ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލް ކުރަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ނިންމައި، އެކަަން އެގޮތަށް އެ ކޯޓުގައި ދަންނަވަން ޖޭއެސްސީ އިން މިރޭ ނިންމައިފި އެވެ

އެގޮތައް ނިންމި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އޭނާ އެގޮތައް ވޯޓެއް ނުދެއްވައެވެ.

ނުވަ މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އަގްލަބިއްޔަތުން ނިންމާފައިވަނީ ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ޖަވާބުދާރީވުމަށް އެ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ފޮނުވުމަށާއި އެ މައްސަލައަކީ އެ ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ކޯޓުގައި ދަންނަވާށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.

"ޖޭއެސްސީގެ އެ ބައްދަލުވުމުގައި ކޮމިޝަންގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައި އަމުރެއް ކަމަށް ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބުއްޔަތުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ގާނޫނު އަސާސީގެ ބޭރުން ނިންމާފައިވާ ނިންމުމެއް،" އަމުރުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުރޯ

    ސްޕްރީމްކޯޓުން އެއްވެސް ކަމެއްނުބެލާނެ ކަމަށް އެހެން ފަރާތަކުން ކަނޑައެޅިދާނެތަ ؟

    33
    1
    • މަބުނާނީ

      އެހެހެންވެސް ކަނޑައެޅިދާނެ އެކަމަކު މުޅިދުނިޔޭގެއެހެން ގައުމުތަކާޚިލާފައް ޖެހޭނީ ގާނޫން އަސާސީ ބަދަލުކުރަން. އަނެއްސަބަބަކީ ކޮންމެކަމެއްވެސް ކުރަން މިތިބީ އިންސާނުން ކަމައްވެފަ މިދުނިޔެއަކީ އެއިންސާނުން ހަމަބުއްދިންނާއި ނަހަމަބުއްދިން ކުރާކަންކަމައްވާކަން. ޔަގީންވާކަމަކީ ނަހަމަ ގޮތުގައިކުރިކަމަކުން ރަންގަޅެއްނުނިކުންނާނެކަމާ ހަމަޔާއިންސާފާއި އަދުލުވެރިކަމާއި އެކުﷲއަށް ބިރުވެތިވެ އީމާން ކަމާއި އިޚްލާސްތެރިކަމާއިއެކު ކުރިކޮންމެކަމަެއްގެ ނަތީޖާ ރަންގަޅުވާނެކަން.

  2. Anonymous

    މިހާރު މިގައުމުގެ ސްޕްރީމްކޯޓުގެ އެއްވެސް ބޭނުމެއް ނެތް، ހިތާމައިގެ ކޮޅެއްނެތް،

    40
    1
  3. ބުސްރީ

    މިހާރު އަންނި ބުނަނީ ތިމަންނަޔޭމީ ގާނޫނުއަސާސީޔަކީ މިއޮތީ ރައްޔިތުން ބޯންއުޅުނު ބޮންޑިބޮވިފަ

    40
    2
  4. ޖހފ

    ދުސްތޫރީ ނިޡާމާއި ދެންހުރި ނިޒާމަތައް ގިރައިގެން ބޮއެގެން މަޖިލީހުގަ ތިބި ގާނޫނި ވަކީލުންތަކެއް ކޮބައިތަ

    30
  5. ޖހގ

    އިބުރަތް ހާސިލް ކުރަން ނުވޭ ދޯ އަދިވެސް. 2012 ގަވެސް ވެއްޓުނީ ފަނޑިޔާރެއްގަ އަޅައިގަނެގެން. އެވެސް އަބްދުލާ ޑީީޑީއެއް. 2019 ގަވެސް ފަނޑިޔާރެއްގސ އަޅައިގަނެގެން މިއުޅެނީ އެވެސް އަބްދުއްލާޑީޑީއެއް

    33
  6. Anonymous

    ރީންދޫ ގާނޫންއަސާސީގަ އޮންނަނީ ދައުލަތުގެ ތިންބާރުން ކުރެ އެންފަހުބަސް ބުނާބާރަކީ ސކ ބަދަލުގަ ޖޭއެސްސީ އެވެ.. އޯރ ރ.ސޯލިއެވެ.

    6
    1
  7. އިންސާނާ

    ބައެއްފަހަރައް ވިދާޅުވާތީ އަޑުއިވޭ އެމްމެ ފަހުބަސް ބުނާފަރާތަކީ ސުޕްރީމް ކޯޓޭ އެކަމަކު އެއީވެސް މުޅިއަކުން ރަނގަޅުވާހަކައެއްނޫންކަންތާ މިއެނގެނީ

    9
    1
  8. އިންސާނާ

    މިއަހަރު ފުރަތަމަ 6 މަސްދުވަހު ފަހުބަސްބުނާބަޔަކީ ޖޭއެސްސީ