ރާއްޖެއަށް އެެތެރެ ކުރަން އުޅުނު 11.5 ކިލޯގެ މަސްތުވާތަކެތި އިންޑިއާގެ ކެރަލާގެ އަވަށަކުން އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ 11.5 ކިލޯގެ ހަޝިޝް އޮއިލްއެވެ. އެމައްސަލައިގައި އިންޑިއާގެ ތިން މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މަނޫ ވިލްސަން ނަމަކަށް ކިޔާމީހަކާއި އުމުރުން 31 އަހަރުގެ އަންވަރު ސާދާތު ނަމަކަށް ކިޔާ މީހަކާއި އުމުރުން 28 އަހަރުގެ ރާޖްމޯހަން ކިޔާ މީހެކެވެ. 31 އަހަރުގެ ދެމީހުންނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ތިބި ދެމީހުންނެވެ.

ފުލުހުން ބުނާ ގޮތުގައި ތިން މީހުން ހައްޔަރު ކުރީ އަންދްރަ ޕްރަދޭޝް އިން މަސްތުވާތަކެތި ގަނެގެން އެތަކެތި ކެރަލާ އަށް ގެންދިޔަ ތަނުންނެވެ. އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެތި އަރުވައިގެން ކާރު ދުއްވާފައި ދަނިކޮށެވެ.

ތިން މީހުން ދުއްވި ކާރުގެ ތެރެއިން ވަނީ 2.5 ކިލޯގެ ގަންޖާ ވެސް ފެނިފައެވެ.

މީޑިއާ އަށް މައުލޫމާތު ދިން ފުލުހުންގެ އޮފިސަރަކު ބުނީ އަތުލައިގަނެވުނު ހޭޝް އޮއިލް އަކީ ރާއްޖެ އަށް ވިއްކަން ގެންގުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށެވެ. އެތަކެތި ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އަށް ގެންނަން ރާވާފައި އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ނަމަވެސް މިމައްސަލައިގައި ދިވެއްސެއްގެ ބައިވެރިވުން އޮތްކަން އަދި ކަށަވަރެއް ނުވެއެވެ.

ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާ އިން އަތުލައިގެންފައި ވާއިރު ފަހަކަށް އައިސް ދިވެހި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ވެސް އާދަޔާއި ހިލާފަށް ގިނައިން މަސްތުވާތަކެތި އަތުލައިގަންނަމުންދާ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިމަންނަ

    ހިތާމައަކީ މަސްތުވާ ތަކެތީގެ މައްސަލަގައި ގެންދާ މީހުން ބަހައްޓާ ތަނުގެ ދޮރުގައި ތަޅެއް ނުހުންނަ ކަން...

    24
  2. ޢަލީ

    ރާއްޖޭގެނަން މިޚަބަރުގައި ގެންނަންޖެހޭ އެއްވސް ސަބަބެއް ނެތް، މާތާހިރުވީސް އިންޑިއާގެ އެއްސިޓީއަކުން އަނެއް ސިޓީއައް ދަތުރު ކުރަމުން ދިޔަ ކާރަކުން މަސްތުވާތަކެތި އަތުލައިގެންފި ކަމައް ކަމައް ލިއުނު ނަމަ، އަމުދުން ރާއްޖޭގެ މީހެއްގެ އެއްވސް އިނވޯލްވމެންޓެއް ތިކަމުގައި ނެތްއިރު ރާއްޖެ ބަދުނާމްވާގޮތައް ނޫސްވރިން ޙަބަރު ލިއުމަކީ ހިތާމަ ހުރި ކަމެއް.

  3. އަލިހުތާ

    ތި ކިހިނެއް ރާއްޖެއަށް އެތެރެކުރަން އުޅުނު އެއްޗެއް ކަމެއް އެނގެނީ؟ ތީ ވަރަށްބޮޑު ޖޯކެއް.

    5
    1
  4. އެޖެންޑާ19

    ކޮސް ގޮވަނީ ކޮސްވީމާ. އިންޑިއާއަށް ރާއްޖެ މުހިންމުވީ ދެތިން ހަފްތާ ކުރިންތާ ދޯ. ބަލަގަ ބޮލީވުޑުން ކުޅޭ ފިލުމެއްހެން ސިނަމާތަކުގައި އަޅުވާނެ ވާހަކަތައް 11 ކިލޯ މަސްތުވާ އެއްޗެތި ނޫނަސް ހުންނާނެ. ސްޓޯރީ ލިޔާ މީހާ އެހެން މައުލޫއެއްނެގި ނަމަ މާ ސަޅި. ޒަމާނުންސުރެ ރާއްޖެ އަށް ދުއްތުރާ ކޯށް އަވަށްޓެރިއެއްގެ ގޮތުގައި އޮވެ ރާއްޖޭގެ އެތަކެއް ތަނެއް ބަޑީގެ އުންޑަ ތަކުން ފަނާކޮށް އެތަކެއް ދިވެހިންނެއް މަޡީގައި މަރާ ހެދި ބަޔަކު މިރާއްޖެ އަށް ހެވެއް އެދޭނެ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ. ބަލަގަ ސިމެންތި ޖަހާ އުވަޖަހާ ހުރި ބާ ތައް ބެއްދިދާނެ. ދިވެހިންގެ ކާބަފައިންގެ ގައިން އޮހޮރުވި ލޭ ތަކާއި ކާބަފައިން ޤައުމުގެ ހައްގުގަ ދޫކޮށްލި ފުރާނާއިގައި ޕުޓީ އަޅާ ބެއްދޭނެ ތަ؟