މި ރަމްޟާންމަހު ދުވާލު ކައިގެން މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެއީ މި ރަމަޟާން މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދުވާލު ގަޑީގައި ކައިގެން 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ހައްޔަރު ކުރި 12 މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ އަތޮޅުތެރެއިންނެވެ. އަދި މާލޭ ސިޓީން ވަނީ ނުވަ މީހަކު ހައްޔަރު ކޮށްފައެވެ. ރަމަޟާން މަހު ދުވާލު ކައިގެން އަތޮޅުތަކުންނާއި މާލެ އިން 19 މައްސަަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެތެރެއިން އަށް މައްސަލަ ރިޕޯޓް ކުރީ އަތޮޅު ތެރެއިންނެވެ. އަދި މާލޭ ސިޓީން 11 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ.

ޤާނޫނު އުޤޫބާރުގެ 616 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ޞިއްޙީ ނުވަތަ ޞިއްޙަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޟާންމަހު، ރޯދަނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުމަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އެހެންކަމުން އެއީ ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނަ ވަރުގެ ކުށެކެވެ.

ކޮންމެ ރަމަޟާން މަހަކު ވެސް ދުވާލު ގަޑިތަކުގައި ކައިގެން މީހުން ހައްޔަރު ކުރެއެވެ. ނަމަވެސް މައްސަލަ ސާބިތުވަނީ އޭގެތެރެއިން މަދު މީހެއްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަސަނު

  ކަމެއްކުރަންޏާ ޓްރާންސް މޯލޑިވިއަން އަށް ފުލުހުންކޮޅެއް ފޮނުވަބަލަ. ބޮޑު ލޮރީ އެއް ފުރޭވަރަށް ހައްޔަރު ކުރެވޭނެ. އެތަނަކީ ވަރަށް މިނިވަންކޮށް ރޯދަމަހު ދުވާލު ކާންލިބޭތަނެއް. ނުވިތާކަށް ރިސޯޓުތަކަށް އައިސް އެ ތަންތަނުންވެސް ކައިގެން ފުރަނީ. މަ ހިތަށް އަރާ މިއުޅޭ ޕައިލެޓުންނާ, ކުރޫއިން ހިތައް ހަމަ އެއްވެސް އެއްޗެއް ނާރަނީބާއޭ. ބިރުގެ ކަންފުޅެއްވެސް ނެއް އެމީހުން.

 2. ޢިކުރާމު

  ސާބިތު ކުރެވޭވަރުގެ ޓެސްޓުހަދާފަ ޖަލުގަ ބާއްވާ އެއްގޮތަކައްވެސް ދޫކޮއްގެންނުވާނެ ރޭގަނޑު ކާންދީފަ ދުވާލައް ރޯދަޔައް ޖަލުގަ ބައިތިއްބާ

  15
  2
 3. Anonymous

  ނަމާދު ނުކޮއްގެން ވެސް އަދަބުދީ