32 ބްލެޓް މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރޭ މެންދަމު 01:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، ހުޅުމާލޭގައި މިމީހާ ދިރިއުޅޭ ފްލެޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 32 ބުލެޓް ފެނިފައިވާ ކަަމަށް ވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

ނަމަވެސް އެތަކެތީގެ ބަރުދަނެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ފުލުހުން ހިންގާ ތަފާތު އޮޕަރޭޝަންތަކުގައި އަތުލައި ގަންނަ މަސްތުވާތަކެތީގެ މިންވަރު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލިބެ

    ދޫކޮށްލައިފި. މި ސުރުޚީލިޔަން ތައްޔާރުވޭ.

    14
    1
  2. ނުއަގުގަ

    ކަލޯ އަވަހަށް ދޫކޮށްލާ ތީ ހިމާޔަތް ކޮށްފަ ތިބި ކުދިން ސަރުކާރުން މަހަކު އެކުދިނނަށް 20000 ރ މުސާރަދޭ ދެންކީއްކުރަންކޯޓްތަކުން ސާބިތެއް ނުވާނެ ޖައްބާރު ފަޑިޔާރުން ތިބޭނީ

    3
    1
  3. މީން

    އަދި މިވީހާތަނަށް މަސްތުވާތަކެތިކަމަށް ޔަޤީންކުރެވިފަވޭބާ؟! އަބަދުވެސް ޝައްކުކުރެވެނީ..

  4. ަަަލޮލް

    ސާބިތެެއް ނުވާނެ އަވަހައް ދޫކޮއްލާ.ކީއްކުރަން ކުރާ ބޭކާރު މަސައްކަތެއްހޭ ހިތައްއަރާ

  5. އަހްމަދު

    'ބްލެޓް' އަށް ދިވެހި ނަމެއް ނެތްތަ؟

  6. ޕީޖޭ

    ސާބަސް ފުުލުހުންނަށް