އެމްޑީޕީގެ ކޮމާންޑަރުގެ ނަމުން މަޝްއޫރު އާދަމް މޫސާ (އާދަމްބެ) ނިޔާވެއްޖެއެވެ.

އާދަމްބެ ނިޔާވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު އިންޑިއާގެ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އާދަމްބެއަކީ އެމްޑީޕީގެ އެއްވުން ތަކުގައި ކޮމާންޑަރެއްގެ ޔުނީފޯމެއްގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އޭނާ އެއްވުންތަކުގެ ބައިވެރިންނަށް ހިތްވަރުދީ، ލަވަކިޔައެވެ. އެހެންކަމުން އެމްޑީޕީ މެންބަރުންގެ މެދުގައި އާދަމްބެ އަކީ ވަރަށް މަގުބޫލު މީހެކެވެ.

އާދަމްބެ ނިޔާވުމުން އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާއްމު ގިނަ މެންބަރުން ގެންދަނީ މީސް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

އާދަމްބެ ނިޔާވެފައި ވަނީ ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުންނެވެ. އޭނާ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ވެސް ހާލުދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އައިސް

    އަންހެނުން ނާ ފިރިހެނުން މަސްހުނި ކޮށް އެއް ކުރުމަށް މަސައްކަތް ކުރުން ވިޔާނުދާ ކަމެއް...

    49
    4
  2. ރަށްދު

    10 ދުވަހަށް ސަރުކާރު ބަންދު ކޮއްފަ ބައިދަނޑިއަށް ދިދަ ތިރިކުރަންފެނެ

    54
    10
  3. އަހުމަދު

    ކޮންމެ މީހަކީ ވެސް ކިތަންމެ ވަރު ގަދަ ވެގެން އުޅުނަސް މިބިންމަތީގައި ނިމިގެން ދާނެ މީހެއް މީނާ ވެސް މަގުމަތީގައި މީޙުންނާއި ދިމާއަށް ހުތުރު ބަހުން އަޑުގަދަ ކޮށް ހަޅޭއްލަވާ ހެދި މިއަދު އެދިޔައީ މިދުނިޔެއާއިވަކިވެގެން މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި... މީނާގެ ފަހަތުުން ހިނގި އެކަކު މިއަދުވެސް ހޮސްޕިޓަލުގައި ފައިބިންދައިގެން ގޮސް ގެން އަބައޮތް ... އެންމެން ވެސް އުޅުން އިސްލާހު ކުރޭ މިއަދު މަރުވި އިރު އެދުވަހު މީނާގެ ފަހަތުން ހިނގި އަކަކަށް ވެސް ޖަނާޒާގައި ބައިވެރި އެއް ނުވެވުނު... ﷲގެ ކުޅަދުން ވަންތަކަން ދެކެ ބަލާށެވެ.

    72
    4
    • މަންނު

      އިބްރަތްލިބިދާނީ ވިސްނާފިކުރު ކުރާނަމަ. ދުނިޔަވީ ކަންކަމުގަ އަވަދިވާ ބަޔަކަށް އެވަރެއްނުވިސްނޭނެ.

      38
  4. ގަނީ

    ނަޝީދު އަކީވެސް އިންސާނެއް. ނިޔާވީމަ ޕާޓީގެ ބޭނުމެއް ނޯންނާނެ

    59
    3
    • ނޫޑުލްސް

      ޔާމިނު ވެސް، ކަލޭ ވެސް މަވެސް ނިޔާވެގެންދާނެ.

      29
      2
  5. ނަވްފަލް

    ތިމީހެއްގެ ނިމުން ހުރިގޮތް ދެނެވޮޑިގެންވަނީ ﷲ......ސުބުހާނަﷲ މިއަޅާއާއި މިއަޅާގެ ދަރިފަސްކޮޅު ކާފަރުންގެ ފަލްސަފާތަކާއި ސިސްޓަމްތަކުން ސަލާމަތްކުރައްވާށި....އާމީން....

    74
  6. ަަަޮަަަ

    އެމްޑޕީގެ އެކަކަށް ވެސް އާދަމްބެ ކައިރިޔަށް ޒިޔާރަތް ކޮައްލަން ކެރުނުބާ!!!!

    63
    4
    • ހޮހަޅަ

      ކެމްޕޭން ތެރޭގަ ނާމަ ދާނެކަން ޔަގީން

      45
      1
  7. އަހްމަދުބިންސައީދު

    އެމްޑީޕީގެ ޖަޑިބު އަވަހާރަވެއްޖެ. މަރުހޫމުގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވާށި.

    40
    4
  8. ސްޕްރީމް ކޯޓު

    އަޅަމެންގެ އަހާގެ ފާފަފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށެ ޔާﷲ އާމީން

    55
    2
  9. ދޮނާ

    ތިމާގެ ނަސީބު އަރާ ހުއްޓަސް މި ދުބިޔޭގައި ދުވަސް ކޮޅަކަށް
    ކިތަންމެ ނިވައި ތަނެއްގައިވެސް ޙަޔާތުގެ ބައްތި ނިވިދާނޭ.
    ﷲ އަށް ބިރުވެތިވޭ! ހެޔޮ ޢަމަލު ގިނަކުރޭ!

    36
  10. ޢަލީ

    އެމްޓީޕީގެ ނިމުން ފެންނަނީތާ!!!

    24
    9
  11. އެމްޑީ

    މިމީހާ މިއަދުމިއޮތީ ނިކަމެތިވެ ފަސްގަނޑުގެ ދަށުވެފަ މިމީހާނަމޫނާޔަކަށް ނުބެލުމަށްް ރީނދޫ ކުދިންނަށް އިލްތިމާސް ކުރަން ﷲ މިމަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ އާމީން.

    18
    1