މާލޭގައި ހަދަމުުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް މަގުމައްޗަށް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ.

ހަދަމުންދާ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމަކީ އާއްމު ކަމެކެވެ. މައުލޫމާތު ލިބޭގޮތުގައި، މާލޭގައި ހަދަމުންދާ އިމާރާތަކުން މިއަދު މަގުމައްޗަށް ވެއްޓިފައި ވަނީ ކޮންކްރީޓް ގޮޅިއެކެވެ.

އެ ހޮޅި ބިންމައްޗަށް ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މިއީ މާލޭގެ ކިހާ ހިސާބެއްގައި ހިނގި ހާދިސާއެއްކަން އަދި ޔަގީނެއް ނޫނެވެ.

މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮއިމަލާ ހިނގުމުގައި ހަދަމުންދާ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން 10 ފޫޓު ހުރި ދަގަނޑު ހޮޅިއެއް މަގުމައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:20 ހާއިރު ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި، އެ ދަގަނޑު ހޮޅި ވެއްޓި ގެއްލުންވެފައި ވަނީ ޕާކްކޮށްފައި ހުރި ހަތަރު ސައިކަލަކަށެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާއާ ގުޅޭ މައުލޫމާތު ހައުސިންގ މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލްއާއިވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

މާލެ ސިޓީގައި ހަދަމުންދާ އިމާރާތްތަކުންނާއި، މީހުން ދިރިއުޅެމުން އަންނަ އިމާރަތްތަކުން ތަކެތި ވެއްޓުމުގެ ހާދިސާތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިކަން ހުއްޓުވުމަށް ސަރުކާރާއި ކަމާއި ބެހޭ މުވައްސަސާތަކުން ފިޔަވަޅުތައް އަޅަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޅުގަނޑު

    އަލްހަމްދު ލިﷲ މީހަކަށް ގެއްލުމެއް ނުވިކަން.. އެކަމް ނުރައްކާ ތިކަން އިންޝާﷲ އަވަހަށް ހައްލުކޮށްދިނުމަށް އެދެނީ

  2. ޖަވާހިރު

    ތީދެން މިހާރު ބޮޑުވެއްޖެ ކަމެއް. ނަސީބެއްނޫން މީހެއްގެ ގައިގައި ނުޖެހުނުކަން. ތި މަސައްކަތް ތިކުރަނީ ނިދީގައިތަ؟ނުވަތަ ހަމަހޭގަތަ؟. ޜަނގަޅަށް ވެއްޖެއްޔާ ތިވާނީ ބަންގާޅީންނަށް މުސާރަ ނުދޭތީ ޖެއްސުމަށް ކުރާކަމެއް. ނޫނީ ތި ބަންގާޅީން ދިވެހީން މަރާހުސްކޮށްލާފަ ބަންގާޅީން މިގައުމަށް ވެރިވެގަންނަން ކަންނޭނގޭ ތިއުޅެނީ. ތިމިހުން ވ ބޮލުގެ އެއްޗެހި ހަދާނެ.