އދ ގެ އަމާޒު ހުރީ އިދިކޮޅު ފަރާތް ތަކާއި ސަރުކާރު އެއް މޭޒަކަށް ގެނައުމަށް ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.

އިދިކޮޅު ޕާޓީތަކުގެ ބައެއް ބޭފުޅުން މިއަދުު ވިދާޅުވީ ސިޔާސީ ހަމަނުޖެހުން ހައްލުކުރަން، އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމުން މަސައްކަތްކުރަނީ ސަރުކާރާއި އިދިކޮޅުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން، އެންމެން އެއް މޭޒު ދޮށަކަށް ގެންނަން ކަމަށެވެ.
އދ.ގެ ޓީމުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އިދިކޮޅު ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެން މަންދޫބުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅަށް ކުރިމަތިކޮށްފައިވާ "ހާލަތު" ކިޔައިދީފައިވާއިރު އދ.ގެ ޓީމުން އިއްޔެ ވަނީ އިދިކޮޅު ޕާޓީތަކާއި ޖަލު ބަންދުގައި ތިބި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލުންނާ ބައްދަލުކޮށްފަ އެވެ.

ޖަލު ބަންދުގައި ތިބި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރުންތަކެއް ޖަލުގައި ބަންދުކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ވަނީ ކޮއްފައެވެ.

އަދި މީގެ އިތުރުން މަޖިލިސް ހުއްޓުވާލައި، ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން ހުރަސްއަޅާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކޮށް، އދ. ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮލިހިލާ

    އދ. އިން ބުނެގެން ނޫން ރާއްޖޭގައި އާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރަމުން ދަނީ މަމެން ޕިންކީން. އަލިފުދާލުން ބުނެގެން އަލިފުދާލުން ބޭނުންވި ކެންޑިޑޭޓަކަށް ނޫން ރައްޔިތުން ވޯޓް ދިނީ. އަލިފުދާލު ހޭރި ހޭރި އޮތްވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލި މީހުންގެ %85 ރައްޔިތުން ވޯޓް ދިނީ އެއީ މަމެން ޕިންކީން ރާއްޖޭގައި ވެރިކަން ކުރުމަށެވެ. ކަން މިހެން ހުރުމުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުބައި ހައްދަން އަޑީގައި ތިބެގެން އިންޑިއާ އާއި އެމެރިކާ އާއި އަދި އިނގިރޭސިން ވެގެން އަލިފުދާލާއި ގުޅިހެން ގެންނަން އުޅުނު ޖުޑިޝަރީ ކޫ އެމެންގެ އަތަށް ގޮވުމުން ދެން މިހާރު ސައި ވެގެން އަލިފުދާލުގެ ކުލަ ބަދަލު ކޮށްގެން މާ ރަނގަޅު ބަޔެއް ކަަމަށް ރައްޔިތުންނަށް ދެއްކެން އުޅޭނެ ކަމެއް ނެތޭ. އަލިފުދާލަކީ ތިޔާއީ ފީގުދާނެކެވެ. އަލިފުދާލު ދަގަ ރަންރީނދޫ ޓްވިޓަރޭ މެންނާއި އެކު ހުޅުދޫ ދިގު ފަރަށް ބޮލިހިލަން. ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ.

  2. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް އިނގޭތޭ ކަނޑުކޮހާ މިތާނގައިވަމުން ދާ ކަންކަން އަދި ވާން އުޅޭ ގޮތެއް. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. އިނގޭތޭ ނޭނގޭދޯ. ދެން ސީލަބަލަ. ސީލާ ސީލާ ސީލާ..

  3. ހީރޯސް

    އެމެން ރަންރީނދޫ ޓްވިޓަރޭ މެން ނޭޅޭނެއޭ ބުނި ބްރިޖް ވެސް މިއޮށް އެޅި ނިމި ބޭނުން ކުރަން ފަށަނީއޭ. އެމެން ނޭޅޭނެއޭ ބުނި ފްލެޓްސް ތައް ވެސް އަޅާ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް 15 ހާސް ފްލެޓްސް ތައް ވެސް ދީ ނިންމާ އެފަދަ ލިޔުން ތައް ވެސް ހަވާލު ކުރަނީ އޭ. ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ވަނީ އެވެ. އައި ނޯ ޔޫ ހިއަރ މީ ނައު ވީއާރ އިން ޑިފެރެންޓް ކައިންޑް ނައު. ވީ ކުޑް ބީ ހީރޯސް މީ އެން ޔޫ.

  4. އަބްދުއްލާ

    އެއްމޭޒަކަށް ގެނައުމުގެ ބޭނުމެއްނެތް .ސިޔާސީ މީހުން ކުރާ ކުށްތަކަށް ސަރީއަތުންދޭ އަދަބު ގަބޫލު ނުކުރާމީހުން ބޭރުގައުމުތަކުން ބަލައިނުގަތުމުން ހުރިހާކަމެއް ހަމަ މަގަށް އެޅޭނެ. މިހާރު ތިޔަ ހުރިހާކަމެއް ހަލާކު ކުރަނީ އދ އާ އީޔޫ .ކުށްކުރާ ސިޔާސީ މީހުން ސާފު މީހުނަށް ހަދަން މަސައްކަތް ކުރުމަކީ ގައުމުގާ ހަމަނުޖެހުން އިތުރުވެ ކުށްކުރާމީހުން އިތުރުވާކަމެއް. ވެރިކަމާ ކުރިމަތިލެވެންވާނީ ސާފު މާޒީއެއް އޮތްމީހަކަށް މާނަޔަކީ އެއްވެސްކަހަލަ ކޯޓް ހުކުމެއްވެސް އަދި ޕޮލިހުން އެރެސްޓް ނުކުރާ ސާފު މީހަކުނަމަ.