ރައީސް ނަޝީދުގެ ކޮއްކޯފުޅު، ޤާނޫނީ ވަކީލް ނާޒިމް ސައްތާރު އިޝާ ނަމާދު ލަސް ކުރަން ބޭނުންވާ ކަން ދޭހަވާފަދަ އިބާރާތަކުން ޓްވީޓެއް ކޮށްފިއެވެ.

https://twitter.com/nazimsat/status/1136693578636247040?s=20

ނާޒިމް މިހެން ބުނެފައިވަނީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމުގައި ތަޤްރީރް ކުރައްވާނެ ކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނާޒިމްގެ ޓްވީޓްގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ނައިބު ރައީސާ އީވާ މެންޝަންކޮށް ކުރި ޓްވީޓްގައި ބުނެފައިވަނީ، ސައުދީގައިވެސް ރޯދަ މަހު އިޝާ ނަމާދު ގަޑި ލަސް ކުރާ ކަމަށާއި ރާއްޖޭގައި މިކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ނާޒިމްގެ މިޓްވީޓަށް ރައްދު ދެމުން ބައެއް ފަރާތްތަކުން ނާޒިމަށް މިއީ ރޯދަމަސް ނޫންކަންވަނީ ހަނދާންކޮށްދީފައެވެ. އަދި ސައުދީގައި ނަމާދު ލަސްކުރާ ސަބަބާއި ރާއްޖޭގައި ކުރަން އެބުނާ ސަބަބުގައި އެތައް ހާސް ފަރަގެއް ހުރި ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހޮނިހިރު ދުވަހު މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރަން ނިންމާފައި ވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޚ ކާޅު

    ޟމޯދީ ތަޤުރީރު ކުރަނީ ރޯދަމަުގައިތަ ފިތުނަވެރި ވަގުތާ

    27
    61
  2. ޜީނދޫ

    މަރުވުން ލަސްކުރަންވީނުން

    107
    1
    • މޯޑީ

      އެންމެ ފަހުން މަޖިލީހުން ނަމާދުގެ އަދަދު މަދުކޮށް ވަގުތު ބަދަލުކުރުމުގެ ބިލެއް ނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު. އާނ ފަހެ ރީނދޫ ޕާޓީގެ މީހުންނަކީ އަމިއްލަ މިނިވަންކަން ގެއްލިފަތިބި ވަކި މީހެއްގެ ދުލުން ވާހަކަދައްކަންޖެހޭ ބަޔަކަށްވުމުން މިކަންވެސް މިހެން ވެދާނެ.

      97
      2
      • މަޒް

        ތި ދެން ފުކެއް ބޮޑުވަރު.. މި ފަސް އަހަރު ނިމެންދެން ޔާމީނުގެ ފޮޓޮއަކަށް ބަލަހައްޓާއިގެން ރޮއެ ރޮއެ އިންނަން އިލްތިމާސްކުރަން

        2
        4
  3. އެކޮއި

    އެބުނާ ނާޒިމަކީ މާތްވެގެންވާއިސްލާމް
    ދީނުގެ ބޭފުލެއްނުން އެމީހުއަބަދުވެސް
    ދީނައްނަފުރަތުކުރާ.ނެ އެމީހުން ބޭނުވާ.
    ވާނީ މިގައުމުގަ ރާބޯ މަޖާކޮއްއުޅެލާން

    116
    2
    • ބޮއްކޮއި

      އިސްލާމްދީނުގެ ބޭފުޅެއްކްމެއް ރާބޯކަމެއް މަޖާކުރާކަމެއް ނޭގޭ ހަމގައިމު އަބަދާއިއަބަދު މުސައްލްއެއް ކިހިލީގަ ޖަހާފަހުރޭ.

      5
      27
  4. ފަސީ

    ޤާނޫނީ ވަކީލުންނޯ!!

    72
    3
    • ސަޓޯ

      އޭނާއަށް ވަކީލުކަންވެސް ދިނީ ހަމަ މޮޔައެއް

      80
      3
  5. ކެޔޮޅު

    އެއީ ޤާނޫނީ ވަކީލެއްނޫން އެއީ ލާދީނީ ވަކީލެއް!!

    92
    2
  6. ސެލްފީނާ ސޯލިހް

    ނަމާދު ކުރާމީހުން ނަމާދުގަޑީގަ ކުރަން ދޫކޮއްލާ. ބައްދަލު ކުރަނީ އިންޑިޔާ އަދި ރާއްޖޭގެ ސްޕަރ މެޖޯރިޓީ، ވިސްނުންވެސް އެއްގޮތް. މައިނޯރިޓީ ގުދައް ތިބޭ، މިއީމިއަދުގެ ހާލަތް.

    37
    36
  7. ބުރުގާ

    މަގުރިބު ނަމާދާ އިޝާނަދާ ދޭތެރޭ އޮތް ގަޑި އިތުރުކުރަންވީ. އެނޫން ގޮތެއް ނެތް. ބަޔަކު ނޫޅޭ މިސްކިތައް ނޭރިގެނެއް.

    5
    73
    • ސެންޓޭ

      ބަޔަކު އެބައުޅޭތަ މޯދީގެ ތަގްރީރް އަދުނޭހިގެން ?

      47
      1
  8. ޢިއްޒަތެރި މެމްބަރު

    ފަސް ވަގުތު ވަގުތަށް މިސްކިތައް އަރާ ކިތައް މެމްބަރުން އުޅޭތޯ؟ އިއްޒަތްތެރި މަޖުލީހުގެ ޚުރުމަތް ކަޑާފާ މިހާރު އަނެއްކާ ތި އުޅެނީ ފިތުނަ ކުރަންތޯ؟ މަޤްރިބް ނަމާދުކޮށްގެން ތަޤްރީރު ނިންމާފައި އިޝާ ނަމާދު ކުރެވޭނެ.

    2
    40
  9. ބޭނުންވިގޮތް

    މީ ވާނުވާ ނޭނގޭ ސޮހޮލެއް..!!

    48
  10. އަޙްމަދު

    ދިވެހި ރާއްޖޭގެ ޤާނޫނު ހަދާ މަޖްލީހުގެ ގިނަމީހުންނަކީ ވެއްޓުނަސް އެމީހުންގެ ނިއްކުރި ބިމުގައި ނުޖެހޭ މީހުން. ކޮންމެ ގަޑިޔަކު އެޖަލްސާ ބޭއްވިޔަސް ނަމާދައް ދާންބޭނުން މީހަކު ދާނެ! މީގެ މައްސަލައަކީ ފާދިރީ މީހަކު އައިސް މަޖްލީހުގައި ވާހަކަ ދައްކާ އިރު އެކަން ހަމަޖައްސާގަޑި. އެނާއަށް އެގެންޖެހޭ ނަމާދު ގަޑީގައި ކަންކަން ނުކުރެވޭކަން! މިކަމަކީ ގަސްތުގައި ބަޔަކު މީހުން އަޑީގައި ތިބެގެން ކުރުވާކަމަކަށް ނުވާނެބާ!

    49
  11. ހަސަން

    އެވަގުތަކީ ޖިންނި ށައިތާނުން ބިމަށް ވެރިވާ ވަގުތު. އިންޑިއާމީހުން ނަކީ އެފަދަ އެއްޗެއްސަށް ތަބާ ވާމީހުން. ދިވެހިން ތަބާވާކަށް ނުޖެހޭނެ.

    56
    1
  12. މޮހަނު

    ސައުދީ ޢަރަބިއްޔާ އަކީ ނަމާދު ގަޑި އިޢުލާން ކުރާ ތަނެއް ނޫން ، ނަމާދު ގަޑި އަކީ ވަގުތު ކަނޑަ އެޅިފައިވާ ކަމެއް، ދެން އޮތީ ޖަމާޢަތުގައި ނަމާދު ކުރާގަޑި އެބަޔަކު އަމިއްލަ އަށް ލަސްކުރުން، އެއީ ނަމާދު ގަޑި ލަސްވަނީކީ ނޫން

    51
  13. ކޮއެފުޅު

    ނާޒިމް ސައްތާރު ބުންޏަސް އެއީ އެދެވޭ ގޮތް ސުންނަތުގައިވެސް..ނަބިއްޔާގެ ޒަމާނުގައިވެސް ޢިޝާނަމާދު ލަސްކުރާކަމުގައިވޭ..ބޭނުމަކީ ޢިޝާނަމާދު އޭގެ ވަގުތުގައި ކުރުން..ޢިޝާނަމާދުގެ ވަގުތަކީ ރަތްވިލާ އޮއްސުމަށްފަހު ރޭގަނޑު ދެބައިވުމާއި ހަމަޔަށް..އެކަމު ނާޒިމް ސައްތާރު އެހެން އެބުނީ އަމިއްލަ ފައިދާއަކަށް ނުވަތަ ޕާޓީގެ ފައިދާއަކަށް ކަމުން އޭގައި އެއްވެސް އިޚްލާސްތެރި ކަމެއް ނެތް..

    16
    9
  14. މޯދީ

    ކަލޭ ނަމާދުކުރަންތަ؟؟??

    16
  15. ލިން

    ވަގުތުގެ ތެރޭގަ ކޮންމެ ގަޑިއަކުވެސް ނަމާދު ކުރެވިދާނެ. ރަސޫލާގެ ހަޔާޔްޕުޅުގަވެސް ބައެއް ފަހަރު އެކި ނަމާދުތައް ކުރާގަޑި ލަސްކޮށް އަވަސްކޮށް ހައްދަވާފަ އެބަހުރި.. އެކަމު ވަގުތުގެ ތެރޭގަ ކޮށް ނިންމަންވާނެ.. ގިނަ ދިވެހިންނަށް ހީވަނީ މަމާދު ބަގުތަކީ ހަމައެކަނި ބަންގި ގޮވާ ވަގުތުން ވެށިގެން މިސްކިތުން ނަމާދުކޮށް ނިމުމާހަމައަށްކަށް.

    4
    23
  16. ނުރަބޯ

    ސުބްޙާނަﷲ. އާއިލާގެ އެންމެންވެސް ހަމައެއްގޮތް. ބޭބެ ކައިރީ ބުނެގެން އެރޭގެ މަޣްރިބުނަމާދާ އިޝާނަމާދު ނުކުރާ ގޮތަށް ހަމަޖައްސަންވީނު؟

    29
    2
  17. ޗާލު

    އެދުވަހު މަޣްރިބް އިޝާ ނަމާދު ނުކުރާގޮތަށް ސްޕަރމެޖޯރިޓީއިން ނިންމަންވީ. އިސްލާމިކް މިނިސްޓަރު މަޖްލިހުގައި އެދެންވީ މިހާރު، އެއިރުން ތިކަންވެސް ހަމަޖެހުނީނުން. މޯދީ މީކާކުތަ.

    13
    1
  18. ނަން ނުކިޔާ

    މޯދީ އެއީ މަމެންގެ ކަލާނގެ އެއްނޫން މަމެންނަށް ﷲ ދެއްވާ ޢުޤޫބާތެއްިިަަަިިަަަިިަަ މޯދީއށް ދުރުކުރެވޭނެތަ މަގޭއެންމެ ފަހުނޭވާ ދޫކުރަން ޖެހޭނީ ކޮންގަޑި ޔަކުކަން އެގޭނީ ކާކަށް އެހެންވީއިރު ވިސްނާ ތިބާޔަށްް މުހިއްމީ ނަމާދު މޯދީ އެއް ގޯދީއެއް ގެރިއެއް ބަކަރިޔެއް ނޫން ހޭއަރާ ވިސްނާ

  19. ދެބޯ ނާޒިން

    ނަމާދު ގަޑި ކަނޑައެޅީ ސައުދީންތަ؟ ސައުދީގެ ރަސްގެފާނަށްތަ އަހަރުމެން އަޅުކަން ކުރަނީ؟ ދެބޯ ބުރާންތިވެފައި ތިބޭ މީހުން ދައްކާ ކަހަލަ ވާހަކަ މިހުންނަނީ.