އައްޑޫ ސިޓީ ހުޅުމީދޫއަށް ދަތުރުކުރަމުންދިޔަ ބިދޭސީން ތިބި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިހާރު ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން އެމްއެންޑީއެފް އިން ހިންގަމުންދިޔަ އޮޕަރޭޝަންގައި ކޯސްޓްގާޑުގެ ސްކުއާޑްެރޮން އިން ވެސެލްތަކުގެ މޫވްމެންޓްސް ބަލާ ޗެކް ކުރުމުގެ ތެރެއިން ފޭދޫ އިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއް ޗެކް ކުރެވުނު ކަމަށެވެ.

އަދި މި ދޯނި ޗެކް ކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އެ ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދޯނީގައި ތިބީ ހުސް ބިދޭސީން ކަމަށާއި، ދޯނީގައި ވޯކް ޕާމިޓް އޮތް އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، މި ދޯނީގައި އެއްވެސް ނަމެއް ޖަހާފައި ނެތްއިރު، މި ދޯނީގެ ނަން ދޯނީގައި ތިބި މީހުންނަށްވެސް ނޭގޭ ކަމަށެވެ. އަދި އެއްވެސް ސެޓްފިކެޓެއްވެސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި ދޯނީގެ ކެޕްޓަން ހުރީ ހުޅުމީދޫގައެވެ.

މި ދޯނި ހުުޅުމީދޫއަށް ދަތުރު ކުރަމުންދިޔައީ ފެނަކައަށް ގެންދާ 6000 ލީޓަރުގެ ޑީސެލް ފިއުލް އަދި ފިހާރައަކަށް ގެންދާ އައިސް ކުރި ކުކުޅު ހިފައިގެންނެވެ. އަދި މިހާރު މި ދޯންޏާއެކު ދޯނީގައި ތިބި އެންމެން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މިހާރު ދޯނި އޮތީ ފޭދޫ ބަނދަރުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތިމަންނަ

    ތިވަރުން ދަނީނަމަ ދުވަސްކޮޅެއްފަހުން ފެންނާނެ ފުލުހުންގެ ޔުނީފޯމްގައި ބަންގާޅީން އުޅޭތާން

  2. ޖަހާންގީރު

    ސާބަސް ދިވެހި ސިޔާސަތަށް ސާބަސް

    11
  3. ޏަސް

    މީ ހަގީގަތުގަ ވަރައް ބޮޑު މައްސަލަ . ޟިކމިކަންކަން އެބަޖެހެ ހުއްޓާލަން

  4. ޖ

    އަދިބޭރު މީހުންވެރިކަންވެސްހިންގާނެ ދިވެހސިފައިންނައްނޭގޭނެ

    17
  5. ދުއްރަ

    ޢެންމެންވެސް ބަލަނީ އޭރަކުޖެހުނު ގޮތަކަށް ކަން ކޮއްލަން. ދޭސީ އެއް ބިދޭސީ އެއްނޯވެ.ހުރިހާ ކަމެއްވެސް ހުރީ ތިގޮތަށް! ފުލުހުން ނަށް ފުލުފުލުގައި ނުހިގޭނެ! ތިޔައީ އަތުޖެހުނުފަހަރު!

    15
    1
  6. ނޫނު

    މިއީ މިހާރަކަށް އަިއސް ވަރަށް އާންމުވަމުންދާ ސީރިއަސް މައްސަލައެއް. ރާއްޖޭގެ ކަނޑު ތަކުގަ އެއްވެސް މަސައްކަތެއް ކުރުން ބިދޭސިން ނުގެން ގުޅޭވޭނެ ގާނޫނެއް އެބަޖެހޭ ހަދަން އަދި އެފަދަ ކަން ކަން ކުރާ އަދި ކުރުވާ ފަރާތް ތަކަށް ބޮޑަތި ޖޫރިމަނާ އާއެކު ޖަލު ހުކުމް އަދި މުދާ ދައުލަތަށް ނެގޭނެ ފަދަ ހަރުކަށި އަދަބު ކަނޑައެޅުން މުހިންމު. ފުލުހުންނާ ސިފައި ނިކަން ފަޅުރައްތައްވެސް ބަލާދީބަ، ފަޅުރައްތައް ދޮވެ ސާފު އެކުރަނީ ހަމަ ބިދޭސީން. އެއް ފަޅުގަ ހުންނަ ހުއްދަ ނެއް ރައްތަކުންވެސް މުޅި ރުއްގަސްތަށް ހަމަ ދޮވެލާ އެ މިވިއްކަނީ ދިވެހީންނަން ބޮޑު އަގުލާގެން.

    12
  7. މާމިގިލީ މީހާ

    ރާއްޖޭގައި ދިވެހިންނެތި ކިތައް ދޯނިތޯ ދަތުރުކުރަމުން އެބަދޭ ހުސް ބަންގާޅިން ތިބޭ. މިއީ ސަރުކާރުގެ ނުކުޅެދުންތެރި ކަން.

    20
    1
  8. ޢަލީ

    ތީއެވަރު ކަމެއްތަ؟ ދިވެއްސަކު ނެތިދަތުރުކުރުމާ ދިވެހިން ނެތިވިޔަފާރި ކުރުމާ މިހުންނަނީ މިހާރު އާދައިގެ ކަންތައް އެކަމެއް ވެސް ނުހުއްޓުވުނެއްނު މިތާބާރުދީފަ ތިބޭ ގިނަބަޔަކުދޯ މަސައްކަތްކުރާނީ!

    12
  9. އަހުދު

    ތެޔޮ އުފުލާބޯޓުގަ އައިސް ކުކުޅު ވެސް އުފުލަނި

  10. ބުހާރީ

    ދިވެހިން ނެތި ކިތަން ކަންތަށް މިޤައުމުގަ ބިދޭސީން އެބަ ކުރޭތޯ.. ތިއިން ބިދޭސީއެއްގާތު އަހާބަލަ އޭނަ ރާއްޖެއައީ ކޮށް ކޯރޓާ ޔަކަށް ކާކުގެ ވަޒީފާއައްތޯ.. ހަމަ އަހާއިރަށް ބުނާނެ އަމިއްލަ އޯޕަން ކޯރޓާ އޭ، އަމިއްލަ އޯޕަން ކޯރޓާ އެއް އޮވޭތޯ އިމިގުރޭޝަންގަ އަހާ ލީމަ އެތަނުންބުނަނީ ނުދެމޭ އޯޕަން ކޯރޓާއެއް. ވާއެއް ނުވާއެއް ނޭގުނު

    15
    1
  11. ކައްޕި

    މިހާރުވެސް ގިނަ ދޯނި ފަހަރުގައި އުޅެނީ އެއްވެސް ލިޔެކިޔުމެއް ނެއް ބަންގާޅިން ޗެކް ކޮށް ބަލާ ހައްޔަރު ކުރަން ވެއްޖިއްޔާ އެމީހުން ބަހައްޓާނެވަރު ޖާގައެއް ވެސް ނުހުންނާނެ

    11
  12. ބޮންދުންގެ ރަސްކަން

    ވިސާނެތި އެއްދުވަސް ވިޔަސް ބޭރުގައުމުތަކުން އަހަރެމެން ބޭރުކުރޭ އަހަރެމެންނަކަށް ވިޔަފާރިއެއް ނުހިންގޭ އަހަރެމެންނަކަށް ވަޒީފާއެނުލިބޭ. އެކަމަކު މިގައުމުގަ ބަންގާޅީއެ އެހެންގާޅީއެނެތް ބޭނުންކަމެ ބޭނުންގޮތެ ދުވަސްކޮޅަކުން އިޒުރޭލުން ހަދާހެން އަހަރެމެންގެ ގެދޮރުން ނެރެބޭރުކުރާނީ މިމީހުން މިއީ ބަޔަކުނޭގިތިބެ ކުރިކަމެނޫން މިކަންކުރުވަނީ އަހަރެމެންގެ ދިވެހިން. ފުލުހުންނަވެސް ސިފައިންނަވެސް ރައީސަށްވެސް އިމިގްރޭޝަނަށްވެސް އިކޮނޮމިކް މިނިސްޓަރަށްވެސް ބަންގާޅިން މިގައުމުގަ ހިންގާ ވިޔަފާރިތަކާ ކަންތައްތައިގޭ ރައްރަށުގެ ކައުންސިލުން ބަލަންބޭނުންނަމަ ބެލޭނެ ހުއްޓުވޭނެ އެކަމަކު ބަންގާޅިންގެ މައްސަލަތަ ބަލަންބޭނުންނުވަނީ އެމީހުންއަތުން ބައިލިބޭ ދިވެހިންތަކެއެބަތިބި ކަމެނުކޮށްތިބެ ބަންގާޅީން ލައްވާ ވެލި ނަގާފަ ވިއްކާ ފަޅުރައްތަކުން ކާށިއަޅާ ވިއްކާ ދިވެހިމީހާގެ ނަމުގަ ބަންގާޅީމީހާގެ ވިޔަފާރި ހުޅުވަދީ މިއީ ދިވެހިން އަމިއްލައަށް ދިވެހި ގައުމަށް ދެމުންދާ ގެއްލުން. ނޫސްވެރިން ނިކަންވަރުގަދަ ޕްލޭނަކާއެކު ނުކުމެ މިކަމުގެ ނިމުންގެންނަން ނުކުމެބަލަ.

  13. އަހްމަދު

    އެހެންވީމަ ދޯނީގެވެރިމީހާހޯދާނެކަމެއްނެތް ތީގަތިބި ބޭރުމީހުންތައް ހައްޔަރުކުރޭ އޯގާތެރިސަރުކާރު

  14. ސަޓޯ

    ތިއީ ޓެރަރިސްޓް ދޯންޏެއް