި ނުކުރާކަމެއް ނޭނގެ. މިފަހަރު އިންޑިއާގެ އެހެން ނަމެއް ކިޔާ ކުންފުންޏެއް. އިންޑިއާ ޕިޗޯރީންގެ ވިހަ ސ. އަތޮޅުން، ހއ. އަށް ފެތުރި ނިމުނީ.
  މާތް ﷲ ޔަހޫދީންގެ ކިބައިން މިޤައުމާއި ރައްޔިތުން ސަލާމަތް ކުރަށްވާނދޭވެ. އާމީން

  11
  • ޔަޢުނީ

   ބުއްދާއިންގެ ކިބައިން.

 23. ހަމީދު

  މާލެ އެއްކޮންތަރަށްގީކުރަން އިންޑިޔާމީހުންނަށްދީފައި ހުރިހާމީހުންމާލެއިންފައިބާށެވެ. މިގައުމުގައި އިންޑިޔާއާނުލައި އެއްވެސްކަމެއްކުރެވޭކަމަކަށްނުވޭ

 24. ކުޑަބަޖަރާ

  ތިޔަމާރިޔާ އަށާ ތިޔަ ސޯލިިހަކަށް ކްލިނިކެއް ހޮސްޕިޓަލެއް ނޭގޭ. އަނެއްކާ އެތާ ނަންބޯޑުގައި އޮތީ ކޮންއެއޗެއްކަމެއްވެސް ނޭގޭ އެހާވެސްޖާހިލު ދެމީހުން އެއީ.

 25. ޢަބްދުﷲ

  މިތަނުގައި ކަންހިނގަމުންދާ ގޮތަށްބަލައި އެއްޗެއް ދަންނަވާނަމަ، ދަންނަވަންޖެހެނީ، ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެމަތިން މިތަނުގައި މިހާރު ޢަމަލު ނުކުރައްވައެވެ.