ދިވެހިރާއްޖޭގެ ތާރީޚްގައި ކޯޓަކުން ނެރުނު އެންމެ އާދަޔާއި ހިލާފު ކޯޓު އަމުރު ކަމަށްވާ މިދިޔަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ޑްރާފްޓް ކުރީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު މީސް މީޑިއާގައި ލީކް ވެފައިވާ އަބްދުﷲ ސައީދުގެ އޯޑިއޯއެއްގައި އޭނާ ވިދާޅުވީ "އެއަމުރު އެހެން މީހަކު ޑްރާފްޓް ކުރި ނަމަ ހަމައެއް ނުޖެހޭނެ" ކަމަށެވެ.
"އެހެންވީމާ އަލީ ހަމީދަށްތާ އެނގޭނީ. މިކަހަލަ އެއްޗެއް އަޅުގަނޑު ޑްރާފްޓެއް ނުކުރާނަން ދަންނަ މީހަކު ލައްވާ ނޫނީ މިހާރު ޝޯޓް ޓައިމެއްގެ ތެރޭގައި. އެމީހުން (ކޮންބައެއްކަން ވިދާޅެއް ނުވޭ) ބުނި ގޮތައް ޙުކުމް ޑްރާފްޓް ކުރާނެ ގޮތް ކިޔާ ދިނީ ހަމީދު. ޑްރާފްޓް ކުރީ އަލީ ހަމީދު. އަލީ ހަމީދު ކުރީމައެއްނު ފޫނުބެދޭ ގޮތައް ނެތީ. އެހެން މީހަކު ކުރި ނަމަ ފޫނުބެދޭނެ. އަޅުގަނޑު ބޭނުމެއް ނޫން އަމިއްލައަށް ލިޔާކަށް." އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް ދެބޭފުޅުންގެ މައްޗަށް ވަނީ ބައެއް މައްސަލަތަކުގައި ޙުކުމް އިއްވާފައެވެ. އަދިވެސް އެބޭފުޅުން ގެންދަވަނީ އެޙުކުމްތައް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މިހާރު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ތިއްބަވައިގެންނެވެ.
ލީކްވެފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ ފެބްރުއަރީ 01 ގެ އަމުރު ނެރުމުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނާނެ ފުރުސަތު އޭރުގެ ރައީސް ޔާމީނަށް ލިބިވަޑައި ނުގެންނެވި ކަމަށެވެ.
ސަލާމަތް ވެވެން ހުރި ހުރިހާ ދޮރެއް ޔާމީނަށް ބަންދުވީ ސުޕްރީމް ކޯޓުން ދޫކުރި "ހިބަރު ވަދެއްގައި" ޔާމީން ޖެހިވަޑައިގެންނެވުމުން ކަމަށް އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެއެވެ.
"އަބްދުﷲ ޝާހިދު ބުންޏެއްނު ހިބަރު ވަދެއްގައި ޖެހިފައޭ. ހިބަރު ވަދުގައި ޖެއްސީ އަޅުގަނޑުމެން،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ "ޔާމީން ކައިރިން ސަލާމަތްނުވާނެ ކަން އަޅުގަނޑަށް އެނގޭ" ކަމަށެވެ. "ޔާމީނަށް ބޮނޑި ނުދެވިއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނެ. އެހެންވީމާ މި ފަސް މީހުން ހިބަރު ވަލުގައި ޖައްސާފައި ބައިތިއްބަން ޖެހޭނީ. ސޮއި ވެސް ކޮށްފަތާ އަމުރު ނެރުނީ." އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ލައްވާ އެއަމުރުގައި ސޮއި ކުރުވީ އެބޭފުޅުން ވެސް "ހިބަރު ވަލުގައި ޖައްސަން" ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސޮއި ނުކޮށް ވެސް އަމުރު ނެރުނު ނޯންތޯ މީހަކު ސުވާލު ކުރާ އަޑު އޯޑިއޯގައި އިވެއެވެ. ޖަވާބުގައި އަބްދުﷲ ސައީދު ވިދާޅުވަނީ އަމުރު ނެރެން ޖެހޭ ގޮތަކީ އެއީ ކަމަށެވެ.
އަމުރު ނެރުމުން މެންބަރުތަކެއް އޭނާ އާއި ބައްދަލު ކުރަން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެބޭފުޅުންނާއި ބައްދަލު ނުކުރެއްވީ ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން ދައުވާ ކުރި ގިނަ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް ސަރުކާރު ބަދަލުވުމުން ވަނީ އަނބުރާ ގެނެސްފައެވެ.
އެއަމުރު ފުލެއްނުބެދެޔޭ. ނިންމާ ތަންފީޒު ކުރެވެމުންދާ މައްސަލެއްގެ ހުކުމް ބާތިލް ނުކޮށް ދޫކޮށްލަން އަމުރުކުރުމަކީ އެޅުނުޅައެތި. އެއީ ފޫނުބެދޭ ތަނަކީ.
ހެޔޮވާނީ ކިނެއް، ހެއްދެވި ފަރާތް ގަންދެއްވާ ހުވާކޮއްގެން ތިބެމެ، އާރާބާރު ހޯދަން ތިމެންނަގެ އުޚުތާއަށް ދޭނިކަމެތިކަން، ގައުމު ފަސާދަކުރަން އެކުރި ހުވާމަތީގަ ތިބެމެ، ސުބުޙާނައްލާހި، ހުރި ހަލާކެއްގެ ބޮޑުކަމާއެވެ،
ހެއްދެވި ފަރާތެއް ހަނދާންވާނީ ހެއްދެވި ފަރާތެއް ވާކަމާއި އެފަރާތުގެ ކުޅަދުންވަންތަ ކަން ގަބޫލު ކުރާ ބަޔަކަށް. ތިޔަ ސައީދު ފެބް 1 ގެ ހުކުން ނެރުނީ އެހުކުމުން ތިމަންނަގެ މަގާމު ދިފާއު ކުރެވޭނެ ކަމަށް ޔަގީންކޮށް ގެން. އެކަމަކު އެހުކުމް ވެގެން މިދިޔައީ ތިޔަ ސައީދު އޮރިޔާން ކުރުވު އެއްޗެކަށް، އަމިއްލަ އެދުމުން ފޯވެފާ ހުރިވަރު އެއްމެންނަށް އެގިގެން ދިޔަ ހުކުމަކަށް.
އެހެންވީމަ ދޯ ރާއްޖެ ޓީވީން ޖަގިޔަލު ސީރަތު ނުގެނެސް ދެނީ މިހާރު
ބައެއްގެ ހިތުގައި އަމިއްލައެދުން މާބޮޑުވެއްޖެއްޔާ ފޫބެދޭހެނެއް އެއްކަމެއްވެސް ނުކުރެވޭނެ
ކަލޭމެން ހިންގި ކަންތަށް ﷲ ހަޒިރަތުގައި ވާނީ މާފުރިހަމަޔަށް ޑްރާފްޓް ކުރެވިފައި އެދުވަހުން އަދުލުވެރި ޝަރީއަތް ހިނގާގޮތް ފެނިގެންދާނެ.
"ހިބަރު ވަދު ގަޑު ' 1 2 އަމުރު !
ޕިސްޕިސް... އަންތަރީސް ވެއްޖެ. ލަދުހަޔާތްކުޑަ ބައެއްތާއެއް. ޔާމިން ކިހާ ރަގަޅު. ޔާމީނު ގައުމަށްބަހައްޓާ ގަދަރާއި ތަރއްގީފެނިފަ އިދިކޮޅުން ފަނޑިޔާރުން ރީތިގޮތަށް ގަނެލީ. ރައްޔިތުންނަށް ކިހާބޮޑު ގެއްލުމެއް. ޒިންމާ ނަގަންޖެހޭނީ ތި ދެނފަނޑިޔާރުން. މިގައުމަށް ސްޕްރީމްކޯތެއް ބޭނުމެއްނުވޭ.
އެހެންވެދޯ އެއްވެސް ޝަރީޢަތަކާނުލާ ހިތައްއެރިގޮތަކައް އަމުރުނެރުނީ އެއިރުހިތަކައްނާރާދޯ އަމިއްލައައްމިބެދެނީމަޅިއެއްގަކަމެއް
ފަނޑިޔާރުކަމުގެ މަގާމުން އިސްތިޢުފާ ދޭންޖެހުނު ގަމާރު ޢަބްދުﷲސަޢީދަކަށް އޮޅުޅުނީބާއޭ ހީވޭ. ރައީސް ޔާމީން ވެރިކަމުގެ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިއޭ!!!! 2011ގައި ގޮނޑިދޫކުރި ރައީސް ފަދައިން ދައުރުގެ މެދުތެރެއިން ޔާމީން އިސްތިޢުފާ އެއްނުދެއްވައޭ!!! ޔާމީން ދޫކޮށްފައި އޮތް ހިބަރުވަދުގައި ޖެހި ސަލާމަތްނުވެ، ފަނޑިޔާރު މަގާމުން އިސްތިއުފާ ދީފައި ގޭބަންދުގައި ހުންނަން މިޖެހުނީވެސް މިފަނޑިޔާރަށް. މޮޔަ ނުގޮވާ ނުހުރެވުނީދޯ. މާރިޔާ ދައްތަގެ ވެދުން ހިބަރުވަދަށް. ލޮލް!!!!
"ޔާމީނަށް ބޮނޑި ނުދެވިއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނެ. އެހެންވީމާ މި ފަސް މީހުން ހިބަރު ވަލުގައި ޖައްސާފައި ބައިތިއްބަން ޖެހޭނީ. ސޮއި ވެސް ކޮށްފަތާ އަމުރު ނެރުނީ." މިމީހާ މީ ހަމަ މިހާ ނުބައި މީހެއްތަ؟ އަންތަރީސް ވެއްޖެ. ޔާމީނަށް ބޮނޑި ދެވިގެން މިހާރު ތިހިރީ އުއްތަމަ ފަނޑިޔާރަކަށްތަ؟ ހަގީގަތަކީ ޔާމީނަކަށް ނޫން ބޮނޑި ތިދެވުނީ. ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް. ތިކަންކަމަށް ޖަވާބުދާރީވެ އަގު އަދާކުރަން ޖެހޭ ދުވަސް އަންނާނެ. ހަމަ ގައިމުވެސް މަގޭ ހައްގުން ޒައްރެއްގެ މިންވަރުވެސް ކަނޑާކަށް ނެތިން.
މީ ސޭކު ސައީދަށް ލިބުނު ބޮނޑި ކުޑަ؟ އުއްތަމަ ފަނޑިޔާރުކަން ކުރަން ގިފިލި ތެރޭގަ ބެންޗެއް ބަހައްޓައިގެން އެޔަށް އަރާ މަދިރި ތަކަށް އިންސާފުކުރަން ހުރޭ. އެއީ ތިކަހަލަ ކޮރު ސިކުނޑި ތަކަށް ހައްގު ބެންޗް
އެ އަމުރު ހަމައެއް ނުޖެހޭ ، އެއް މައްސަލައެއްގަ ހުކުމްކޮށްފަ ތިބި އެއްބަޔަކު ދޫކޮށްލަން އަމުރުކޮށްފަ ،އަނެއް ބައެއްގެ މަތިން ހަނދާނެއް ވެސް ނެތް ، އަދިވެސް ބައިވަރު ކަންތައް ، އަމިއްލައަށް ތި ބޭޒާރު ވަނީ ،އަންނި ބުނެގެން ކަލޭމެން ހިންގި ޖަރީމާ އެއް އެއީ ، ތި ވާހަކަ ތަކުން ވެސް އެނގޭނީ ކަލޭމެންގެ ހުރި ގޮތެއްފޮތެއް ނެތްކަން
މިކަލޭގެ މިހިރީބޯގޮވާފަ
ދިވެހިގައުމުގެ ކަރާމަތާ އިސްތިގުލާލު ނަގާލެވޭނީ މިހާވަރައް..ކޮންމެވެސް ކުއްޖަކު އަމުރު ތަންފީޒު ނުކޮއްގެން ދުވި ގެރި އައް މިވާހަކަ ކިޔައިދީބަލަ.
މީ ހާދަނުލަފާ މީހެކޭ. މީހުރިހާ ނުބަޔަކީވެސް
މަޖިލިސް މެމްބަރުންވެސް ހިމެނޭގޮތުުން ސިޔާސީ ބޮޑުބޮޑެތިންގެ މައްޗަށް އިންސާފުވެރި ތަހުގީގެއް ހިންގައިފިނަމަ ހިބަރު ވަދުގަ ނުޖެހޭނެ އެކަކުވެސް ސިޔާސީ މައިދާނަކު ނުހުންނާނެ.
ހިބަރު ވަދުގެ ޖެހުނު ލިސްޓަށް އަބްދުއްﷲ ސައީދު އިތުރު ނުވޭތޯ...؟
އަސްލު ހިބަރު ވަދު ގައިޖެހު ނީ 5 ގާޒީން
ތިއީ މިއަދު ﷲ ގެ ޙަޟްރަތުގައިވެސް ތިގޮތަށް ގަދަބަސްބުނެވެނެބާ މިގައުމުގައި އެއްމެތަންދޮރު ނުދަންނަ ކުއްޖާއަށް އަހަރެމެން ކިޔާދިން ފިލަވަޅެއްގައި ބުނެދިނީމު ރާއްޖޭގެ ތާރީޚުގައި ޕޯޗްގީޒުންނަށް ވެރިކަން ހޯދަދޭން މަސައްކަތްކުރި ދެމީހެއްގެ ވަހަކަ އަދި އެދެމީހުންނަށް ކަންތައްވެގެން ދިޔަގޮތް މިއަދުވެސް އެކުދިން އެކަން ޤަބޫލުކުރޭ އެކަމު ﷲ ގެ މަގުގައި ޙުކުމް ނެރެން މާތްﷲ ގަންދީހުވާކޮށްގެންތިބި މިގައުމުގެ އެއްމެމަތީ ފަޑިޔާރުންނަށް އެކަން ނުވިސްނުނީތީ ދެރަވެ ހިތާމަކުރަން ތިވެރިންނަށް ދުވަހެއްގެކޮޅުންވެސް މިގައުމުގެ ޖުޑިޝަރީއާއި ކީކުރަންތޯ ރަޢިޔަތުންގެ ކަމަކާއި ބަސްނުކިޔޭ ހަމަޔަށް ދުރުކުރައްވާށި
ކީކޭ އަޅެ ފަހެ ބުނާނީ؟ މީ އުއްތަމަ ފަނޑިޔާރާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު! މި ވަރު ބަޔަކަށް ކިހިނެތް ޤައުމުގެ އަދުލު އިންސާފު ޤާއިމް ކުރާނީ! މި ވެރިން ޖެހޭނީ ހަމަ ސަރީއަތް ކޮށްފަ، ދޭން ޖެހޭ އެންމެ ބޮޑު އަދަބު ދޭން، އެއީ ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލާފަ ވަނީ މި ވެރިން ވެގެން! ސައީދު ލަދު އެއްކިބާގަ ބާއްވާފަ، ބިރު ގަނޭ ބާވެއޭ ހިތަށް އަރާތަ އަޅެ ފަހެ!