ވާވޭ ކުންފުނިން އަލަށް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ފޯނުތަކަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ބައެއް ހިދުމަތްތައް ނުލިބޭނެ ގޮތް ގޫގުލް އިން ހަދައިފިއެވެ.

ގޫގަލް އިން މިގޮތަށް ނިންމައިފައިވަނީ އެމެރިކާގެ ސަރުކާރުން، އެގައުމުގެ ކުންފުނިތައް ހާއްސަ ހުއްދައެއް ނެތި ވާވޭ ކުންފުންޏާ އެކު ވިޔަފާރި ނުކުރެވޭނެ ކަމަށް ނިންމުމުން ނެވެ.

މިގޮތަށް ގޫގަލް އިން ނިންމި ނަމަވެސް އޯޕަން ސޯސް ލައިސެންސެއްގެ ދަށުން ލިބެން ހުންނަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ހުވާއީ ފޯނުތަކަށް ބޭނުން ކުރެވޭނެއެވެ.

ގޫގުލުން އިން މި އެޅި ފިޔަވަޅާއި އެކު އެންޑޮރިއިޑްގެ ބައެއް އެޕްލިކޭޝަންތައް ކަމަށްވާ، ޔޫޓިއުބް އަދި މެޕްސް ނުލިބޭނެއެވެ. ނަމަވެސް ވާވޭގެ ކުރީގެ ފޯންތަކަށް މި އެޕްލިކޭޝަންތައް ލިބޭނެއެވެ. ނަމަވެސް އަޕްގްރޭޑެއް ނުކުރެވޭނެއެވެ.

ހުވާއީ ކުންފުނީގެ ޓެލެކޮމިއުނިކޭޝަން އުފެއްދުންތައް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސްކުރާ ކަމަށް ތުހުމަތު ކޮށް އެމެރިކާ ސަރުކާރުން ހުވާއީ ކުންފުންޏާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ނަމަވެސް މި ތުހުމަތުތައް ޗައިނާ ސަރުކާރުންނާއި އަދި ހުވާއީ ކުންފުނިން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު