މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ ލުތުފަރު، މަރާލި ކަމަށް މިމައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ތިބި 4 މީހުންގެ ތެރެއިން 3 މީހަކު ކޯޓުގައި އެއްބަސް ވެއްޖެއެވެ.

ހައްޔަރުކޮށްފައި ތިބި 4 މީހުންގެ ތެރެއިން ލުތުފަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ވެފައިވަނީ 3 މީހުންނެވެ. މި 4 މީހުންގެ މައްޗަށް 15 ދުވަހުގެ ކޯޓް ހުކުމެއް މީގެ ކުރިން ކޯޓުންކޮށްފައިވާއިރު، މިއަދުވެސް ވަނީ 15 ދުވަހުގެ އިތުރު ހުކުމެއް ކޮށްފައެވެ. ކޯޓަށް ހާޒިރުކުރި ދެ ދުވަހުވެސް. މި ތިން މީހުންވަނީ ލުތުފަރު މަރާލި ކަމަށް އެއްބަސްވެ، އެކަންތައް ކުރި ގޮތް ތަފްސީލްކޮށް ގާޒީއަށް ކިޔާދީފައެވެ.

ލުތުފަރުގެ މަރާ ގުޅިގެން ފުލުހުން މިއަދު ވަނީ ތަފްސީލީ މައުލޫމާތުތަކެއް ހިއްސާ ކޮށްފައެވެ.

އެގޮތުން މި މައްސަލައިގެ މަޢުލޫމާތު ފުރަތަމަ ފުލުހުންނަށް ލިބިފައިވަނީ 2019 އެޕްރީލް 22 ވަނަ ދުވަހުގެ 12:17 ހާއިރު، ޅައިމަގު ކައުންސިލްގެ ރައީސް ފޯނުން ގުޅާ އެ މަޢުލޫމާތު، ފުނަދޫ ޕޮލިސް ސްޓޭޝަން އަށް ރިޕޯޓު ކުރުމުން ކަމަށާއި، ރިޕޯޓު ކޮށްފައިވަނީ ޅައިމަގުގައި ދުއްވާ ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ލުތުފަރު ގެއްލިގެން އުޅޭ މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރުކޮށްފައި ތިބި 4 މީހުންގެ ތެރެއިން ލުތުފަރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރި ވެފައިވަނީ 3 މީހުންނެވެ. މި 4 މީހުންގެ މައްޗަށް 15 ދުވަހުގެ ކޯޓް ހުކުމެއް މީގެ ކުރިން ކޯޓުންކޮށްފައިވާއިރު، މިއަދުވެސް ވަނީ 15 ދުވަހުގެ އިތުރު ހުކުމެއް ކޮށްފައެވެ. ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި އަދިވެސް ހޯދަންޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށެވެ.

ހައްޔަރުގައި ތިބި މީހުން ވަނީ ފުލުހުންގެ ކުރިމަތީގައި ލުތުފަރު މަރާލި ގޮތް ދައްކައިދީފައެވެ.