މޯލްޑިވިއަންގެ ފްލައިޓެއް ތެރޭގައި ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހާ ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރި މޯލްޑިވިއަން ފުލައިޓު ތެރޭ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ޒުވާން އަންހެން މީހާ ވަނީ އެދުވަހު މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ އޭނާ ހައްޔަރު ނުކުރާ ކަމަށާއި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.

ޖިންސީ ފުރައްސާރަ އާއި ކުރިމަތިވި ޒުވާނާ ބުނިގޮތުގައި، އޭނާ މާލެ އިން އައްޑުއަށް ކުރި ދަތުރުގައި މަތިންދާ ބޯޓު ތެރޭގައި ދަތުރު ފެށިފަހުން ދަތުރު ނިމެންދެން އިންޑިއާ މީހާ ޖިންސީ ފުރައްސާރަ ކުރިއެވެ.

ފްލައިޓް ތެރޭގައި ދިމާވި ހާދިސާ ތަފްސީލްކޮށްދެމުން އޭނާ ބުނީ، އިންޑިއާ މީހަކީ ފްލައިޓްގައި އޭނާ އާއި ޖެހިގެން ކުރިއަށް ހުރި ޝީޓުގައި އިން މީހެއް ކަމަށާއި، ފްލައިޓަށް އަރާ، ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސަންދެން އެ މީހާ އޭނާއަށް އެކި ގޮތްގޮތުން ފުރައްސާ ކުރަމުން ދިޔަ ކަމަށެވެ.

އެގޮތުން ފަހަތަށް އެނބުރި އޭނާއާ ދިމާލަށް ބަލައި، ޖިންސީ ފުރައްސާކޮށް، ފޯނުންވެސް ބަދުއަޙުލާޤީ މަންޒަރުތައް ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި އަނގައިންނާއި އަތުންވެސް ޖިންސީ ކަންކަމަށް ހިތްވަރުދޭގޮތަށް އޭނާ ކަންތައް ކުރި ކަމަށާއި، އެކަން ހުއްޓާލަން އެދުނު ނަމަވެސް އޭނާ އެކަން ކުރަމުންދިޔަކަމަށެވެ.

ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެކެވެ.

އިންޑިއާ މީހެއްގެ ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ދިވެއްސަކަށް ޖެހުނު އިރު އިންޑިއާ އަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމުގައި ހައްދުފަހަނައަޅާފައި އޮތް ގައުމެކެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމާއި، ފުރައްސާރަ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވެފައި ވީނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރު ކުރަމުން ނުގެންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފޮނިދޫނި

    އިންޑިޔާމީހުން ހައްޔަރެއް ނުކުރެވޭނެ

    43
    2
  2. ބަފާބެ

    ކުރިންވެސް ބުނިހެން މައި ސަރުކާރުން ނައަންގަނީސް ހައްޔަރެއްނުކުރެވޭނެ! އަޅުވެތިވެފަ މިތިބީ!

    43
  3. ާއާޠިފް

    މޯދީ ރުޅިއަންނާނެ .. އިންޑިޔާއިން ދޭން ކިޔާ ހަދިޔާ މަދުވާނެ

    39
  4. ދިވެއްސެއް

    ބުނަންވާހަކައެއް...... ދިވެހިންނޭ!!!! މިކަލޭގެ ހޯދާފަ މިކަލޭގެއްށް ރަނގަޅު ފިލާވަޅެއް ދޭންފެނޭ، ނޫނީ މިގައުމުގަ އުޅޭ އިންޑިއާ ނަސްލުގެ އާލާތުންނަށް ވަރަށް ބޮޑަށް ހިޖުރަ އޮޅޭނެކަން ޝައަކެއްވެސް ނެތް.
    މި ސަރުކާރު އިންޑިއާއަށް ސަޖިދަ ޖެހިކަމުގައި ވިޔަސް އަހަރެމެން ނުޖެހޭ މިހިސާބަށް ދިޔާމަ ބަލަންތިބޭކަށެށް. ހަމަ ދިވެހި މީހަކު ވައްކަންކުރީމަ މަގުމަތީ ގަންހިންގަންކެރެންޔާ މި ގޮތެއްފޮތެއްނެތް ކަލޭގެއަށް ހޭއަރުވާލެވެން ޖެހޭނެ. މީގެކުރިންވެސް ދިވެހި އަންހެނަކާ ބެހިގެން ރައްޔިތުން ނުކުމެ އަތުޖެހުނު ބިދޭސީއަކު ފިލުވާލި. އެކަމު މިއަދު ...... ލަދުންބޯހަލާކު. ކާބަފައިންނަށް ކޮންމޫނެއް ދައްކާނީ.....

    54
  5. ބަކަރި

    ފިރިހެނުންނަށް ކުރާ ޖިންސީފުރަށްސާރަ ކޮބާ؟

    6
    17
  6. ހެޔޮބަސް

    އިންޑިއާމީހަކު ކުރިކަމެއްވީމާ ގޯސްކަމަކަށް ނުވަނީކަންނޭގެ ނޫނީ ދެގައުމުގެގުޅުން މިހާބަދަހި
    އިރު އެގުޅުމަށް ބުރުލެއްއަރާފާނެތީވެ އިންޑިއާ މީހާ ހައްޔަރުނުރަނީކަންނޭގެގޯސްކަމެއް ގޯސްވާނެ
    އިންޑިއާނޫން އެހެންގައުމެއްގެމީހަކުކުރިކަމުގައިވިއަސް ދެގައުމުގެގުޅުމަށްބަލާ ގޯސްކަމެއް ނުވަތަ
    އަނިޔާވެރިކަމެއް ކަމަކަށް ނުހަދާނަމަ ބެލެވެނީ މިހާރު ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގައި
    ވާކަން އަހަރެންމީ ދިވެއްސެއް ވީމާ، ހަގުރާމަކޮށްގެންވެސް އިންޑިއާގެ އަޅުވެތިކަމުގެދަށުވާކަށް
    ބޭނުމެއްނޫން އަހަރެންފަދަ ދިވެހި އެތަށްދަރިންނެތް ތިބޭނެ ( ޢަލިތަކުރުފާނާ ބޮޑުތަކުރުފާނުގެ
    ޢިބްރަތްލިބޭ )

    27
  7. ގޯނާ

    އިންޑިޔާ މީހުން ކޮއްމެ ކަމެއް ރާއްޖޭގައިކުރިޔަސް ބަންދެއް ނުކުރެވޭނެ. ފާޅުގަ އަންހެންކުދިންނަށް އެމީހުން އެއައްވުރެބޮޑެތި އަނިޔާކުރިޔަސް މިހާރުކުރާނެ ކަމެއްނޯންނާނެ. ޤައުމުވަނީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގައި. ﷲ މިގައުމު ސަލާމަތްކުރައްވާށި. އާނީން.

    43
  8. އަރޭ

    ކޮންމެ މައްސަލައެއްގަ މީހާ ހައްޔަރުކުރަން ޖެހޭތަ؟

    18
  9. ޢަލީ

    އިންޑިއާ މީހުން ހައްޔަރެެއްނުކުރެވޭނެ ސިފަިން ލަލަލަލަލަލަލަަަަަަަަ

    5
    1
  10. ޑަރޯގާ

    ތަމެއްނަކައް ނޭގޭތަ ގެރި ހާމުދުރޭ އައިސް ވަރައް ގިނަކަންތައްތައް ކޮށްދޭން ބުނިކަމައް ވަނީ އެވެސް ފިއަވަހި ތަކަކައް ބަހާލައިގެނޯ ތިއަ ފެށުނި ފުރަތަމަ ފިއަވަހި ދެވަނަ ފިއަވަހީގަ އޮތީ ބަގުވާނު ފެންވެރުވުމޯ

  11. ޙުއްދަ

    ތިވާނީ ހުއްދަނަގައިގެން ކުރިކަމަކައް. އިންޑިއާ މީހުންނަ މިގައުމުގަ ކަންކަން ކުރާކައް މިހާރު ކެރޭނެ