ރެހި ޕެކެޓެއް 140 ރުފިޔާ އަށް

ރެއްސަކީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ބާވަތެކެވެ. ރާއްޖޭގެ ވަރަށް ގިނަ ފަރުފަރާއި ފަޅުފަޅަށް ރެހި އަރައެވެ. ރެއްސަކީ ފަސޭހައިން ދެމޭ ތިލައިގައި އުޅޭ އެން މަހެކެވެ. ރާއްޖެ ތެރޭގައި ރެހި ކައްކާ ހިއްކައިގެން ކެއުމަށް ބޭނުންކުރެެއެވެ. ރެއްސަކީ އެންވެރިކަމުގައި ގިނައިން ހިފަން ޖެހޭ ބާވަތެކެވެ. މިއީ އެކި މޫސުމަށް އެކި މިންވަރަށް އަރާ މަހެކެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި މިއެން ގިނައިން އަރާއުޅެނީ ހުޅަނގު މޫސުމުގައެވެ. ހަމައެއާއެކު ހުޅުބިތަށް އަރާއުޅެނީ އިރުވައި މޫސުމުގައެވެ. ރެހި އެންމެ ބޮޑުވަނީ 9.5 ސެންޓިމީޓަރަށެވެ.

ރެއްސަކީ ހިމަދިގުކޮށް ރިހިރެދަން ކުލައިގައި ހުންނަ ކުދިމަހެވެ. ނަމަވެސް މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. މަހުގެ އަރިމަތީގައި ފުޅާކޮށް ދިގަށް ރިހި ކުލައިގެ ދަޅައަޅާ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑު މަހުގެ ތުނބުން ފެށިގެން ލޮލުގެ ފަހަތުކައިރިއަށް ހުންނަ ދިގުމިނަށްވުރެ ކުރެވެ. ހުޅުނބުތައް އޭގެ މަހުގެ ނިސްބަތުން ބޮޑެތިވެފައި އަދި ތުންޏެވެ. މަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ.

މާރުކޭޓުގައި ވިއްކަން ހުރި ރެހި / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް
"ރެހީގެ ވިޔަފާރި ވަރަށް ރަނގަޅު. ހާރު ކެއުމުގައި ބޭނުން ކުރަން ވަރަށް ގިނަ މީހުން ރެހި ގެންދޭ. އަގަށް ބަލާއިރު ރޯދަ މަހު ކުޑަކޮށް އަގު ބޮޑުކޮށް މި އުޅެނީ. އެއީ ރެހި ގެންނަން މިންވަރުވެސް މަދީ. މަސްވެރިކަން ކުރުން ގިނަ މީހުން ހުއްޓާލާފަ ތިބޭނީ ރޯދަ މަހު. އެހެންވީމަ ރެހި ލިބޭ މިންވަރު މަދީ." މާރުކޭޓުގައި ރެޙީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހަކު ބުންޏެވެ.
ރޯދަ މަހުގެ މިހާ ހަމައަށް އައިއިރު، ބާޒާރުގައި ވިއްކާ ގިނަ ބާވަތްތަކުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު