ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން މީސް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށާފައިއެވެ.

މިދިޔަ އަހަރުވެސް މި ކޮންޓެސްޓު ކުރިއަށްދިޔައެވެ. މިދިޔަ އަހަރު މި ކޮންޓެސްޓު ކުރިއަށްގެންގޮސްފައި ވަނީ އިންސްޓަގްރާމްގައި އެކަންޏެވެ. ނަމަވެސް މި އަހަރު މި ކޮންޓެސްޓް އިންސްޓަގްރާމްގެ އިތުރުން، ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ދާނެއެވެ.

މި ކޮންޓެސްޓްގައި ބައިވެރިވުމުމަށް އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ ގައި#RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލަން ޖެހޭނެއެވެ. އަދި ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެއެވެ. މި ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ.

މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.

މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫންގެ ނިޔަލަށެވެ.

މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު