ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.
ވޯލްޑް ބޭންކުން ހަމާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގައެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 6.1 ޕަސެންޓްގައެވެ. 2020 އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ސައުތު އޭޝިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ސަރަހައްދެވެ.
މި ކުރިއެރުން ދިގު ރާސްތާއަށް ހިފެހެއްޓުމަށްޓަކައި އެކްސްޕޯޓް ކުރާ މިންވަރު ހުރިހާ ގައުމަކުން ވެސް އިތުރުކުރަންޖެހޭ ކަމަށް އެ ބޭންކުން ބުނެއެވެ.
ސައުތު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނީ އިންޑިޔާ އާއި ބަންގްލަދޭޝްއެވެ.
އިންޑިޔާގެ އިގްތިސާދީ ދުވެލި 7.5 ޕަސެންޓްގައި ކުރިއަށް އޮތް ތިން އަހަރު ހިފެހެއްޓިފައިވާ އިރު ބަންގްލަދޭޝްގެ އިގްތިސާދީ ދުވެލި އެވްރެޖްކޮށް ހުންނާނީ ހަތް ޕަސެންޓްގަ އެވެ.
މީގެ އިތުރުން، ނޭޕާލްގެ އިގްތިސާދީ ދުވެލި އެވްރެޖްކޮށް ހަ ޕަސެންޓުގައި ހުރިއިރު ބޫޓާންގެ އިގްތިސާދީ ދުވެލި ހުންނާނީ ރާއްޖެއާ އެއް ހަމައެއްގައެވެ. ޕާކިސްތާނުގެ އިގްތިސާދީ ދުވެލި ހަތަރު ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ އިރު އަފްގާނިސްތާނާއި ސްރީލަންކާގެ އިގްތިސާދީ ދުވެލި އެވްރެޖުކޮށް ހުންނާނީ ތިން ޕަސެންޓުގައެވެ.
އަދިވެސް ނެތް ފެންވަރުން ރިކަރެންޓް ޚަރަދުކޮށްފަ ބަހައްޓާ. އިންޑިއާގަ ފަޤީރު ކުދީންނަށް ކާންދޭހެން ނާސްތާއާ ފަޅޮލާ ސްކޫލްތަކަށްދީ ނުވިތާކަށް ވިހެއުމުންދޭ ޗުއްޓީ ދީފަ، ބަދަލުގަ ވަގުތީ މުވައްޒަފުންނަގާ ދައުލަތް ބަނގުރޫޓް ކޮށްލާ.
އިރާދަކުރެއްވީތީ މިދިޔައަހަރު ގައުމު ހިންގަންހުރީ އިގްތިސާދީ މާހިރެއް، އެހެންވެ ގައުމުގެ އިގްތިސާދީ ދުވެލި އެހާ ރަނގަޅުވީ.
ޥޯލްޑް ބޭންކުން ބުންޏަސް ޢެޖެންޑާ19 އާއި ޖެހުނީމާ ތިޔަ ދުވެލިކުޅި ދައްކާނެ
ކުޅިއެއް ނޫން ދެއްކޭނީ. ކުޅި ކުޅެވޭނީ ކަލޭމެނަށް
ދެން ރައްއިތުން ފެލަންނުކުމޭ ޓެކްސްނަގަން އޭރުންވެސް ފަހަރެއްގައި ރަގަޅުވެދާނެކައްނޭނގެ
ޙީވާގޮތުން ކަންކުތަންނޭނގޭބަޔަކައް ވެރިކަންދިނީމާވެސް ވެދާނެ މިކަހަލަ ކަމެެއް މަކުއްވެރިޖުރާނި ރައްއިތުން މިކަހަލަކަންތަކާ ނުވިސްނާ ވޯޓްދޭމިން