19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސަކު ހޮވަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގައި ނަގާ ވޯޓުގައި އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަފީފު ވިދާޅުވީ، އޭނާ އަށް ތާއީދު ހޯއްދެވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ.އަދި ކުރިން ތާއީދު ނެތް ބޭފުޅުންގެ ތާއީދު ހޯދަވަމުން ދާކަމަށެވެ.

" މި ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ގާތްގަނޑަކަށް 40 ވުރެ ގިނަ ވޯޓް ކަށަވަރު ކުރެއްވިއްޖެ. މަޖިލިސް ރައީސް ކަމަށް އަސްލަމްގެ އިތުރުން ދެން ޝައުގުވެރިކަން ފާޅުކޮށްފައި ތިބި ބޭފުޅުންގެ ތާއީދު ވެސް ލިބޭނެ ކަމަށް އުންމީދު ކުރެވޭ " އަފީފު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިއާއެކު އަފީފާއި އަސްލަމްގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަޑުތައް އިވޭ ގޮތުގައި ބައެއް ވަޒީރުން ވެސް ގެންދަނީ އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ. ނަމަވެސް ނަޝީދާއި، އެމަނިކުފާނުގެ ގާތް މަޖިލިސް މެންބަރުން ގެންދަނީ އަސްލަމް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮލަ

    މާގިނައިން ލިބޭނެ އަސް ލަމްއައް 10 ވޯޓުވެސް ނުލިބޭނެ.

    4
    5
  2. އައްޑޫމީހާ

    އަސްލަމު ހޮވޭނެ. އަފީފަށް ވުރެ ހުރިހާ ގޮތަކުން ވެސް އަސްލަމު ގާބިލްވާނެ ތިމަގާމަށް.