ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ "އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ނޯވޭ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.

މި މަހުގެ 23ން 24ށް ކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ހައި-ލެވެލް ސެގްމެންޓްގައާއި ސައިޑް އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ޖެންޑަރ މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ނޯވޭ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި ޖިންސީ ތަފާތުއެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

އެކި ޤައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ޤައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަޤުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމަޢާތްތަކުގެ ވެރިން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޭރަށް ފުރާފަ ބަހައްޓާ ވާކަމެއް ހަރާން

    17
    1
  2. hudhuhudhu

    burugaa kolhu ves hahthahaa kuru vany

    19
  3. ޒާ

    ދުނިޔޭގައި އަނިޔާ ލިބެމުންދާ މުސްލިމުން ހާދަ ގިނައެވެ. ބުރުގާ މައްސަލާގައި ލަންކާގައި އަނިޔާ ކުރަނީ. ހަނގުރާމައިގާ ސީރިޔާ، ފަލަސްތީނު އަދި ކަޝްމީރު އަންހެނުންނަށް އިންތިހާ އަނިޔާ. ކެރޭނެތަ މިފަދަ ބޮޑެތި މައްސަލައެއްގެ ވާހަކަ ބުނެލަން.

    12
  4. އަފްލާ

    ތީނަ ޔަކައް ނުކެރޭނެ މިހާރު ބުރުގާގެ ވާހަކަ ދައްކަން އޭނަގެ ބުރުގާ އިސާހިތަކު ގެއްލިދާނެ ކުޑަ ވަމުންގޮސް ފެޝަން ބުރުގާ އަކައްވެއްޖެ

    10