ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅި މެދުދާރިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލިހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދަވާތީ އާއި ނަމާދު ވަގުތަށް މެދުކަނޑާނުލާތީ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށީ ހެނދުނު 10:00 ގައެވެ. ޖަލްސާ މެދުކަނޑާނުލައްވައި މަޖިލިހުގެ ރައީސް ވަނީ ގިނައިރުތަކެއް ވަންދެން މަޖިލިސް ކުރިއަށް ގެންދަވާފައެވެ. އަދި މަޖިލީހުގެ ޖަލްސާގެ ތެރެއިން މެމްބަރަކު ނަމާދު ވަގުތު ހަނދާން ކޮށްދިނުުމުން ނިޒާމީ މައްސަލައަކަށް އެކަން ނުބަލާ، ޖަލްސާތައް ނަމާދު ވަގުތަށް މެދު ކަނޑާލަން މީގެ ކުރިން އަމަލު ކުރާ އުސޫލަށް މިއަދު އަމަލު ކުރައްވާފައެއް ނުވެއެވެ.
ނަމާދު ވަގުތަށް މެދުކަނޑާނުލާތީ ޕީޕީއެމް އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއިރު މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ބޭނުން އިރެއްގައި، މަޖިލިސްކުރާ މާލަމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މަޖިލިސް މެދުކަނޑާނުލައި ގިނަ ވަގުތު ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވާހަކަދެއްކެވިއިރު މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެވޭއިރު ރައީސް ނަޝީދު ބަހުސްގައި ބައިވެރިވާތީވެސް އިދިކޮޅުމެންބަރުން ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ ޖޭއެސްސީ އަށް މެމްބަރަކު އައްޔަން ކުރުމާ ބެހޭ ގޮތުން ކުރި ބަހުސާއި އެހެން ކަންކަމުގައި ފެނިވަޑައިގަންނަވާ ހިޔާލުތައް ނަޝީދު ދެއްވުމެވެ.
އެގޮތުން އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މަޖިލިހުގައި މެމްބަރުން ކުރައްވަމުން އަންނަ ބަހުސްތަކުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދުދީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ހިންގަވަނީ އެންމެ ރީތި ގޮތަށް ކަމަށާއި ކުރިން ޕްރެކްޓިސް ކުރި ގޮތަށް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާގޮތަށް ކަމަށެވެ.
މަޖިލިސް ހަބޭސް
އެންމެ ފަހުން އާޚިރުގައި ކަންތައް ތައް ދާނީ ކީހާޅެން ފަރިއްސައް ވެގެން
އެޖެންޑާ 19 ތަފާތު ވާނެ ނޫން ތޯ،
އަދި ކިރިޔައް އޮތީ ބަލަންތިބޭ
މިއަދަކު ތިޔަވާހަކަ ދައްކާނެ ކަމެއްނެތް..މި ގައުމަކީ އަންނި..އިންޑިއާ ބޭނުންވާ ގޮތައް މަޖިލީސްވެސް ހިންގާނީ..އަންނި އަކީ މޯދީ..މޯދީ އަކީ ދިވެހިރާއްޖެ
ތީނަ ނަމާދު ކުރިތަ؟ ކަންބޮޑުވުން ފާޅުކުރާނެ ކަމެއްނެތް. ތީނަހޮވީ ތިޔައީ ކާކުކަން އެގިތިބެނު. ލަލަލާ.
މިހާރުގެ ރިޔާސަތަށް ނަމާދު ވަގުތު އެހާ މުހިއް މެއް ނުވާނެ.
ކިހާ ދެރަކަމެއް. ހުވާ ގަ ވާގޮތަށް އުޅެ ބަލަ މަޖުލީސް މެމްބަރުން
.ރައީސް ނަޝީދު އަކީ މަޖުލީހުގެ ރައީސް ކަމުން މަޖިލިހުގައި މެމްބަރުން ކުރައްވަމުން އަންނަ ބަހުސްތަކުގައި ނަޝީދަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ.... ނިމުނީ.
އަދުގެ ހޯމް މިނިސްޓަރ އެދުވަހު ބުނީ އެއީ ބޭރުމީހުން ފޮނުވާފަހުރި އެޖެންޓެކޭ، މިހެންބުނި އަޑު ގައިމުވެސް ގިނަ ދިވެހި ރައްޔިތުން އަހާނެ، ނަމާދަށް ޖަލްސާ މެދު ކަނޑާނުލާ ކުރިއަށް ގެންދާތީ އެކަމުގެ ސަކުވާ ކުރާނެ ތަނެއް މިހާރަކުނެތް. އެޖެންޓް އޭނާގެ ޒިންމާ އަދާ ކުރާނެދޯ. ދިވެހިން އޭނަޔަށް އެ ފުރުޞަތު ދިނީމަ.
އެޖެނޑާ 19 ފުރިހަމަ ވާނީ ބަންގީގެ އަޑުކެޑުނީމައެވެ. މީދިވެހިންބޭނުންވި ގޮތް
އެއީ މޮޑަރޭޓްކުރުން
މަޖިލިސް ކުރިއަށް ދިޔައީ 10 ން 12.
ފެށީ 13 ގައި. ދެނ.
ނަމާދު ވަގުތައް މަޖިލިސް މެދު ކަޑާލުމަކީ އަޅުގަޑަށް ފެންނަކަމެކެވެ. ވީމާ މީގެފަހުން އެގޮތަށް މަޖިލިސް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. ރައްޔިތުމީހާގެ އެދޭގޮތްމިއީ.
ތިމީހާގެ ކަންތަށް ތިފެށުނީ
ނުލަފާކަން ދައްކާލާނެ!
ޕްރޮޕަގެންޑާ 19 ތިއޮތީ ފެށިފައި!
މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން ބޭނުން އިރެއްގައި، މަޖިލިސްކުރާ މާލަމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ވީމާ މަޖިލީހުގައި ދީނާޚިލާފު ކަންކަން ހިގަންޏާ އެތަނުން ބޭރުވެގެން ދިޔައިމާ ރަނގަޅުވާނެ. މިހާރު އޮންނާނީ އެމީހަކު ހިތަށް އެރިގޮތެއް.
މަޖިލިސް ނަޝީދު ގެންދަނީ ދީނާ ޚިލާފު ނުވާ ގޮތުގެ މަތިންނޭ ބުނި އާޒިމް ގާތު އަހާލަބަލަ ތިމާ ދިރި އުޅޭ ގެއާއި ޖެހިގެން ހުރި މިސްކިތަށް އަރަންތޯ ދެން ހަމަ އެގޭގައި އުޅޭ އަނެއް މެންބަރު އިލްޔާސް ލަބީބު ކައިރި އަހާލަބަލަ ޖެހިގެން ހުރި މިސްކިތައް އަރަންތޯ މިމީހުން ނިދާ އެނދުގައި އޮވެފާވެސް މިސްކިތަށް ފުންމާލެވޭނެ.... މިވަރު ބަޔަކު ދައްކާ ވާހަކަ އަޑު އަހާ މީހުންވެސް ކުފުރުވެ ހަލާކު ވެދާނެ.....