ހދ. ކުޅުދުފުއްޓަށް ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި އެރަށުގެ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެއެވެ.

ކުޅުދުއްފުއްޓަށް މިއަދު 12:49 ހާއިރު އައި ބާރުގަދަ އެ ކޮޅިގަނޑާއި، ގުޅިގެން މިހާތަނަށް ގެއްލުންވެގެން ތިން ގެއަކުން ވަނީ ރިޕޯޓްކޮށްފައެެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ބައެއް ގެތަކަށް ގެއްލުން ވެގެން ސިފައިންނާއި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރު އައި އެ ކޮޅިގަނޑުގައި އެރަށު ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ގެއްލުންތަކެއް ލިބުނުއިރު، އިތުރު ގެއެއްގެ ފުރާޅު އެއްލާލާފައިވެ އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ވައި ބާރުވެފައިވަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ.

އަދި މިކޮޅިގަނޑު ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، ހުޅަނގު، ހުޅަނގުއުތުރަށް ދަތުރުކޮށް ރާއްޖެ އާއި ދުރަށް ޖެހެމުންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީ254

    ކުޅިހިއްކީމަ ވީކަމެޢްތީ