މަޖީދީ މަގު ޑިލައިޓް ކައިރިން، ކަފިހުރަސް މަތިން މަގު ހުރަސް ކުރި އަންހެން ގައިގައި ސައިކަލުން ޖެހި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 12:17 ހާއިރު ކަމަށާއި، ސައިކަލުން ޖެހިފައި ވަނީ މަގު ހުރަސް ކުރި އުމުރުން 26 އަހަރުގެ އަންހެނެއްގެ ގައިގައި ކަމަށެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވާފައި ވަނީ އުމުރުން 29 އަހަރުގެ މީހެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ އިރު، އަންހެން މީހާގެ ކަކުލަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައެވެ.
މާލޭގެ މަގުތަކުގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް އެކްސިޑެންޓްތައް ގިނަވުމުގެ އިތުރުން ކަފިހި ހުރަސްތަކުން ހުރަސް ކުރާ މީހުންގެ ގައިގައިވެސް ވެހިކަލްތަކުން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެފަދަ މައްސަލަތަކުގައި ބައެއް ޑްރައިވަރުންގެ ލައިސަންސްވެސް ހިފަހައްޓާފައިވެއެވެ.
ކަފިހި ހުރަސް މަތިން ޖެހިގެން ނުވާނެ.
ޢެކަަކުވެސް ފާހނގަ ކޮއްލަން ބޭނުންވަނީ ފޯކނާ ކުޅެމުން ޒިގު ޒެގު އަޅަމުން ޒިބުރާ ހުރަސް ކޮއްގެން ކަމއެއް ވީމާވެސް ޒިންމާ ނަގަން މިޖެހެނީ ސައިކަލު ކާރު ދުއްވާ ޑުރައިވަރު އެކަނި .
މީތި ކަޑަ
ކަފި ހުރަހުސް މަތިން މަގު ހުރަސް ކުރާ އިރު ވެސް ބަލާ ނުލާ ދުއްވަނީ.