ރާއްޖޭގެ އިގްތިސާދަށް މުހިއްމު މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެފި އެވެެ.

އެ މިނިސްޓްރީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ ގުޅީފަޅު ބަނދަރު ތަރައްގީ ކުރުމުން ރާޢްޖޭގެ މުޅި އިގްތިސާދަށް ހެޔޮ އަސަރުތައް ފޯރާނެ ކަމަށާއި އެގޮތުން ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމުގެ މަޝްރޫއަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

"ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމުގެ މަޝްރޫއަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް. އެބަނދަރު ތަރައްގީ ކުރުމުން ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެން ދާނެ" ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިގްތިސާދަށް ވެސް އޭގެ ހެޔޮ އަސަރުތައް ފޯރާނެ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އިޔާދު ވިދާޅުވީ އިގްތިސާދަށް ބޭނުންވާ ޒަމާނީ ފެންވަރު ބަނދަރެއް ގުޅީފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ އެ ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން ކަމަށާއި މި މަޝްރޫއުގެ ދަށުން މިވަގުތު ކުރާ މައިގަނޑު މަސައްކަތަކީ އެކަމަށް ބޭނުންވާ ކޮލްސަލްޓެންޓެއް އައްޔަން ކުރުމުގެ މަސައްކަތް ކަމަށެވެ.

އިޔާދު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި މި މަޝްރޫގެ ކޮންސަލްޓަންޓު އައްޔަނުކޮށް ކޮންސަލްޓެންޓުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޫމާން

    ތިޔައީ ރައީސް ޔާމީން ޕްލޭންކޮށް ހުރިހާ ކުރެހުމެއްވެސްނިންމާ ފަންޑުވެސް ހަމަޖެހިފައިވާ ކަމެއް! ރައީސް ޔާމީން މިއަދު ރައީސް ކަމުގައިހުރިނަމަ ތިޔަ މަޝްރޫޢުވެސް ވިލިގިލި މާލެ ގުޅިފަޅު ތިލަފަޅު ބްރިޖުން ގުޅާލުންވެސް އޮތީހީ މިހާރު ފެށިފަ! އެ ހުރިހާ ޕްލޭންތައްވެސް އޮތީ ކޮށް ނިންމާފަ!

  2. ހޮޅި

    ކަލޭގެ އަނގަ