ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރު ކުރާ އެއް މައްސަލަ އަކީ އޭނާ ރަސްމީ މަސައްކަތަށް ނުކުންނަވާތީ އެމައްސަލައިގައި ބަޔާން ނެގުމަށް ކަމަށް ޖޭއެސްސީ އިން ވިދާޅުވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވީނަމަވެސް އެނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީ އެވެ.
އޭގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައަކީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާ މައްސަލައިގައި ވެސް އޭނާގެ ބަޔާން ނެގުމަށް ވަނީ ނިންމާފައެވެ. އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ވެސް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
އެ ދެ މައްސަލާގެ ތަހުގީގު ކުރުމުގެ މަރުހަލާއިން ތިން މެންބަރަކު ވަނީ ތަނާޒަލްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހުމަދާއި ލަތީފާ ގާސިމެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މީގެ އިިރުކޮޅެއް ކުރިން ވަނީ ޖޭއެސްސީ އަށް ހާޒިރުވެ ވަޑައިގެންފައެވެ.
ކިހާބޮޑުކަމެއް ފުލުހުންނައްބޭނުންވާބަޔާންވެސްނަގަންޖެހެނީ ކަލޭމެނައްތަ ތިއޮތީހުރިހާބާރެއް ރަނގަޅައްވަކިވެފަ