ރާއްޖެއިން ބޭރަށް ހަނގުރާމަ ކުރަން ގޮސްފައިވާ ދިވެހިން އަލުން އަނބުރާ ރާއްޖެ ގެންނަން ބޭނުން ނުވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ނައިބު ރައީސް އާއި ނަޝީދު ސްރީލަންކާ އަށް ވަޑައިގެން އެ ގައުމުގެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރުގަ ތިބި ދިވެހިން ތިބި ތަނާއި ކުރާ ކަންކަން އިނގޭ ކަމަށާއި، އެ މީހުން ރާއްޖެއަށް އަނބުރާ ގެންނަން ބޭނުން ނުވާ ކަމަށެވެ.

ސީރިއާގައި ތިބި މީހުންގެ އަދަދުތަކުގައި ތަފާތުތަކެއް އުޅޭ ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ސީރިއާގައި 160 ވަރަކަށް ދިވެހިން ތިބޭނެ ކަމަށެވެ. އޭގެ ތެރެއިން 30 ނުވަތަ 40 ވަރަކަށް ކުޑަކުދިން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ކަންބޮޑު ވުމަކީ މި ހަނގުރާމައިގައި ހައްޔަރުވެފައި ތިބި ކުޑަކުދިން. ގިނަ ކުދިން ނިސްބަތްވާ ގައުމެއްވެސް ސީދާ ބަޔާންކުރާކަށް ނޭނގޭ. ބައެއް ފަރާތްތަކުން ވިދާޅުވެފައިވަނީ އެކުދިންނަކީ ދިވެހި ފިރިހެނުން ނޫނީ ސީރިޔާ ފިރިހެނުންނަށް ވިހާފައިވާ ކުދިންކަމަށް” ނަޝީދު ވިދާޅުވިއެވެ.

ސިރިޔާގައި ތިބި ރެފިއުޖީ ދިވެހިން އަނބުރާ ގެނައުމަކީ ބައިނަލްއަގުވާމީ ގޮތުން މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ މީހުން ތިބި ހާލުގައި އަނބުރާ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަަބަބަކީ އެ މީހުން އުޅުނު ހާލެއް ނޭނގޭ ކަމަށާއި އަދި އެ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަން ނޭގޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީމ އެމީހުން އެނބުރި ގައުމަށް އެންމެ ފުރަތަމަ ނުދެވޭނެ ގޮތަކަށް ބައިނަލްއަގްވާމީ ހައްލެއް ހަމަޖެހެން ބޭނުންވާ ކަމަށެވެ، އެގޮތުން ކޮންމެވެސް އެހެން ތަނަކަށް އެމީހުން ފުރަތަމަ ފޮނުވޭނެ ގޮތެއް ހަމަ ޖައްސައި، ދުނިޔޭގެ ސަރުކާރުތަކުން މި ވާހަކަ ދައްކަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ފަހީމްބެ

  ކޮންމެވެސް މީހަކު މީނަ ގާތު ބުނެބަލަ މީނާވަނީ 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދީފަޔޭ މިހާރު އޭގެ ފަހުން 2 ރައީސްން ވެރިކަން ކޮށް ރައީސް އަކަށް މިހާރު ހުރީ އިބޫ ޢޭ

  118
  12
 2. ޙުސެން

  މި މުސީބާތުން ސަލާމަތް ކުރައްވާ މީނަގެ ދުލުގެ ނުބައި ކަމުން މިގައުމު ސަލާމަތް ކުރައްވާން ދޭ އާމީން

  142
  21
 3. ޥާފިރު

  މިގައުމުގެ އިއްފަތްތެރިކަން މީނާ ފޭރިގަނެފި

  117
  15
 4. ބުޅާ

  މިކަލޭގެ ކަނޑު ފައްތަންވީ. ދިވެހިންނަށް ހުރި ބޮޑު ނުރައްކަލެއް. އަދި ޔަހޫދީ ޕަޕެޓެއް

  107
  14
 5. ގައްޑާބެ

  މިގައުމުގައި ވެރިކަން ކުރަނީ މިކަލޭގެ ތަ؟ ޏުވަތަ ސޯލިހު ތަ؟ ނޭނގުނު ، އޮޅިއްޖެ ، ކަލޯ މިރާއްޖޭގެ ރައްޔިތުން ވޯޓް ދިނީ ސޯ އަށް ކަލެއަކަށް ނޫން ، ކުޑާކޮށް މައިތިރިވޭ ޗިޔަހެން އުޅެނިކޮށް އަނގަވަތަށް ވެއްޓުން ގާތް ، ކަލޯ ސަރުކާރެއް ރައްޔިތުން ތަކެއް ހޮވަނީ ، ތަފާތު ކުރުމެއ ނެތި ހެވާއި ލާބަޔަށް ، ބަލަނގަ ހަނގުރާމަޔަށް ދިޔައީ ދިވެހީން ، މޯދީ އެއް ނޫން އެހެން ވި އިރު ހިމާޔަތް ލިބެން ޖެހޭނެ ، ކުށެއް ކުރެވިދާނެ މި ވެސް އިންސާނުން .....

  106
  14
 6. ލާދީނީ

  ސީރިއާ އަށްދާ ހިސާބުން އޭނަގެ ހުރިހާ ހައްގެއް ގެއްލޭނެ، އެކަމަކު ކިތައްމެ ވަރަކަށް ގަންޖާބުޔަސް އެއްވެސް މައްސަލައެއް ނޫން.
  އެއްޖިންސު- ލާދީނީ އޯކޭ.
  ސީރިއާއަށްދާ މީހަކަށް ވީމާ ތައުބާއެއްވެސް ނޯންނާނެތާ.
  ދީނީކަންކަމުގައި ހައްދުފަހަނައެޅުން ހުއްޓުވުމަށް މަސައްކަތް އަބަދުމިކުރެވެނީ. ޖަޒީރާ ރާއްޖޭގައި ލާދީނީ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރަނީ ކީއްވެ.

  92
  15
  • ކޮރު ރަދުން

   ރަސޫލުކަމަށް ދަޢުވާކުރި އަންހެނާއަށް މިޤައުމުގަ މިނިވަންކަމާއެކު އުޅެވެންޏާ އެމީހުންނަށްވެސް އުޅެވެންޖެހޭނެ

   11
 7. ގަންޖާ ހަރާމް

  ކީއްވެބާ ދިވެހި ގައުމުގެ ނަމުގައި މިގައުމު ބަދުނާމު ކުރަނީ. ތިބުނާ ނާމާން ގައުމަށް އެނބުރި އައިސް ދެއުޅިއެއްނުވާ ރުވައިބިޟާއިންގެ ވެރިޔަކަށްހުރޭ.
  ހަދީސުން ސާބިތުވާ ޒަމާނެއްގައި މިތިބީ.

  65
  8
  • ހަސަން އިމާދުއްދީން 9ވަނަ

   އެމީހުން ކުރި ކުށަށްވުރެ ނަޝީސުއާ ސިއްކަ ފެމިލީ މިޤައުމަށް ޢައްދާރުވީވަރު ކުޑައެއނޫން. އެކަމަކު ދައުލަތުގެ ހަރަދުގަ މި ދެބައިގަނޑު އަހަރެމެންގެ ޓެކްސް ފައިސާ ބަނޑުއަޅައިގެން ތިބެ މި ދައްކާ ވާހަކަ. މަ އަންތަރީސް ވެއްޖެ

 8. އަހުމަދު

  އެބިންތަކުގައި ހާލުގައިއުޅޭ އެންމެހާ ދިވެހިންނާއި އެންމެންތަކުންނަށް ކެތްތެރިކަން ދެއްވާށި.....

  88
  10
 9. އަންނި ކުއްތާ

  ބުނަންތަ؟ ކަލެއާއި، ނަތަންޔާހޫ، ޓުރަންޕް، މޯދީ އަދި މުސްލިމުންނާއި، އިސްލާމް ދީނާއި ދެކޮޅު ހުރިހާ އެންމެންނަށް ބުނަން އޮތީ ، ތި ގޮލައިން ކިތަންމެ ނުރުހުނަސް،އަދި ސީރިޔާގަ ތިބި މީހުން ނުގެނަޔަސް، މި ޤައުމުގައި އިސްލާމް ކަންމަތީ ތިބި ޒުވާނުން އުތުރި އަރާ ކަލެ އާއި ކަލެއަށް ތަބައަވާ ލާދީނީ ބައިގަނޑު ވެރިކަމުން ބާލާނަން. ﷲގެ ވާގިފުޅާއި އެކު.

  94
  6
 10. ހަމްޕު

  އިސްތިއުފާ ދީފަ ފައިބާފަ ހުރި ފެއިލްޑު މީހަކު ކޮން އަނގައެއްތަ ތިޔަ އަރުވަނީ..

  80
  7
  • އަދި ވަގުތުނުޖެހޭތީ

   ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ އަންނައަހަރުގެ 7 ފެބްރުއަރީގެ ކުރިން އިސްތިއުފާ ދިނުމުގެ ކަންތައްތައް މިހާރު އެބަހަމަޖެހޭ.

   33
   1
 11. އަންނި

  މީ އާބިދާގެ އެކަނި ގައުމެއް

  54
  6
 12. ކައްޕިތާން

  މިހާރު ކިޔާއެއްޗެއް ދިމަލެއް ނުވޭ 400 ދިވެހި އަންހެނުން ކޮންމެވެސް ކަމެއް ސީރިޔާގައި ކުރާވާހަކަ މަޖްލިސް އިންތިހާބުގައި ދެއްކި ވީޑިއޮތައް އެއޮތީ ޔޫޓިޔުބުގާ އަޑުއެހުމުގެ ގާބިލްކަން ހުރިބަޔަކް ރިޕީޓްކޮއް އަޑުއައްސަވާ ވަރައްވެދުން މިއޮތީވާ ކަމެއް އެމީހަކައް ދައްކަވަން ހުރިކަމެއްދައްކަވާފައި މަރުގަންނަވާނީ

  21
  1
 13. ޢަބްދުﷲ

  އަދާކުރައްވާ މަޤާމުގެ ޤާނޫނީ ޙައިސިއްޔަތު ތަންނުދޭ އަދި ދައުލަތުގެ ފަރާތުން ނުކުރެވޭނެ ކަމެއްގެ ވާހަކަ ތިޔަބުނީވެސް،

  18
  1
 14. ސޮންޏޭ

  ބުއްޅަ ބެޔަށް އެތާތިބި މީހުންގެ ހާލުނޭގުނަކަސް އެއަންހެން ވެރިވިހޭއިރު ފާއިލާކޮޅު ގަހުން ނަކަމަށް ބުނާމީހަކަށް އެގޭނެތާ އެއީ ކޮންކޮން ބަޔެއް ގެ ދަރިންނެއް ކަން

  37
  4
 15. ޑާޑާޑާޑާ

  ހަނގުރާމާގައި ބައިވެރިވާ ދިވެހިން އަނބުރާ ގެންނާކަށް ބޭނުމެއް ނޫން ކަމަށް ކެނެރީގެ ނަޝީދު އެކަނި ނޫން މަމެން ވެސް ބޭނުމެއް ނޫނޭ އެއީ ސަރުކާރުން ހުއްދަ ދީގެން އެމެން ދާ ހަނގުރާމަ ތަކެއް ނޫނޭ ދެން އެހެންވީއިރުން ޓެކްސްޕޭޔަރ މަނީން ޚަރަދު ކޮށްގެން އެމެން ގެންނާން ނުޖެހޭނެއޭ އެމެން ސީރިއާ އަށް ހަނގުރާމަ އަށް ދަނީ ފައިސާގެ ދަހިވެތި ކަމުގައޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  5
  12
 16. ޗާއްލު

  ނަޝީދަކަސް ސޯލިހަކަސް މިގައުމާ މިގައުމުގެ ރައްޔިތުން ބަދުނާމުކޮށް ތިޔަޖަހާސަކަރާތްގަނޑު ހުއްޓާލާ!!
  ޢަހަރުމެން ގައުމާއިފަސްގަނޑު އަދިމިގައުމުގެ މިނިވަންކަމާ އިސްތިގުލާލް އަދިވެސް މީގެއެތައްސަތޭކަ އަހަރެއްގެކުރިން މިގައުމުގެރައްޔިތުން ބަލައިގަނެ އެދީނެއްދެކެލޯބިވާ މާތްވެގެންވާ އިސްލާމްދީން ، ތިޔަކަހަލަ ފަރަންޖީންގެއައުވާނުން ނައްތުރެ މާމުހިންމު. ތިޔަނޫނީ އަމިއްލައުފަންގައުމުގެ އަބުރާއިއްޒަތް ވެއްޔާމޮޑެލި އަދިގައުމުގެ އަގުވައްޓާލި ރައްޔިތަކުނޫޅޭނެ. ދެރައީ ރައްޔިތުންނޭ ކައްޓަލައޭ ފަޅޮލޭ ކިޔާގެން އަނގަފޭކުރާތީ.

  20
  2
 17. ޢލީ

  އަހަރުމެން ބޭނުމެއްނެއް ކަލޭ ގެންނާކައް ވެސް ތިހުރި ތާގައި ދެން ހުރޭ

  26
  1
 18. ނުރަބޯ

  ރައީސް ސޯލިހު ސިއްރުން މިކަލޭގެ އާއި ވެރިކަން ހަވާލު ކުރީބާ.....؟

  21
  1
 19. ހުސެން

  ނާ ހަމަ ތެދެއް ،އެމީހުން ފޮނުވި މީހާތާ އެމީހުން ނުގެންނާނީ ދޯ ،އެތަނަށް ދިޔަ މީހުންގެ އަދަދާއި ކުދިންނާއި ވިހޭ ކުދިންނާއި ހުވަފަތް ވީ ކަނބަލުންގެ އަދަދު އެގެނީ ހަމަ އެކަނި މި ރައީސްއަށް މިއީ އަރަތެއް ނޫންތޯ

  18
  1
 20. ދދދދދ

  ކަލޭ ތީ އައިސިސް އަށް މީހުން ރެކްރޫޓް ކުރާ މީހެކޭ އަބަދުވެސް މަ ބުނަމޭ. މަށަށް އެނގޭތީއޭ މަ އެހެން ބުނަނީ.

  20
  1
 21. ބަލަ

  ބަލަ ސީރިޔާ ފިރިހެނަކަސް ޖަރުމަނު ފިރިހެނަކަސް އިތިއޯޕިއާ ފިރިހެނަކަސް ދިވެހި އަންހެނެއްގެ ބަނޑުން އުފަންވިނަމަ އެއީ ހަމަ ދިވެހި ދަރިއެއް. ޢެވަރު ނޭންގޭތޯ؟

  30
  2
 22. ސަންތި

  ހާޑިމްހަމް ވެސް ގެންނާކަށް ބޭނުމެއްނޫން!

 23. ވަލު ކުއްތާ އަންނި

  ފިރުއައުނާއި ހާމާނު ވެސް ބަނީ އިސްރާއީލަށް އުފަންވާ ހުރީހާ ފިރިހެން ކުދިން ޤަތުލުކޮށް އުޅުނު. އެކަމަކު މޫސާގެފާނު ޤަތުލެއް ނުކުރެވުނު. އެކަލޭގެފާނު ބަލާ ބޮޑުކުރަން ޖެހުނީވެސް ގަނޑުވަރުގައި. ކަލޭމެން ކިތަންމެ ވަރަކަށް އިސްލާމް ދީން މިޤައުމުން ފޮހެލަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ.މި ޤައުމުގައި ތިބި ދީން ދެކެ ލޯބިވާ މީހުންތިބީ ސީރިޔާގަ އެއް ނޫން. ކަލޭމެން ހީނުކުރާ ވަރުގެ މަންޒަރެއް ދައްކަފާނަން. މިސްކިތްތަކަށް އަރާނަމަ އެނގޭނެ ދީންދެކެ ލޯބިވާ ޒުވާނުން ތިބި ވަރު. އަދި ވަގުތު ނުޖެހޭތީވެ މަޑުންތިިބި ވާހަކަވެސް ބުނެލަން.

 24. ލީނޯ

  އޭނާވެސް އެޖެންޑާތައް ރާވާނެ، އަހަރުމެންވެސް އެޖެންޑާތައް އެބަ ރާވަމުއެވެ. އިންޝަﷲ ނަޝީދުގެ ނުބައިވެގެންވާ އެޖެންޑާތައް އަހަރުމެން ފޮހެލާނަން.

 25. ޝަމްއާން

  އެމީހުން ދިޔައީ އެހެން ގައުމެއްގެ ރައްޔިތުން މަރަންވެގެން..އަދި އެހެން ގައުމެއްގެ އާއިލާތަކެއް ނުހަނު ލޯތްބާއި އުފާވެރިކަމާއިއެކު ބިނާ ކޮއްފަ ދިރިއުޅެމުންދިޔަ ގެދޮރުތަކެއް ފޭރިގެން އެތަންތާގަ ދިރިއުޅެ އެގައުމުގެ ރައްޔިތުން މަރަމުން އެގައުމުގެ ބިނާތައް ސުންނާފަތި ކުރަން. މިފަދަ ކަމެއް ކުރަން ކެރިއްޖެބަޔަކު މި މުޖުތަމައުއައް އަނބުރާ ގެނެވިގެންނުވާނެ.

 26. ޔަގީން

  އަމިއްލައަށް ފިލައިގެންދިޔަ ބަޔަކު އަމިއްލައަށް އެނބުރި އަނނަން ދޫކޮއްލާ. ތީ އެއްމެ ރަނގަޅުގޮޠް

  2
  4