ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހުރަސް އެޅޭނެ ފަދަ ކަންތައްތަށް ނުކުރުމަށް ހޯމް މިނިސްޓްރީން ގޮވާލައިފިއެވެ.

ހޯމް މިނިސްޓްރީ އިން ނެރެފައިވާ ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް ގައި ހުރީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފައިވަނިކޮށް މި މިނިސްޓްރީ އިން ވަނީ މިކަމަށް ގޮވާލާފައެވެ.

އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ވަނީ މި ރިޕޯޓަކީ ތަފާތު އެކި އެކި މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، އެޙާލަތު އެގޮތުގައި އޮތް ސަބަބުތަކާއި އެކަނަތަށް އިސްލާހު ކުރަން އަޅަންވީ ފިޔަވަޅުތަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އެކުލަވާލެއްވި ކޮމިޝަނަކީ ފަންނީ ގޮތުން ޤާބިލް އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެއްކަމަށެވެ.

މީގެ އިތުރުންވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރިއަށް ގެންދާނެ ކަމާއި އަދި ގުޅުންހުރި އެހެން ފަރާތްތަކުންވެސް އެ ކަމަށް އަމާޒުހިފުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށް ބުނެފައިވެއެވެ.

އެ ރިޕޯޓުގައި އެކި ފަރާތްތަކާ ހަވާލާދީ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އިންކާރުކޮށް ރިޕޯޓުގެ ހުށަހެޅުންތަކާ މެދު ސުވާލު އުފައްދާ، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތައް ހުރަސް އެޅުމުގެ ބަދަލުގައި، ސަރުކާރުން މި ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިލްޔާސް

    ރައްޔިތުންގެ އިތުބާރު ލިބިފައިވާ ވަޒީރު ދޯ. މަޖީދީމަގުން ތޮށިގަނޑުމަތީ ހުރެ މަރާލާފައިވާ މީހުންނާ ބެހޭގޮތުން މިހިރީ ހެއްކޭ ބުނެ ނޫސްކަރުދާސް ގަނޑެއް ދެއްކިމީހާ ތީ. އަނގަ ހުޅުވާ ކޮންމެ ފަހަރަކު ދޮގު ހަދާމީހުން. ކަސްބީ އަންހެނެކޭ އެއްގޮތަށް އަނގަ ވިއްކައިގެން ވަޒީރުކަން ހޯދީ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެކޭ. މި މީހުން އެއްޖިންސުން ގުޅުން ހިންގިއަސް ހިންގަނީ ރައްޔިތުންގެ އިތުބާރު ލިބިގެން. ލަދު ކޮބާ؟ ދާދި އަވަހަށް ސައިޒު އެނގޭނެ.

  2. ހުސޭނުބޭ

    ޖަލުތަކުގެ ހާލު ރަގަޅުކުރުމަށް މަނިކުފާނު ހެއްދެވިފަދައިން ވަގަށް ފޯނު އެތެރެކޮށް ސެލްފީ ނެގޭތޯ މިހާރު!