ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ކޮންޓްރޯލުން ނެއްޓުނު ކާރަކުން ޖެހި، ގެއެއްގެ ފާރު ވެއްޓިއްޖެއެވެ.

މިއަދު ހަވީރު ހިނގި އެކްސިޑެންޓަކީ ތިނަދޫ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކައިރިން ކާރު ނެއްޓެންވެގެން އުޅުމުގެ ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެން ނަމަވެސް ފާރު ވެއްޓުމުގެ އިތުރުން ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިއަދު ވަނީ އެއާޕޯޓުގައިވެސް އެކްސިޑެންޓެއް ހިނގާފައެވެ. އެމްއޭސީއެލްގެ ފިއުލް ވެހިކަލަކުން ޖެހި ޓެކްސީއަކަށް ގެއްލުންވި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު