މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވަމުންދާތީ ސިފައިންނާއި ފުލުހުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "އައިމާ8 ނަމަކަށް ކިޔާ 100 ފޫޓުގެ މި ދޯނި ދިޔަވެގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:51 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރަސްފަރު ހުރާއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ މި ދޯނި ދިޔަވާން ފެށީ ކ. ތުލުސްދޫ ހުޅަނގުން ހަ ނޯޓިކަލް މޭލު
ބެޭރުން ކަމަށެވެ. އަދި މި ދޯންޏަކީ ރިސޯޓްއިން ޖަމްބޯ ބޭގް އަދި ސިމެންތި އަރުވައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއްކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާރު މި ދޯނި ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ. އެމްްެއެންޑީއެފް އިން ވިދާޅުވީ، ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ޕަމްޕް ބޭނުންކޮށްގެން ކުރަމުން އަންނަ ކަމަށެވެ.
ދިޔަވި މި ދޯނީގައި ފަސް މީހުން ތިބިއިރު، އޭގެ ތެރެއިން ހަަތަރު މީހުންނަކީ ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނގޭ

    ތިދޯނި އަބަދުވެސް އޮންނަނީ ޕަންޕް ޖައްސާފަ ޕަންޕް ކަޑާލާފަ ހުންނަ ވަގުތެއްނާދޭ! ނިވުނީމަ.........ދެން ވިސްނާލާ!

  2. ވަޑި

    ރާއްޖޭގައި މިހާރު ލަކުދިން ދޯނިފަަރު ބަންނަނީ ވަރަށް ފެންވަރުދަށްކޮންނެވެ. ޢެހެންކަމުން މިފަދަ ހާދިސާތައް މުސްތަގުބަލުގަ ތަކުރާރުވުން ގިނަވާނެއެވެ.