ނައިބު ރައީސް ފައިސަލް ނަސީމްއާއެކު އެމްޑީޕީގެ އިސްވެރިންތަކެއް މިއަދު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.

އެމްޑީޕީން މިއަދު ބުނީ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދެެވެނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާއި އެކުގައިވާކަން ހާމަކުރުމަށްޓަކައި ޕާޓީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޕީޖީ ގްރޫޕް ލަންކާއަށް ވަޑައިގެންފައިވާކަމަށެވެ. އަދި މި ދަތުރުފުޅުގައި ނައިބްރައިސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީ އިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ އިތުރުން ކެބިނެޓްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަފްދެއް ލަންކާ އަށް ވަޑައިގެން ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވާނެ ކަމަށެވެ. މިއީ އެމްޑީޕީ އާއި ލަންކާ އާއި ދެމެދު އޮންނަ ގުޅުން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމަށް އެމްޑީޕީ އިން ބުނެއެވެ. ރަސްމިއްޔާތު އޮންނާނީ ޖޫން 15 ގައެވެ.

މިދަތުރުގެ އެއް ބޭނުމަކީ ލަންކާ އަށް ދިން ހަމަލާއަށް ފަހު މިހާރު އެހީ ރައްކާތެރި އަމާން ގައުމެއްކަން ދުނިޔެއަށް ދައްކައި ދިނުން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވވ

    ލާރިހުރީތީ ތަޅާ ބުރުވަނި ފަގީރުން ގެ ހަލަތު ހައްތަހާ ދަށަށް.

    25
  2. ޢޭސީން

    މީގެ އެއް ހަފުތާ ކުރިން އަހަރެންގެ ބުރުގާ އެންމެންގެ ކުރިމަތީގައި ޞލާ ހުތުރު ބަހުންސިފައިންގެ ކަނބަލަކު އަހަރެންނާއި މުހާތަބު ކޮށްފައިވޭ... މިފަދަ ކިތަންމެ ކަމެއް ދިވެހި ރައްޔިތުންނާއި މެސު ކުރެވެމުންދާ ތަނަކަށް މިގޮތަށް ދިޔުމަކީ ނިކަމެތި ރައްޔިތުންގެ މޫނުމަތީގައި އެތިފަހަރެއްޖެހުންފަދަ ކަމެއް...

    33
  3. މުހަންމަދު.

    ދިވެހިންނަށް ދިން ދެރަ ކޮބާ؟

    27
  4. އައްޑޫ މީހާ

    ދައުލަތުގެ ބަޖެޓު ހުސްކުރަން ކުރާނެ ކަމެއް ނެތިގެން ފައިސާކޮޅު ރާބޮއެ ނައިޓް ކްލަބް ތަކަށް އަޅާލާފަ އާދޭ ތިހެން ފަސްއަހަރު ދުއްވާލީމަ ވެރިކަން ކުރެވިފަ އެއޮތީ ޝުކުރިއްޔާ

    40
  5. ޭރަސީދު

    ނައިބްރައީސް ހާދަނިކަމެތިކޮއް.މިފެންނަނީ

    14
  6. އިބްރާ

    ރާޢްޖޭގައި ތިބެގެން ސިޔާސީ ހަރަކާތްތަށް ނުހިންގޭތީ މީގެކުރީން ލަންކާއަށް މިބައިގަނޑު ދިޔައީ ކަމަށްބުނީ. މިހާރު ރާއްޖޭގައި ތިބެގެން ކޮންކަމެއް ނުހިންގޭތީތޯ މުޅިބައިގަނޑު އެއްކޮށް ލަންކާއަށް ގޮސްތިޔަ ދައުލަތް ހުސްކުރަނީ.

    19
  7. ޒަބާދުކުޑޭ

    ފައިސަލްނަސީމާއެކު އެމްޑީޕީ މީހުން ދިޔައީކީނޫން. އެމްޑީޕީ މީހުނާއެކު ފައިސަލް ނަސީމު ދިޔައީ.

    20
  8. ބޮޑުދުފާ

    ފައިސަލް އެމްޑީޕީއަށް ސޮއިކުރުމުގެ ވަގުތު ކުޑަތަންވަނީ.