ދިޔާހަކުރަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ހަކުރެކެވެ. ދިޔާ ހަކުރު ތައްޔާރު ކުރަނީ ކުރުން ބާލާ ރަލުންނެވެ.

ރުކުރަލަކީ ރުކުގެ ޚާއްޞަ ވައްތަރެއްގެ ކުރިގަނޑުން އުފެދޭ އެއްޗެކެވެ. ނުވަތަ ނެގޭ އެއްޗެކެވެ. ރުކުރާ ނަގަނީ ވަކި ޚާއްޞަ ގޮތްތަކެއްގެ މަތިން ކަންތައް ކޮށްގެންނެވެ. ރުކުރާ ނެގުމަށްޓަކައި ރާރުކުގެ މާގަނޑުގައި ރާބަންޖެއް ފަދަ އެއްޗެއް އައްސަން ޖެހެއެވެ. އެއީ އުފެދޭ ރާ އެބަނދީގެ ތެރޭގައި ޖަމާވެފައި ބެހެއްޓުމަށް ޓަކައެވެ. ރުކުރަލަކީ ދެކުނު އޭޝިޔާގެ ގައުމު ތަކުގައި ވަރަށް އާންމު ބުއިމެކެވެ. ރުކުރާ ރަގަޅީ ތާޒާ ކަންމަތީ ހުއްޓައި ބުއިމެވެ. އެއީ ގިނަ އިރުވެއްޖެ ނަމަ ވަރަށް ފަސޭހައިން ރުކުރާ ނުބައިވާނެތީ އެވެ.

ރުކުރާ ގިނަ އިރު ބަހެއްޓުމުން އެ ބަދަލުވަނީ ރާހުތަށެވެ. ރާ ހުތް ގިނަ އިރު ވަންދެން ކެއްކުކުމުން ދިޔާ ހަކުރަށް ބަދަލުވެގެން ދެއެވެ. ދިޔާހަކުރުގެ ވިޔަފާރި އަކީ އަބަދުވެސް މާރުކޭޓުގައި ރަނގަޅު ވިޔާފާރި އެކެވެ. އެގޮތުން ދެ ލީޓަރުގެ ދިޔާހަކުރު ފުޅިއެއް ލިބެން ހުރީ 700 ރުފިޔާ އަށެވެ. ރޯދަ މަސް ނޫން މަސްމަހުގައިވެސް މިއީ އާއްމު ގޮތެއްގައި އަގުތައް އުޅޭ މިންވަރެެވެ.

މާރުކޭޓުގައި ވިއްކަން ދިޔާ ހަކުރު / ވަގުތު އިމޭޖަސް :- މުހައްމަދު އަފްޒަލް

"އިދާރަކުރެއްވިއްޔާ ވިޔަފާރި ވަރަށް ރަނގަޅު. ވަރަށް ގިނަ މީހުން އާދޭ މި ހަކުރު ގަންނަން. އާއްމުކޮށް އަޅުގަނޑުމެން ގެންނަނީ ފޯކައިދޫއިން. އަބަދުވެސް އަޅުގަނޑު އޮންނާނީ ބުނެފަ ފޮނުވާއިރު ކޮލިޓީ ނުގެއްލޭނެހެން ފޮނުވާށޭ. ގަޑު ބަޑު ކުރަން އެއްވެސް އެއްޗެއް އަޅައިގެން ނުވާނޭ." މާރުކޭޓުގައި ރާހުތް، އަަދި ދިޔާ ހަކުރުގެ ވިޔަފާރި ކުރާ މީހަކު "ވަގުތު" އަށް މަޢުލޫމާތު ދިނެވެ.

ރޯދަމަސް ފެށިގެން ކުރިއަށްދާއިރު، މާރުކޭޓުގައި އާއްމުކޮށް ވިއްކާ ގިނަ ބާވަތްތަކުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާވެރިޔާ

    އަސްލު އެއްޗެހި ގަޑުބަޑު ކުރަނީ މާރުކޭޓުގައި އެ ވިއްކަން ތިބޭ މީހުން، ރައްރަށުން މާލެ ގެންނައިރު އެއްވެސް އެއްޗެއް ނުހުރޭ ގަޑުބަޑު ކޮއްފަކާ، ފޯކައިދޫ ދިޔާހަކުރަކީ ސީދާ އޮރިޖިނަލް ހަކުރެއް އެމީހުން އެކަން ކުރަނީ ވަރަށް ސާފްތާހިރުކޮށް.