ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޭނާގެ މައްސަލަ ބައްލަވާ ތަހުގީގު ކޮމިޓީއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިއްޖެއެވެ.

މިއަދު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ފަނޑިޔާރު ދީދީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމެޓީއިން ހުށަހެޅި ރިޕޯޓް ޖޭއެސްސީން ވަނީ ބަލައިގެންފައެވެ. އަދި އެ ރިޕޯޓްގައި ބުނެފައިވަނީ ފަނޑިޔާރު ދީދީ ވަކި ކުރަން މަޖިލީހަށް ހުށަހެޅުމަށެވެ.

އަދި އެމައްސަލާގައި ޖަވާބުދާރީ ވުމަށް މާދަމާއިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދޭން މިއަދު ޖޭއެސްސީ ބައްދަލުވުމުގައި ނިންމި އެވެ.

ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ޖަވާބުދާރީވުމަށް އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތު ދިނުމަށްފަހުއެވެ.

ދީދީ އާއި ގުޅޭ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުން ދާއިރު، ފުލުހުންވެސް ދަނީ ދީދީއާ ގުޅޭ މައްސަލަައެއް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ލަވްދަވޭ

  ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ ޝަރުއީ ދާއިރާގައި ކޮރަޕްޝަނާއި ފަސާދަ އޮތް ވަރު މަމެންނަށް އެގިގެންދެއޭ މިރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ރައީސް އަކު މަގާމުން ދުރު ކުރަން ވުމުން އެންމެ ބޮޑު ކޯޓުގެ ބޮޑު ހުކުމޭ ބުނަނީ އޭނާ ހިބަރު ވަދެއް އެއްލައިގެން ރައްޔިތުން ހޮވާފައިވާ ރައީސަކު މަގާމުން ނަގާ އެއްލާލާނަމޭ މީދެން ...

  6
  24
 2. Anonymous

  މިއީވަރަށް ދެރަކަމެއް، މިމީހުންގެ ކަމަކީ ކޮންމެވެސް މީހަކާ ޒާތީގޮތުން ޖައްސާލައިގެން އެމީހަކަށް ހަސަދަފިލުވުން، އިބޫއަކީ މިބައިގަނޑުގެ ލީޑަރަކަށް ވެހުރެ މަޖިލިސްކުރާގެ އެފުއް މިފުށައް ޖަހާ، ގާނޫނު އަސާސީއަށް ފައިންއަރާ މިހުރިހާ ނޭއްގާނީ ޢަމަލު ހިންގިއިރުވެސް އުއްޕުވެސް ނުބުނެ އަނގަމަތީ އަތްއަޅްއިގެން ގޮނޑީގެ އިށީދެގެން ހުރި މީހެއް، ހަމަ އެބީދައިން މިގައުމުގެ ކަންކަންވެސް މިހާރު މިދަނީ އެކަހަލަ ގޮތަކަށް، މިއީ ވަރަށް ހިތާމަހުރިކަމެއް، ބޭރުފުށުން ވަރަށް ރަނގަޅު ކަމަށްހެދިގެން އެތެރެފުށް ވަރަށް ނުބައި ޖައްބާރުބައެއްމީ.

  54
  4
 3. ހާޝްބޭބީ

  ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ ތަމެން ދެން މަހަށް ދާންވީ އެއް ނޫންތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ހާޝް ބޭބީ ސްޕީކް ސޮފްޓްލީ...

  6
  20
 4. ދޮންބެ

  ބާރު އޮތިއްޔާ ބޭނުން ގޮތެއް މިއަދު ހެދިދާނެ

  50
  2
 5. ލަވްދަވޭ

  ރާއްޖޭގެ ސްޕްރީމް ކޯޓުގައި ތިބެން ޖެހޭނީ ރަށުތެރޭގައި އުޅޭ ބޮޑެތި ވަގުން ކަމުގައިވާ ބްރޯ މެން އަތުން ޑޮލަރު ކޮޅެއް ހޯދައިގެން ރާއްޖޭން ބޭރަށް ފުރަން ޖެހޭނެ މީހުންނޭ އައި ރިފުއުޒްޑް އޮން އިޓް މިފަދަ ފަނޑިޔާރުން ޖެހޭނީ ކޯޓްގެ ހަފޮޅުން ބޭރަށް ސައްޕެއް ޖަހާ ބޭރުކޮށްލަންއޭ މަޖްލީހުގެޓް...

  11
  9
 6. ޖަސްޓްގޮނާ

  މާލޭގައި ހުންނަ ކޯޓް ތަކަކީ އެއީ އެއްގޮތަކަށް ވެސް ކޮރަޕްޓް ފަނޑިޔާރުން ތިބެގެން ވާނެ ތަނެއް ނޫނޭ މިކަން ކަށަވަރު ކުރުމަކީ އެއީ މަޖްލީހުގެ ރައީސް އާއި ނައިބް ރައީސްގެ ޒިންމާ އެކޭ ތަމެން ޖެހޭނީ މިކަން ކަށަވަރު ކުރަން އެހެން ދުވަހެކޭ އެހެން ދުވަހެއް ވެސް އޮވެގެން ނުވާނެއޭ ވަގުތުން އެކްޝަން ނަގަން ޖެހޭނެއޭ އިއްޔެ އެއް ނޫނޭ މިއަދަކީ މިއަދަކީ މިއަދޭ މިއަދު ނަގަން ޖެހޭ ޑިސިޝަން ނަގާށޭ ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮޗް މީ...

  3
  15
 7. އިޓްސްސިކް

  ޑީޑީ ވަކި ކުރަން މަޖްލީހަށް ހުށައަަޅަން ނިންމީ އެއީ ކޮރަޕްޝަންގެ މައްސަލަ އެއް ކަމުގައިވާ ނަމަ އެކަން ލަސް ނުކޮށް މަޖްލީހުން މިރެއިން މިރެއަށް ވެސް ކޮށް ނިންމާލުމަށޭ މަމެން މިއެދެނީ ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް ފްރޮމް ދަ ޓޭބަލް ޓޮޕް...

  3
  13
 8. ޗޭންޖްއިޓް

  ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި ނަމަ އެކަމުގެ އިމްޕެކްޓް ހުއްޓާ މަޖްލީހުން މިކަން ފާސް ކޮށް މިޗެޕްޓަރ ކްލޯސް ކޮށް ހުރިހާ ހުކުމޭ މެންނަށް ރަނގަޅު ލެސަން އެއް ނަގާ ދޭން ޖެހޭނެއޭ ހިސްޓްރީ ރިޕީޓްސް އިޓްސެލްފް އަންލެސް ޗޭންޖްޑް ޗޭންޖް ކުރަން ޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައޭ ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް...

 9. އޯލްރައިޓް

  ކޯޓް ތަކުގެ ފަނޑިޔާރުން ސްޕެޝަލީ މާލޭގެ ކޯޓް ތަކުގެ ފަނޑިޔާރުން ކޮރަޕްޓް ވުން އެއީ ވަރަށް ނުރައްކާތެރި ކަމެކޭ އެކަން އެގޮތަށް އޮވެއްޖެނަމަ މަޖްލީހަށް ލިބިދީފައިވާ އާރާއި ބާރުގެ ދަށުން ޖެހޭނެއޭ އެފަދަ ފަނޑިޔާރެއްގެ އަތުން އޭނާ އޮބާ ބާއްވާފައިވެސް ގޮނޑި ފޭރިގަންނަން މިކަން ކުރާށޭ ލަސްނުކޮށް ކުރާށޭ ކުރާށޭ ރައިޓް...

 10. އައިޑޯންނޯ

  ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު އެ ފުލުހުން ނަކީ އެއީ މާލެ ތެރޭގައި ޑްރަގް ނައްތާލުމުގައި ބުރަ ކޮށް ރިސްކް ނަގައިގެން މަސައްކަތް ކުރި ފުލުހުން ތަކެއް ކަމަށޭ މަމެންނަށް މައުލޫމާތު ލިބުނީ މަމެން އުއްމީދު ކުރަމޭ މިކަން އިންސާފުގެ މަގުން ދާނެ ކަމަށް ފުލުހުން މާލޭން ޑްރަގް ނައްތާލަން ކުރާ މަސައްކަތް އަވަރ ފިއުޗަރ ސީމްޑް ސޯ ބްރައިޓް އޮން ދިސް ދެން ދިސް ތިންގް ޓާރންޑް އައުޓް ސޯ އީވްލް އައި ޑޯން ނޯ ވައި އައި އޭމް ސްޓިލް ސަޕްރައިޒްޑް...

  3
  1
 11. މާކުރަތު

  ޚޮބައިތަ މާކުރަތު ގާޒީ

  3
  1
 12. މާކުރަތު

  އަދިވެސް މާކުރަތުގެ ގާޒީގެ މައްސަލާގެ ޚަބަރެއް ނުވޭ.

  5
  1
 13. ބަރުގޮނު

  މިސަރުކާރު އައިސްސުރެ ޑީ.ޑީ ފަޑިޔާރުކަމުން ވަކިކުރާނެ ކަމުގެ ރަގަބީލު ޖެހެންފަށައިފި. ބަހަނާއަކަށް ޑީ.ޑީ ގެ އަބިކަބަލުންގެ އ/ކ އަށް ޖަމާވި ފައިސާތަކެއްގެ ވާހަކައާއި ސުލޫކީ މަސްއަލައެއްގެ ވާހަކަ ދެކެވުނަސް ޑީ.ޑީ އަށް ބާރުބޮޑުވަމުން ދަނީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް ޑީ.ޑީ ކުރައްވާފައިވާތީ.

 14. عبدالله سعيد

  އެންމެން ދަންނަގޮތުގައި މިނިކާވަގު ބަކަރި ކައި އުޅޭ ގޮތަށްވެސް ކަންތައްތައް ހިނގައެވެ.