ސްރީލަންކާ ފިރިހެނަކާއި، ދިވެހި އަންހެނަކު އިނދެގެން ލިބުނު އެއްމާބަނޑު ދެ ކުދިން، ފިރިހެން މީހާ ލަންކާގައި ދިރިއުޅެމުންދާ ގޭގެ ދޮރު މައްޗަށް "އެއްލާލާ"ފައި ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ކުދިންގެ ބައްޕައަކީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ ރާއްޖޭގައި ވަޒަންވެރިވެގެން އުޅެމުން އަންނަތާ 15 އަހަރުވެއްޖެއެވެ. އެހެން ނަމަވެސް މިވަގުތު ހުރީ ލަންކާގައެވެ.
ފިރިހެން މީހާ، 2016 ވަނަ އަހަރު މާލެ އަންހެނަކާއި ކައިވެނިކޮށް އޭނާއާށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާއިރު، އަންހެން މީހާ މިކުދިންގެ ބައްޕައާ، ކުދިން ހަވާލުކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ފިރިހެން މީހާ ރާއްޖޭ އަންހެން މީހާއާ ވަރިވީ މިދިޔަ އޭޕްރިލް މަސް ތެރޭގައެވެ. އެހިސާބުން ދެކުދިން، މި ކުދިންގެ ބައްޕައާ ހަވާލުކޮށްފައި ވަނީ، ބައްޕަ ލަންކާއަށް ޗުއްޓީއަށް ގޮސް ހުއްޓާއެވެ.
މި ކުދިންގެ މަންމައާއި އެފިރިހެން މީހާގެ ކައިވެނި ރޫޅިފައިވާއިރު، މި ކުދިން ބައްޕައާ ކުދިން ހަވާލު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. އެއީ އެއަންހެން މީހާ މި ކުދިން ބަލަން ބޭނުން ނުވާ ކަމަށް ބުނުމުންނެވެ. އެހެން ނަމަވެސް މި ކުދިންގެ ބައްޕަ ވަނީ އެ އަންހެން މީހާ ކައިރިން ދުވަސްކޮޅެއް ވަންދެން މި ކުދިން ބަލައިދީ އޭގެ ފަހުން މި ކުދިން އޭނާގެ ގާތަށް ގެންނާނެ ކަމަށް ބުނެފައެވެ. އަދި އެގޮތަށް އެ އަންހެން މީހާ އެއިރު އެއްބަސްވި ކަމަށްވެސް ފިރިހެން މީހާ ބުނެއެވެ.
"އަހަރެން އެންމެ ފުރަތަމަ ކޯޓުގައި ބުނިން މަންމަ ކައިރީގައޭ ކުދިން ބަހައްޓަން ބޭނުންވަނީ، އަޅުގަނޑު ހުރިހާކަމެއްކޮށްދޭނަމޭ. އެކަމަކު އޭނަ އެއްބަސް ނުވޭ. މި އަންހެން މީހާ ކޯޓުގައި ބުނަނީ އޭނާ އެއް ކުދިން ނަގާފައި އަހަރެން އަނެއް ކުއްޖާ ގެންދަން. އެގޮތަށް އަހަރެން ބޭނުން ނޫން ދެ ކުދިން ވަކި ކުރަން އަހަރެން ބޭނުން ނޫން". މި ކުދިންގެ ބައްޕަ ބުންޏެވެ.
މިގޮތަށް ކަންތައް ނިމިފައި އޮއްވާ އަނެއްކާ އެ އަންހެން މީހާ ވަނީ އެ ކުދިން އޭނާގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވެގެން ކޯޓަށް ގޮސްފައެވެ. އޭނާ އެ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް ފުރަތަމަ އަޑުއެހުމަށް ގޮސްފައެއް ނުވެއެވެ. އަދި ދެވަނަ އަޑުއެހުން ވަނީ ކެންސެލްފައެވެ.
އުމުރުން 11 މަހުގެ މި ކުދިންނާއި މެދު ކަންތައް ކުރި ގޮތް ކިޔާދެމުން މި ކުދިންގެ ބައްޕަ ބުނީ، އޭނާ އެ އަންހެން މީހާ ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިން ކަމަށެވެ. އަދި އެ ކައިވެންޏަށް ލިބުނީ އެއްމާބަނޑު ދެ ކުދިން ކަމަށާއި، އެ ކައިވެނި ރޫޅުމަށްފަހުވެސް މި ކުދިންނަށް ހަރަދު ކުރަމުން އަންނަ ކަަމަށެވެ.
އަދި އެ ކައިވެނި ރޫޅި މި ކުދިން އޭނާގެ ގާތަށް ގެނައުމަށް ކޯޓުގެ މަރުހަލާތައް ނިންމާފައިވަނިކޮށް، އަނެއްކާވެސް އެ މައްސަލަ ވައްދާ މި ކުދިން އެ އަންހެން މީހާގެ ބެލުމުގެ ދަށަަށް ގެންދިއުމުގެ ކަންކަން ކުރަމުންދަނިކޮށް ލަންކާއަށް އައިސް އޭނާ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ކުދިން "އެއްލާލުމަށް"ފަހު އެ އަންހެން މީހާ ގޮސްފައިވާކަމަށް މި ކުދިންގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ، އެ އަންހެން މީހާ މިކުދިން އެގޭގެ ގޭޓު ކައިރިއަށް އެއްލާލުމަށްފަހު ދިޔައީ މީގެ ހަތަރު ދުވަސް ކުރިން ކަމަށެވެ. އަދި އެއީ މަޢްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގެ ވަގުތެއްގައި ކަމަށާއި، އެ ވަގުތު އޭނާ ހުރީ މިސްކިތުގައި ކަމަށް އޭނާ ބުންޏެވެ. އަދި މި ކުދިންނާއި އެއިރު ހަވާލުވީ އެގޭގައި އުޅުނު މީހެއް ކަމަށް އޭނާ ބުންޏެވެ.
"ރޯދަ ވީއްލާ ނިމިގެން ގާތްގަނޑަކަށް 7:15 ހާއިރު އޭނާ މި ކުދިން އެތަނަށް އެއްލާލާފައި ދިޔައީ. މަށަށްވެސް ނާންގާ އެއްވެސް މީހަކަށް ނާންގާ. ކާރުން އައިސް ގޭޓް ކުރިމަތީގައި ހުއްޓުނީ، އެ ގޭޓުގައި ޓަކި ޖަހާފައި އެ ކުދިން ގޭޓް ކުރިމަތީ ބަހައްޓާފައި ދިޔައީ. ދެން އަހަރެން ގެއަށް ރޯދަ ވީއްލަން އައިސް ތިބި ބައެއްގެ ތެރެއިން މީހަކު ގޭޓު ދޮރުހުޅުވާލިއިރު، އަހަރެންގެ ދެ ކުދިން ފެނުނީ. އެ ކުދިން ފެނުމާއެކު އޭނާ ހަޅޭލެވީ. ވަގުތުން ފޮށިތައްވެސް އެތަނަށް ބާލުވާލާފައި ކާރު ހިނގައެއްޖެޔޯ ބުނީ". އެ ފިރިހެން މީހާ ބުންޏެވެ.
އޭނާ ބުނީ، އެ ކުދިން ބިންމަތީ ބަހައްޓާފައި ހުރިކަން އެނގުމުން ވަރަށް ދެރަވި ކަމަށެވެ.
އެ ފިރިހެން މީހާ ބުނިގޮތުގައި، މި ކުދިން އޭނާއާ ހަވާލު ކުރުމުގެ ކުރިން، މިތަނުން ކުއްޖެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް ބުނެ އޭނާގެ އަތުން ފައިސާވެސް ވަނީ އަތުލާފައެވެ. އަދި އިތުރަށް ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް، މި ކުއްޖާ ޑޮކްޓަރަށް ދެއްކި ކަމުގެ އެއްވެސް ލިއުމެއް އޭނާއަށް ދައްކާފައި ނުވުމުން އެއްވެސް ފައިސާއެއް އިތުރަށް ދީފައިނުވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، އެ ފައިސާތައް އެ އަންހެން މީހާ ހޯދީ މިކުދިން ބަލިވެގެން ނޫން ކަމަށެވެ.
އެ ފިރިހެން މީހާ ބުނިގޮތުގައި، އެ އަންހެން މީހާއަކީ މާލޭގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި އޭނާއަކީ މާލޭ މީހެކެވެ.
ބެނުން ނޫނިއްޔާ ދަރިން ބެއިނުން ވެފަ ތިބި ދިވެހިންނަށް ދޭން ވީނުން
ހާދަ ނުލަފާ މީހުން އުޅެޔޭ ... މައުސޫމް ތުއްތު ކުދިން ވިއްޔާ އެ... އެކަހަލަ މީހުން ހިތައްވެސް ނާރާނެ ދަރިޔަކު ނުލިބޭ މީހަކު ހިތުގަ އަޅާ ވޭނެއް ? އެމީހުންނަށް އެކަހަލަ ރަހުމަތެއް ދެއްވީތީ ވެސް ސުކުރު ނުކުރެ .... ކިތައް މީހުން ކުދިން ނުލިބިގެން އުޅޭ ....
އެއްބަޔަކު ދަރިން ނުލިބިގެން އަތުން އެތައް ހާސް ރުފިޔާއެއް ހަރަދު ކުރަނީއަނެއް ބަޔަކު ދަރިން ލިބޭލެއް ގިނަ ކަމުން ތަން ތަނަށް އުކަނީ!!! އެއް!!!
ﷲ ދެއްވާފައިވާ އަމާނާތައް ހިޔާނާތްތެރިވެފައި މިވަނީ! ދަރިން ނަކީ ﷲ ދެއްވާ އަމާނާތެއް! މިކަން ނޭގުމަކީ އަންހެން މީހާގެ ނުބައި ނުލަފާކަން! ބަލަގަ ދަރިން ހޯދުމަށް އަޅާވޭންމަތިން މައިމީހާ ހަނދާން ނެތުނީތޯ! މީ ބޮޑުވަރު! މައުސޫމް ކުޑަ ކުޑަ ދެ ކުދިންގެ ކުށަކީ ކޮބާ!
މާލޭ މީހުންގެ ފެންވަރު
ޖަނަވާރުންވެސް މިގޮތަށް ކަންތަކެއް ނުކުރާނެ ތިބުނާޓީޗަރު ދަރިވަރުންނަށް ކަންތައްކުރާނީ ކިހިނެއްބާ
ތިޔަކަހަލަ އަނިޔާވެރި ކިތަންމެ އަންހެނުން ރާއްޖޭގައުޅޭ.ނަމަވެސް އަބުދުވެސް އިވެނީ ފިރިން އަބިންނަށް އަނިޔާކުރާވާހަކަ ދަރިންނަށް އަޅާނުލާވާހަކަ ހަރަދު ނުދޭވާހަކަ.އަންހެނުން ފިރިހެނުންނަށް ނުވަތަ ފިރިންނަށް ނުވަތަ ޅަދަރިންނަށް ކުރާއަނިޔާގެ ވާހަކަ ނުދެއްކޭ.ބައްޅަވެސް އޭގެ ދަރިންނާމެދު އެހާއަނިޔާވެރިނުވޭ.އެސޮރުވެސް ދަރިން ބަލަހައައްޓާ ހިމާޔަތްކުރޭ
މީގަމިވަނީ އެއްފަރާތު ގެ ވާހަކަ ދެފަރާތުގެ ވާހަކަވެސް ޖަހާލީމަތާ ހަގީގަތަކީ ކޮބައިކަން އެނގޭނީ ދެންޓީޗަރަ ކަށް އުޅޭމީހަކު ހިޔެއް ނުވޭ ތިޔަހާ ދަށު ދަރަޖަ އަކަށްވެއްޓި ދާނެ ހެނެއް މީ އަހުންގެ ޚިޔާލް
ތިމަންޖެ ޖެހޭނެ ވަޒީފާއިން ވަކިކުރަން ޓީޗަރަކަށް ޝަރުތުހަމައެއްނޫން. ޢެއީ ޓީޗަރެއްގެގައިގާ ހުންނަށް ޖެހޭ އިންސާނިޔަތުކަން އަދި އޯގާތެރިކަމާއި އަޅާލުން ކޮބާ؟!
މާލޭ މީހުން .... މުޅި މާލެ ފުނި ޖެހިފަ މާލޭ މީހުންނައިގެން... 90 ގެ އަހަރުތަކުގަ މީހުން އެހާ ގިނައެއް ނޫން....
ޒަމާނާއިއެކު ގާނޫނު ވެސް ބަދަލުވެއްޖެ.
މިހާރު ބައެއް އަންހެނުން އެމީހުން ބޭނުން ގޮތަކަށް އުޅެނީ، އެފަދަ އަންހެނުން ދެކޭ ގޮތުގައި
މައިވަންތަކަން ހުންނަން ޖެހޭނީ ބައްޕަ ގައި.
ތިޔަ އަންހެން މީހާގެ ނަމާއި ވަނަވަރު އަދި ވަޒީފާ އަދާކުރާ ސްކޫލް އެނގޭ ގޮތައް ހާމަ ކުރަން ޖެހޭ
ދަރިން ހޯދީމާ އެ ނިމުނީ ބައެއް އަންހެނުންނަށް... ނުބެލެންޔާ ނުހޯދާ ތިބެން ވީ ނު.. ނޫނީ ދަރިންނުލިބޭ މީހަކަށް ދިންނަމަ ދޯ..
އަޅެ އާދޭސް ކޮއްފަ ބުނަން ތިޔަ އަންހެން މީހާގެ ނަމާ އުޅޭ ތަނެއް ހާމަކޮއްބަލަ ، ފަަހަރުގަ އަހަރެންގެ ދަރި ތިޔަ ތީޗަރު ގާތައް ކިޔަވަން ފިނުވާކައް ބޭނުމެއް ނޫން. ތީ ހަމަ ވަރައް ނުލަފާ އަންހެނެއް ، ދުވާވެސް ކުރާނައް ދެން ތިޔަ އަންހެން މީހާޔައް ދަރިން ނުލިބޭތޯ.
މިވަރުން ދެން ދެނެގަނޭ
އަޅެ މަށަށް ދިންނަމަ... އެ ކުދިން ފަކީރުންގެ އޮތީ ކޮންކުށެއް...
މިކަހަލަ އަންހެނުން ޓީޗަރުންނަށް އުޅޭތީ ގައުމުގެ ދަރިން މިހަލާކުވަނީ.
ތިޔަ އަންހެންމީހާއަކީ ކާކުތޯބަލާ އެއީ ތެދަކަށް ވާނަމަ އެއަންހެންމީހާ ވަގުތުން ޓީޗަރުކަމުން ވަކިކުރަންޖެހޭ، އެފަދަ އަންހެނަކަށް ޓީޗަރުކަމެއްނޫން ކުރެވޭނީ ރަގަނޅުވާނީ ކަރާޓީ ތަޅާ ފިލްމުކުޅެން
ރާއްޖޭގެ އާބާދީ މިހާ މަދު އިރު އަވަހަށް ތިޔަކުދިން ގެނެސް ރާއްޖޭގެ މީހަކާ ހަވާލުކުރޭ، އަދި މަންމަޔާއި ބައްޕަޔަށް ހައްގު އަދަބު ދެއްވާ
މާލާ މީހުން ގެ ގޮތް
ﷲ މިއޮތީ ރީތި ދެ ދަރިން ދެއްވާފައި ދެން ނަސޭހަތް ދީފަ ރަަގަޅުކަންތައް ދަސްކޮއްދީފައި ދެން ޓީޗަރެއް އެއްލާލަނީ ދެކުދިން. ކޮންކަހަލަ ޓީޗަރެއް!!!!!!!!!!!!
ހާދަމޮޅު ގޮތެއް ތިހެދީ ސަޅި
ތީ ވަލުޖަނަވާރަކަށްވުރެ ދަށުދަރަޖައިގެ އަންހެނެއް
ހާދަހާ ޓީޗަރަކާ ވައްތަރު ގޮތަކަށޭ އަމަލްތައް ތި ހުރީ.
ޢަހުލާގު ދަށީ ހަމަ ބޮޑުވީމަ މަންމަ ގެ ދަރިފުޅު ފެންނާތީ މައްސަލައަކީ ބަފާ އެކަނި ގެންގުޅެ ބޮޑުކުރީމަ ބަފާަ ދޫކޮށް މަންމަ ގެ ނަސޭހަތް ގަބޫލު ކޮށްގެން ބައްޕަ ބާކީވެފަ ހުންނަނީ
އަޅުގަނޑަށް ދިންނަމަ
ޢެއީ އަހަރެއމެންގެ އަރަބި މިސް....
ފިރިހެން މީހާއަކީވެސް ޓީޗަރެއް ވަރަށް ރަނގަޅު ޓީޗަރެއް އަޙުލާގުވެސް ރަނގަޅުވާނެ
ދަ ގްރޭޓަރ މާލޭގައި، ތަންދޮރު ނުދަންނަ ފީކަޅާ އަންހެނުން އުޅޭކަން މިހާރު ޤަބޫލު ކުރެވޭ ހެއްޔެވެ؟ ހަމަ އަސްލުވެސް އުޅެއެވެ. މައިންބަފައިންގެ މުއްސަނދިކަމުގައި ނުވަތަ ގޯތި ކުލިން ލިބޭ އެއްޗަކުން ބޮޑެތިވާ އަންހެނުންނަކަށް އަންހެނުންގެ ޒިންމާއެއް ނޭނގޭނެތާއެވެ.
ޢެއްފަރާތުން ދަށްކާ ވާހަކަ އަޑުއެހިޔަކަސް ކަމަކުނުދާނެ ތިކަމުގެ ކަގީގަތް އެނގޭނީ ދެމީހުންގެވެސް ވާހަކަ އަޑު އަހާގެން ..