ބޮލީވުޑްގެ މަޝްހޫރޫ ލަވަކިޔުންތެރިޔާ އަދި ޑައިރެކްޓަރ ހިމޭޝް ރޭޝަމިޔާ އިން ކާރު އެކްސިޑެންޓް ވެއްޖެ ކަމަށް ފެތުރެމުން ދިޔަ ހަބަރު އޭނާ ދޮގު ކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން ބަސްތީގަތުމެއްގައި ހިމޭޝް ބުނީ އޭނާގެ ކާރު އެކްސިޓެންޓުވި އިރު އޭނާ އެ ކާރުގައި ނެތް ކަމަށެވެ. އަދި ކާރުގައި ޖެހިފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި ނަމަވެސް ޑަރައިވަރުގެ ފަޔަށް ކުޑަ ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުންދާ ކަމަށެވެ. ޑްރައިވަރު ޒަޚަމްވީ އޭނާ ކާރުން ބޭރަށް ނުކުންނަނިކޮށް ކަމަށްވެސް ހިމޭޝް މައުލޫމާތު ދީފައިވެއެވެ. އަދި ހިމޭޝް ބުނީ އަނިޔާވެފައިވަނީ އޭނާގެ ޑްރައިވަރަށް ނޫންކަމާއި އެއީ އޭނާގެ ބައްޕަގެ ޑްރައިވަރު ކަމަށެވެ.

މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގާފައިވަނީ މުމްބާއި-ޕޫން އެކްސްޕްރެސްވޭގައެވެ. އެ ހާދިސާގައި ރޭޝަމިއާ ޑްރައިވަރ ރާމް ރަންޖަންއަށް އަނިޔާވިއެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އެކްސިޑެންޓް ހިނގީ ކިހިނެތްކަން އަދި ތަފްސީލެއް ނުލިބެއެވެ.
ހިންދި މިއުޒިކް ސިނަމާގެ އެންމެ މަޝްރޫއު ލަވަކިޔުންތެރިޔާގެ ގޮތުގައި، ފާހަގަކޮށްލެވޭ ރޭޝަމިޔާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި އާޝިގް ބާޔަނާ އާޕްނޭ، ޖަލަކް ދިކްލާޖާ، ނާމް ހޭ ތެރާ، ތެރާ ސުރޫރޫވެސް ހިމެނެއެވެ.

އޭނާ ވަނީ ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން އާޕްކާ ސުރޫރް، ކާރްޒް، ޚިލާދީ، ދަ އެކްސްޕޯސް ފަދަ ފިލްމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު