ގއ.ކަނޑުހުޅުދޫ ޒުވާނުން ނިކުމެ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހިފަހައްޓައިފިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވަނީ އެފަދަ ކަމެއް އެރަށުގައި ހިނގައިގެން އުޅޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ކަނޑުހުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ތިން މީހަކު ވެގެން ކަމަށެވެ.

"ޑިންގީއެއްގައި ތިން މީހުން އައިސް އެކަކު ފަރުމައްޗަށް ފޭބީ. އޭރު މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ޒުވާނުން ނިކުމެ ތިބީ ބަނދަރު މަތީގައި. ފަރުމައްޗަށް ފޭބި މީހާ މޫދުން އަންނަނިކޮށް ދިހަ ވަރަކަށް ފޫޓް ދުރުން އާންމުން ފެނިގެން އޭނާ ގެންގުޅުނު މަސްތުވާތަކެތި މޫދުގައި ވަޅުލާފައި ރަށަށް އެރީ." މައުލޫމާތު ދިން މީހަކު ބުންޏެވެ.

މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ބުރާސްފަތި ވިލޭރޭ ވެސް ކަނޑުހުޅުދޫ މީހުން ނިކުމެ ވަނީ ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ދިހަ މީހަކު ފުލުހުންނާއި ހަވާލު ކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަމަ

    ސާބަހޭ ކަނޑުހުޅުދޫ ޒުވާނުންނަން ތިޔަގޮތުގަ ތިބީމަ ރަށުމީހުންނަން ހަމަޖެހިލައިގެން އުޅެވޭނީ

    80
    5
  2. ކަލޯ

    ތިޔަކުރަނީ ބޭކާރުކަމެއް. ކޯޓު އަމުރާނުލާ ހައްޔަރުކުރުމަކީ ޣައިރު ޤާނޫނީ ހައްޔަރެކޯ އެމެން ތިޔަ އަތުލި އެއްވެސް ހެއްކެއް ބަލައެއްނުގަންނާނެޔޯ. އެވަރިހަމަ އެގިރައިގެން ބޯންތިއްބާ ފެނުނަސް.

    46
    6
  3. ކޮރަލް

    ރަށުން ބޭރުކޮށްލަން ވީއެވެ. ޑީޕޯޓް...

    50
    1
  4. ނަސްރާ

    ސާބަހޭ! ނަމޫނާ ރަށެއް..

    38
    2
  5. ރަހްމަތް

    ތިގޮތުގަ ސާބިތުވެތިބޭ.... ކަނޑުހުޅުދޫ ރައްޔިތުންނައް ސާބަސް...

    43
    2
  6. ބޮކި

    ފަރެސްމާތޮޑާގައި ތިކަހަލަ ތަކެތި ވިއްކާ ބޮޑުންނަކީ މިހާރު ބޯޓް ފަހަރު ދުއްވާ އަދި ލޯންޗުތަކާއި ފިހާރަތައް ގެންގުޅޭ ބައެއް.. އެރަށު ތިބޭ ފުލުހުންނާއި ރައްޔިތުންނަށް އެއީ ކޮންބައެއްކަން އެގޭއިރު އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލާ... ކަނޑުހުޅުދޫ ރައްޔިތުންގެ ފަރާތުން ފެނުނު ކަހަލަ ހިތްވަރެއް ގިނަ ރަށްތަކުގެ މީހުންގެ ކިބައިން ނުފެނޭ.

    37
  7. ޯޮިިގަައިސޫ

    ގުޅިގެން އެންމެން

    31
    1
  8. ކަނޑުހުޅުދޫ މީހާ

    ވިޒިޓް ކަނޑުހުޅުދޫ...

  9. Anonymous

    ތިގޮތަށް ހުރިހާ ރަށެއްގަޢި ޢަމަލު ކުރާނަމަ ކުށްކުރާ މީހުން ޖެހިލުންވާނެ

  10. ވިސާމް

    މި ރަށަކު މިރުހެއް ނުހައްދާ ދޯ؟