ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ޝުކޫރުއާއި ގުޅޭގޮތުން ހުށަހެޅިފައިވާ ހަތަރު ޝަކުވާއެއް ބަލަމުން އަންނަ ކަމަށެވެ. އަދި މި ހަތަރު ޝަކުވާ ބެލުމަށް ކޮމިޝަނުން ނިންމާފައިވާކަމަށާއި، އަދި ޝުކޫރުއާ ގުޅޭގޮތުން އިތުރު ޝަކުވާއެއް މިވަގުތު ތަހުގީގު ކުރަމުންދާކަމަށް ޒަހީން ވިދާޅުވިއެވެ.

"އެހެންވީމަ ޖުމްލަ އެބޭފުޅާގެ ފަސް ޝަކުވާއެއް އެބަދަން އަޅުގަނޑުމެން މިވަގުތު ތަހުގީގު ކުރަމުން". ޒަހީން ވިދާޅުވިއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭ އިތުރު ތިން މައްސަލައެއް ބެލުމަށް ވެސް މިއަދު ނިންމާފައިވާކަމަށާއި، ކ. ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޖިބް އަހުމަދުއާ ބެހޭ އިތުރު މައްސަަލަތަކެއް ބަލަން ނިންމާފައިވާކަމަށް ޒަހީން ވިދާޅުވިއެވެ.

ރާގިބް އާއި ބެހޭގޮތުން އަށް ޝަކުވާއެއް އެ ކޮމިޝަނުން ބަލަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ހަމަ ހިނި އަންނަނީ ހުވާ މިބުނީ

  2. ޤަބުރު

    ޥަގެއް

    2
    2