އަވައްޓެރި ލަންކާގައި މަރުގެ ޙުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ "ޑިމޮކްރަސީ ނެޓްވޯކް" އިން ގޮވާލައިފިއެވެ.

ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝަހިންދާ އިސްމާއިލް އެވެ.

ޑިމޮކްރަސީ ނެޓްވޯކް ހިމެނޭ ގޮތައް 52 ޖަމިއްޔާ އަކުން ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ކޯލިޝަނެއް އުފައްދާފައެވެ. އެކޯލިޝަނުން ވަނީ ލަންކާގައި މަރުގެ ޙުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ އަށް ސިޓީއެއް ފޮނުވާފައެވެ.

ސިޓީގައި ބުނެފައި ވަނީ ލަންކާގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، މަރުގެ ޙުކުމް ތަންފީޒު ކުރަން ސިރިސޭނަ ނިންމަވާފައިވާ ނިންމެވުން ބަދަލު ކުރަން އެދޭ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ ލަންކާ އިން މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ކަމަށާއި އެއީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ ޤާނޫނުގެ ދަށުން ކުށެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ކުއްތަކަކީ އެންމެ ބޮޑެތި ކުއްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ވެސް ނޫން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

"މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ކުއްކުރުން މަދުވާ ސަބަބެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ވެސް އަންނާނެ ކަމެއް ނޫނެވެ." ސިޓީގައި ވެއެވެ.

ސިޓީގައި ސިރިސޭނަގެ ކިބައި އެދިފައި ވަނީ ލަންކާގައި މަރުގެ ޙުކުމް ތަންފީޒު ކުރުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ހަތަރު މީހަކު މަރަން ކޮށްފައިވާ ޙުކުމްތައް ތަންފީޒު ކުރުމުގެ ރިޔާސީ ޤަރާރުގައި ސިރިސޭނަ ވަނީ މިދިޔަ ހަފްތާގައި ސޮއި ކޮށްފައެވެ. އެއާއި އެކު ސިރިސޭނަ ވަނީ ބައިނަލްއަޤުވާމީ ޕްރެޝަރު ވަރަށް ބޮޑުވެފައެވެ. ނަމަވެސް ސިރިސޭނަ އިއްޔެ ވެސް ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ރައްޔިތުމީހާ

    ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝަހިންދާ އިސްމާއިލް.
    މި ގްރޫޕަށް ހަމަ ޖެހުމެެއް ނުލިބޭނެ އިންޞާފަށް ކަންކަން ކުރަންޏާ.

    132
    2
  2. ދާންދޫ

    ާލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރާނަމަ ރާއްޖޭގެ ޑިމޮކްރެސީ ނެޓްވޯކްގެ ގިނަބަޔަކު އެކުށުގައި ބެދި މަރަންޖެހިދާނެ ކަމަށް ފެނޭ މަށަށް ވެސް.

    126
    2
  3. ހިބަރުވަދު

    ސަހިންދާ ކަލޭމަރުވުމައްފަހު ދިރުއްވާ ތަރުޖަމާނަކާނުލާ މާތްﷲ ބަސްވަހީކުރައްވާނެކަން ޤަބޫލުކުރަންތަ؟

    114
    2
    • ޝަހިންދާ

      ނުކުރަން.

      1
      46
  4. Anonymous

    މާތްﷲ ކުރަން އެންގެވި ކަމެއް ނުކުރާން ބުނެ ވާހަކަދެއްކުމަކީ ޝަހިންދާ އަކަސް ފަތިންދާ އަކަސް މުރުތައްދުވުން ކަމުގައި މެނުވީ ނުވާނެއެވެ.

    126
    3
    • މޮޔައެނޮނިމަސް

      ޔަގީންތަ އެންގެވިކަން ހަކުރު ވިއްކާމީހުން މަރަން.މި ގަމާރު ހުރިހާ ތަނަކަށް އަނގަ ބާނާނެ

      37
      15
  5. ގައުމު

    ޝަހިންދާ ފަސްގަނޑަށް ލެވުމަށް ފަހު ދެން އަންނާނެ ހުޅަނގު ގެ ގައުމުތްކުން ނަރާކައިން ސަލާމަތް ކޮއްދޭން..މުސްލިމުން ގެ ނަމުގަ ރަތް ލާ ޖެހި ކާފަރުން.މި ނުވޭ ހައްދު ފަހަނަ އަޅާދިޔުމަތް.ކަލޭ ތި ކަން ކަމަށް ފަޅުގަ ގޮން ތި ޖަހަނު ނުމުން ވަރަށް ހިތިވާނެ.މިސާލަކަށް ހާމަން ފިރުއޯން ޝެރޯން ގާރުން..ކޮބަ މިޔަދު..ވަގުތު ފާއިތު ވުމުގެ ކުރިން ތައުބާ ވެ ހެޔޮ އަމަލް ކުރޭ..ދުނިޔެ ޔަ ޓަކާ އާހިރަތް ވިއްކާނުލަ.

    89
    2
    • ގަމާރުމޯލްޑިވިއަންއަ

      ޔާމިނު ލާނީ ކޮން ކެޓަގަރީ އަކަށް

      39
  6. ޖަހުލު

    މަހީކުރީ އެވާހަކަ ގޮވާލާނީ ސަލަފު ޝޭޚުން ކަމަށް. އެކަމަކު އެމީހުން އެތިބީ ލަންކާގެ މަރުގެ ހުކުމް ތަންފީޒުކުރާތީ ހެވި ދިލިފަ

    54
    3
    • ވިސްނާ

      ސަލަފު ޝޭޚުންވެސް އަދި އެހެނިހެން މުސްލިމުންވެސް ދަނޭ ﷲ ފިޔަވައި އަޅުތަކުންނަށް އޯގާވެ ވޮޑިގެންވާ އެހެން އެއްވެސް ފަރާތެއް ނުވާކަން.. ބަޔަކުމީހުން ދެން މަތިންބައިން ޖެހިގެން މީސްތަކުންނަށް އޯގާވެރިކަން ދައްކަން ﷲ ބާވާލައްވާފައިވާ ޙުކުމްތައް ގަބޫލުނުކޮށް ދޫކޮށްލަނީ.. އެހެނަސް މީސްތަކުންގެ މެދުގައި ފައިސަލާ ކުރުމަށް ﷲ ބާވާލައްވާފައިވާ ޝަރީއަތަށް ވުރެ ވަކިން މޮޅު އެހެން އެއްޗެއް ނުލިބޭނެ..

      63
      2
  7. ފަހަރި ދައިތ

    ކާކުތަ ޑިމޮކުރަސީ ނެޓްވޯކު ހިންގަނީ.. މީ މުސްލިމް ނަންކިޔައިގެން މިގައުމުގަ އުޅޭ ލާދީނީ ބައިގަޑެއް....އަނެއްކަ ތިޔައުޅޭ ޑިމޮކުރަސީގެ ބާނީ ނޫންބާ..

    76
    2
  8. ފަތުހީ

    ﷲ ގެ އަދުއްވުންގެ ގޮވާލުމަކީ ބާތިލު އެއްޗެއް.

    54
    2
  9. ަައާވިމް

    ޓިބުނާ މީހާއަކީ ތަނެއް ދޮރެއް އެގޭމީހެއްނަމަ ތިސިޓީ ލަންކާގެ ރައީސައް ނުފޮނުވީސް. ސިންގަޕޯއަށް ތިސިޓި ފޮނުވަންވީނުން. މަސްތުވާ ތަކެއްޗަކީ ފިތުނައެއް. ޤުރުއާނުގަ ޢޮވޭ ގަތުލުކުރުމަށް ވުރެ ފިތުނައިގެ ނުބައިކަން ބޮޑޭ. ކޮބާތަ ބޮޑުކުށަކީ؟ މީހުން މަރާ މީހުންނަށްވެސް މަރުގެ ހުކުމް ތަންފީޒުކުރުން ތިބުނާބަޔަކު ދެކޮޅު. ޢިންސާނީ ހައްގު ލިބެންވަނީ ކުއްވެރިންނަށްބާ؟

    49
    1
  10. ޙުކޫމަތު

    ސަރިންދާ، ދިވެހިން ނަށް ބަލާޔާ ހަމަކޮށް ނިމިގެން ގާދޫ ކޮލުން ވެސް ބޭރު ވަނީ ދޯ

    35
    2
  11. ފަތިންދާ

    ލޮލް

    13
    2
  12. ހުސޭނުބޭ

    ހުރިހައި ޑިމޮކްރަސީއެއް ވަޅޯވެފައި ހުންނައިރުވެސް ކޮން އަނގައެއް އެމީހާ އެ ތަޅަނީ!

    25
    2
  13. އއަމާނީ

    ﷲ ގެ ޝަރީޢަތެއް ﷲ ގެ ޙުކުމެއް ހުއްޓުވޭނެ މީހަކު ނުހުންނާނެ.ކީރިތި ޤަުރުއާނަށް ގޮންނުޖެހޭވޭނެ. މިހުކުމް ރާއްޖޭގައިވެސް ތަންފީޒް ކުރަންވީ. އެހެންނަމަ މިހާރު ކަމަކާ ނުލައި މަރާ މީހުން މަދުވެގެންދާނެ.

    29
    3
  14. މީކާއިލް

    ޝަހިންދާ އަކަސް ޝިދާތާ އަކަސް ގޮރިންޑާ އަކަސް ﷲ ގެ ޙުކުމަކަށް ދެކޮޅަށް ވާހަކަ ނުދެއްކޭނެކަން ހަދާން ކުރާތި. މިހާރު ވެސް މިޤައުމުގައި ހިގަމުން މިދާ ލާއިންސާނީ ޖަރީމާތަކަކީ ތިފަދަ މީހުން މިޤައުމުގަ ތިބެގެން އުފައްދާ ޖަރީމާތައް. ﷲ ގެ މިންވަރު ފުޅުން މި ދިވެހި ގައުމުގައި އަދި ﷲގެ ހުކުމްތައް ތަންފީޒް ކުރެވޭނެ. އިންޝާﷲ

    34
    2
  15. މި ޤައުމު

    ތިފަދަ ލާދީނީ ޖަމިއްޔާތަށް އުވާލަން ޖެހޭ. އިންސާނީ ހައްގޭ ކިޔައިގެން ލަދީނީ ފިކުރު ފަތުރާ ބައެއް. މަސްތުވާތަކެތީގެ ވަބާ އަކީ ހުރިހާ ނުބައިކަމެއްގެ އަސްލު. އޭގެ ވިޔަފާރި ކުރާ މީހުން ނަކީ މުޖުތަމައު ފަނާ ކޮންލާ ނުބައި ނުލަފާ ބައެއް. އެފަދަ މީހުން ނަށް މާފެއް ނެތް.

    27
    1
  16. އައްޔު

    އިބުރާގެ ކޮއްކޮދޯ ހައްހައް އެމްޑިޕީއަށް ނިސްބަތްވާ މީހުން ހިމެނޭ އިނގިރޭސިން ފަންޑްކުރާ ޖަމިއްޔާއެއްތީ އެމީހުން ބޭނުންގޮތަށް ނޫންގޮތަކަށް ބަޔާނެއް ނުނެރޭނެ ދިވެހިންނޭ ވިސްނާ

    28
    1
  17. ހެޕީ

    ސާބަހޭ ސިރިސޭނާ

    30
    1
  18. ޖަހުލު

    ލޭފޮދެއް އޮހޮރުވާލާ ތަން ބަލާހިތުން ބަޔަކު ހާދަ ވަރެއް އެބަހުއްޓޭދޯ؟ ތިހާ ލޭ އޮހޮރާ ހިތްވަންޏާ ގެރި ކަތިލާ ތަނަކުން ވަޒީފާއެއް ހޯދަންވީނު؟

    10
    31
  19. އަނެއް

    މި ސަހިންދާއަށް މަރުގެއަދަބު ދިނުމަށްގޮވާލަން މިކަލޭގެ މިހުރީ މުރުތައްދުވެފަ .

    33
  20. ކަމަނަ

    މަރައް މަރުހިފަން ޖެހޭނެ، މާތްވެގެންވާ އިސްލާމްދީނުގައި ވަރައް ސާފުކޮއް އެގެން އެބައޮތް، ދެން ކޮންކަމަކާ ތި ބައިގަޑު ތެޅެބާލަނީ، މިއަދުން ފެށިގެން މަރަން ހުކުމް ކުރެވިފައިވާ އެންމެން މަރާފަ، އިންސާފު ގާއިކޮއްބަލަ، ދިވެހިރާއްޖެއަކީ 100% އިސްލާމީ ގައުމަކައްވާނީ މިކަންވެސް ފުރިހަމަ ވީމަ.

    28
  21. Anonymous

    މި މީހުންނަށް ކީއްވެތަ އެމެރިކާ އިންޑިޔާ އިޒްރޭލް ފަދަ ޤައުމުތަކުގަ މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ނުގޮވެނީ.

    21
    1
  22. ދިހަ

    ކާފަރުކަމުގައި ދެމިތިބޭ އަދި ތައުބާނުވާ ﷲ ހަރާމް ކުރެއްވި ބޮޑަތި ފާފަތައް ކުރުމުގައި ދެމިތިބޭ އެފަދަބޮޑަތި މުޖުރިމުން މެރުން ނޫން ކޮންގޮތެއްތަ އޮތީ މިހިރަ ބީތާ ސަހިންދާ

    15
    1
  23. ޣޮކޮހޮމޮ

    ސޮނިރެކެދިޔެ الله އުރެދޭ ފާޖިރާ
    އަށް اللهم އޭނާއަށް ދުނިޔޭގެ عذاب ގެރަހަ ދއްކަވާދޭއެވެ ااخرة ފެށުމުގެކުރިން اللهم

    5
    1
    • ރަޙްމަތް

      ޔާﷲ ސަރިންދާއަށް ތެދުމަގު ދައްކަވާ ދޭވެ

      9
      1
  24. ސިރިސޭ

    40އ މަރުގެ ހުކުމް ތަންފީޒު ނުކޮށްގެން ކުއްކުރުން ވީ އިތުރެވެ. ވީމާ މިފަހަރު ޓެސްޓުކޮށްލަން އަހަރެއްހައިދުވަހު މަރުގެ ހުކުމް ތަންފީޒު ކުރަމާތޯއެވެ. ނަތީޖާ ގޯސަނަ ކުރީގަ އޮތްގޮތަށް ބަދަލް ކުރާނީ

    9
    1
  25. ލޮލް

    ތިޔަ ޗަހެންދާ ފެންވަރުވަން ސިރިސޭނާއާ ހަވާލު ކުރަންވީ. ޚައިރިން ލާފަ ދިޔައިރު ލެޑި ވަހުން އިހަށް ދުވަހު މަހޮޑު ނުލެވުނީ ކިރިޔާ..!

  26. ލަންކާ މީހާ

    ދިވެހި ރާއްޖޭގެ ޖަމިއްޔާތަކުން މަތިންބައިން ނުޖެހުމައް ލަންކާ ރައްޔިތުން އެދޭ. އެހެނީ ލަންކާގެ އެއްވެސް ޖަމިއްޔާއަކުން ރާއްޖޭގެ ދާޚިލީ ކަންކަމައް ފާޑުނުކިޔާމަދައިން ރާއްޖޭންވެސް ލަންކާގެ ދީޚިލީ ކަންކަމައް ފާޑުނުކިޔުމައް އެބޭފުޅުން އެދޭތީއެވެ.

  27. ނައިންޓީ

    ލަންކާގަ ކޮންމެ ކަމެއް ކުރިޔަސް އެއީ ދިވެހިންނާ ކޮން ބެހޭކަމެއް؟ ދިވެހިން އަހަރެމެން އަމިއްލަ ހައިސިއްޔަތާ ސައިޒް އޮޅިގެން މިއުޅެނީ ކޮން އައްސިއެއް އަރައިންބާ؟ ދުނިޔޭގަ އެހެން ގައުމުތައްވެސް ވޭ ދޯ؟