އެފްރިކާގެ ގައުމެއް ކަމަށްވާ ޒިންބާބުއޭގެ ސަރުކާރު ވައްޓާލަން ރާއްޖޭގައި ބަޔަކު ތަމްރީން ހަދައިފިކަމަށް ބޭރު ނޫހަކުން ހާމަކޮށްފިއެވެ.

އެމެރިކާގައި މަރުކަޒީ ހެޑްކުއޭޓާސް ހުންނަ "ދަ ހެރަލްޑް" ނޫހުން ރިޕޯޓް ކުރާގޮތުގައި، ޒިންބާބުއޭގެ އިމަސަން އެމްނަންގަގްވާގެ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި، ޒިންބާބުއޭގެ އިދިކޮޅު އެމްޑީސީ އެލެއެންސާއި ބޭރުގެ ޖަމާޢަތަކާއި ގުޅިގެން، އަންނަމަހު ހަމަނުޖެހުން ހިންގުމަށް ރާވަމުން ދެއެވެ.

އަންނަ މަހު ކުރީކޮޅު ޒިންބާބުއޭގައި ހަމަނުޖެހުންތައް ހިންގުމަށް ރާވަމުންދާ ޖަމާއަތްތަކުގެ ލީޑަރުންނަށް ޗެކް ރިޕަބްލިކާއި ރާއްޖޭގައި ދަނީ ތަމްރީނު ލިބެމުންކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. އަދި ރާއްޖޭގައި ތަމްރީނު ވަމުންދާ ގްރޫޕުގެ ތަމްރީނުތައް، މިދިޔަ އަންގާރަ ދުވަހުން ފަށައިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންގޮސް ނިންމާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ނޫހުން ބުނާ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ގުރޫޕަށް ތަމުރީނު ދެމުން ދަނީ ސާބިއާގެ ޖަމާއަތެއް ކަމަށްވާ ސެންޓަރ ފޯ އެޕްލައިޑް ނަން ވައިލެންޓް އެކްޝަން ސްޓްރެޓެޖީސް (CANVAS) އިންނެވެ.

މި ޖަމާއަތަކީ މިދިޔަ ޖެނުއަރީ މަހު ޒިންބާބުއޭގައި ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ތިބެގެން ޒިންބާބުއޭގެ އިދިކޮޅު އެމްޑީސީ އެލެއެންސަށް ތަމްރީން ދިން ޖަމާއަތެއް ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ޒިންބާބުއޭގައި ދިގު ވެރިކަމެއް ކުރެއްވި މުގާބޭ މިދިޔަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ނާއިބް ރައީސަކަށް ކުރިން ހުންނެވި އިމަސަން އެމްނަންގަގްވާ ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

38 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މުގާބޭ ވެރިކަމަށް ނިމުން އައީ އަނބިކަނބަލުންނަށް ވެރިކަން ހޯއްދަވައިދެއްވުމުގެ ބޭނުމުގައި ނައިބު ރައީސް ނަންގަގްވާ މަގާމުން ދުރުކުރެއްވުމުގެ ސަބަބުން، ސިފައިން ނުކުމެ ގައުމު ކޮންޓްރޯލް އަތުލި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަބީ

    މިހާރު ވެރިކަން ވައްޓާލުމުގެ މަސައްކަތް އައުޓްސޯސްކޮށް އެހެން ގައުމުތަކުގެ ވެރިކަން ވައްޓާ ހިސާބަށް ފުޅާކުރީތަ. މޯޑިސް މީހުން ހާދަ ގަދަކޮށްފިއޭ. ތިވާނީ އެތަނުގަވެސް ޖަޒީރާ ޒިމްބާބުވޭ ހަދަން ތަމްރީން ކުރި ބަޔަކަށް.

    55
    4
  2. ގޮލާ

    ބަޣާވާއިކުރުމުގަ ދިވެހިން ވަރެއްނެތްވީޔާ....

    27
    4
  3. މަސްވެރިޔާ

    މިއީ އިގިރޭސިން ވަރަށްބޭނުންވާކަމެއް، އިގިރޭސިންނާއި އިންޑިއާ ބޭނުންވާ ކޮންމެކަމެއްކުރުމުގެ ހުއްދަ މިސަރުކާރުން ދީފާނެ.ބޭރުގެ މިފަދަ މަޝްހޫރު ނޫހެއްގައި މިވާހަކަޖަހާނީ ވަރަށްބަލާފަ. އަހަރަމެންގެ ވަތަނުގެ ދުވަސްދަނީ.

    52
    5
  4. ދަތްދޫނި

    ރާއްޖެއަކީ ދުނިޔޭގައި އޮތް ޓެރަރިސްޓުން އެންމެ ގިނަ ހާލި ކަމަށް ދެކެން. ދުވަސް ކޮލެއް ފަހުން ރާއްޖޭގެ ރައްޔިތުން ތިބެންޖެހޭނީ ޤައުމުން ބޭރަށް ނުދެވި ބަނދެވިގެން. މިގޮތްވެސް ހަމަ އޯކޭ މަމެންނަށް ދޮތަ!

    36
    8
  5. ނަމަ

    އަޅެ މިގައުމުގަ ބިތްޖެހިފަ ތިބޭ މީހުންނަށް ތަމްރީނުދީ ކޮޅަށްޖަހާ ބޯތަށް ކޮށުވާ ނަމަ..

    37
    2
  6. Anonymous

    ދިވެހި ރާއްޖެއަށް އަތްގަދަ ކުރުމުގެ ފެށުމެއް ކަންނޭނގެ.

    45
    3
  7. ނިރުބަ

    ދިވެހީން ދުނިޔެއަށް މަޝްހޫރުވާން ދިމާކޮށްފަ މިވަނީ ނިރުބައިގެ ރޮނގުން ތާ! ސަތޭކަ % މުސްލިމު ވަނީ އެހެންވީމަތަ؟

    27
    10
  8. ހޫނ

    ދެން އެވީ ރާއްޖެއާ ބެހެން. ކޮންމެވެސް ބަހަނާއެއް ހޯދާނެ މި އިނގިރޭސިންނާ އެމެރިކާ މީހުން. އިރާގަށް އެރިގޮތަށް.

    27
    1
    • ނުބައިރޭވުމެއް

      އެއް ބަޔަކު ހޭބޯނާރާ ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ސިފަ ހުތުރުކޮށް ހަދުނާމުކުރަން ކުރި މަސައްކަތުގެ ނަތީޖާ މި ފެންނަނީ. ދެން މިހާރު ތިޔަ ފުރުސަތު ލިބުނީއެއްނުން، ޓެޓަރިސްޓުން ތަމްރީނުކުރާ ލޭބަލްއަޅުވާފައި މިރާއްޖެއަށް އަރައިގަންނަން.

      18
  9. ނަޒީރު

    އަހަރެމެންނައް ކީއް.. މިތާގަ ހުރިހާބާވަތެއްގެ ޓުރެއިނިންއެއްވެސް ހިނގާނެ..

    4
    4
  10. ބޮޑޭ ގޯތި ބޮޑޭ

    ތިފަދަ ވާހަކަތަކުގެ ތެރެއަށް ރާއްޖޭގެ ނަން އަންނަ މިންވަރު ދާނީ އިތުރުވަމުން. އެއީ، ރާއްޖޭގެ މާ މޮޅު މީހަކު މިއޮއް ހުރިހާ ދުވަހު އަދި މިހާރުވެސް ކެނޑިނޭޅި ކުރަމުންދާ ކަމަކީ ދިވެހިންގެ ދީނާ ގުޅުވައިގެން، ދިވެހިންނަކީ ޓެރަރިސްޓުން ކަމުގައި ދުނިޔެއަށް ވިސްނައިދީ އެނަމުގައި ދިވެހި ގައުމު ލޭބަލްކުރުން. ހުރިހާ ގެއްލުމެއް ދިވެހި ރައްޔިތުންނާ ދިވެހި ގައުމަށް.

    20
    1
  11. އާވިމް

    ކޮންތާކު ކާކު ކުރިކަމެއް. ރާއްޖޭގައި ތިކަހަލަ ކަމެއް ކުރިނަމަ ނޭގިހުންނނަނެތަ. ކޮމެންޓްކުރާމީހުންގޭ ބޯއެބަހުރިތަ. 200 މޭލުބޭރުން މަސް ދޯންޏެއް ފެނުނަސް އެގޭ. ދެން މިވަރުގެ ކަމެއް ކުރާއިރުނޭގޭ.

    9
    3
  12. ބީރާ

    އެފްރިކާގެ މާލީ އާއި ރާއްޖޭގެ މާލެ އެނޫހުގެ ރިޕޯޓަރުންނަށް އޮޅުނީ ކަމަށް ވެދާނެ ތަންކޮޅެއް ކުރީގެ ތާރީޚެއްގައި ވެސް ހުޅަގުގެ ނޫހަކަށް މާލީ އާއި މާލެ އޮޅިފައިވޭ.

    12
    1