މާލޭގެ ގެއެއްގައި ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މައްސަލައިގައި އެކަމުގައި ބައިވެރިވި ފުލުހުން ސަސްޕެންޑް ކުރުމުން ވަރަށް ގިނަ އަދަދެއްގެ ފުލުހުން މީސް މީޑިއާ ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް ހަމަހިމޭން އިހްތިޖާޖެއް ފަށައިފިއެވެ.
އިއްޔެ ހަވީރުން ފެށިގެން ވަރަށް ގިނަ ފުލުހުން ގެންދަނީ އެމީހުންގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށް ޑްރަގް އެންޑްފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި އެކު ތިބި ކަން ހާމަ ކުރަމުންނެވެ.
Gina adhadhehge Fuluhun eh meehun ge profile picture kalhu kulayah badhalu kuramun dhanee. pic.twitter.com/5MsnrbZTFy
— #MvCrisis (@MvCrisis) July 8, 2019
ފުލުހުން ސަސްޕެންޑް ކުރުމާއި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ދެކޮޅު ކަމަށް ވެއެވެ. އެއީ ފުލުހުން އޭނާ އަށް އަނިޔާ ކުރީ އޭނާ އިސްވެ، ފުލުހުންނަށް ހަމަލާ ދިނުމުން ކަމަށް ވާތީއެވެ. ފުލުހުން ސަސްޕެންޑް ކުރުމާއި ދެކޮޅު ފުލުހުން ބުނާ ގޮތުގައި ވީޑިއޯ އާއްމުވުމާއި އެކު އެއްވެސް ތަޙްޤީޤެއް ކުރުމެއް ނެތި ފުލުހުންގެ އަގު ވައްޓާލަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރުމަކީ ވެސް ވަރަށް ބޮޑު ގޯހެކެވެ.
"ފުލުހުންގެ ތެރެއިން މައުލޫމާތު ލިބޭ ގޮތުގައި މެނޭޖްމަންޓް އިން މިމައްސަލައިގައި ކަންތައްތައް ކުރާ ގޮތާއި މެދު ވަރަށް ގިނަ ފުލުހުން ތިބީ ހިތްހަމަނުޖެހިފައި. ހަމީދު ސީޕީ ކަމަށް ވަޑައިގަތުމަށްފަހު ތަކުރާރުކޮށް ފުލުހުންގެ އަގު ވައްޓާލަން ވަނީ މަސައްކަތް ކޮށްފައި. ދިމާވެގެން އުޅޭ މައްސަލަ ވެސް މާބޮޑުކޮށް ފުލުހުންގެ އަގު ވައްޓާލަން ހުދު ކޮމިޝަނަރު މިހުރީ ނިކުމެވަޑައިގެން. މިއީ ގޯހެއް." ކުރީގެ ފުލުހަކު ބުންޏެވެ.
ދިމާވެގެން އުޅޭ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ މަތީ ފެންވަރުގެ އޮފިސަރުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެކި ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ އަމަލުތަކަށް ފާޑުވިދާޅުވެފައިވެއެވެ.
ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައިގައި ފުލުހުންތަކެއް ސަސްޕެންޑް ކޮށްފައި ވީނަމަވެސް ދެން އެމީހުންގެ މައްޗަށް ޖިނާޢީ ދައުވާއެއް ނުއުފުލޭނެ ކަމަށް ބައެއް ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރައީސް އިބޫއަށް ވަރަށް އިޙްތިރާމާއި އެކު ދަންނަވަން ރައީސް ނަޝީދު އިސްތިއުފާ ދެއްވިގޮތަށް އިސްތިއުފާ ނުދެއްވާށެވެ. މިފަހަރު އިސްތިއުފާ ދެއްވާނަމަ އިސްތިއުފާ ދެއްވަންވާނީ ސީއެންއެން ޓީވީ ޗެނެލްގައި ރާއްޖޭގެ ޓީވީއާއިވެސް އެކުގައެވެ. ކުރީފަހަރުވެސް ނަޝީދު އިސްތިއުފާދެއްވާފަ ޖެހިގެންއައިދުވަހު ރާއްޖެއަށް ބޮޑު މުސީބާތެއްވަނީ ކުރިމަތި ކުރުވާފައެވެ.
އެންމެން ވަކިކޮށް އެމްޑީޕީގެ މުޒާހިރާ ބައިވެރިން ފުލުހުންގެ ތެރެއަށް ވައްދާ . އެމީހުންނަށް މިހާރު ހުންނާނީ ފުލުހުންގެ ތަމްރީން ލިބިފައެވެ.
ފުލުހުންނާއި ސިފައިންނަކީ އެއްވެސް އަގެއްނެތްބަޔެއްކަން ދެއްކުމަށްޓަކާ، އެއިރު ފުލުހުންނާއި ސިފައިންގެ ތެރެއިން ލޭއޮހޮރުވާ ޝަހީދުކޮށްލި ބޮޑު ބާޢީ ލުތުފީ، ޢާޒީއަކަށް ހެދުމީ އޭގެ މިސާލެއް، ދިވެހި ފުލުހުންނަކީ އެއްވެސް ހަތިޔާރަކާނުލައި ލައިފް ރިސްކުގައި ސީނަށް އެޓެންޑްވާ ހިތްވަރުގަދަބަޔެއް، މިނުލަފާ ސަރުކާރު އަދި ކަރުނަވއަޅާނެ .. ޚޮދު މުޚުތާރު ވެރިކަމެއްނުކުރެވޭނެ.. އިސްތިއުފާ
ފުލުހުންނަކީ، ޤާނޫނުތަންފީޛު ކުރާމީހުން. މާތްވެގެންވާ އިސްލާމްދީނާއި، ރައްޔިތުންނާއި، ޤައުމު ކޮންމެ ކަމަކުން ސަލާމަތްކުރަންވިޔަސް، ފުލުހުންނާ ސިފައިންނަކީ، ފުރާނަ ޤުރުބާން ކޮށްލަންވިޔަސް ފަސްނުޖެހި ކުރާ، އަދި ކުރާނެ ބައެއް. އޮޕަރޭޝަނެއް، ނުވަތަ ރޭޑެއްގައި، ކުރިޔަށްދާއިރު، ދިމާވާ ކޮންމެ ހުރަހެއް މުގުރާލާފައިވެސް އެމީހުން ދާނީ ކުރިޔަށް. އެ އުޞޫލުން ހިނގި ކަމެއްކަމުގައި އަޅުގަނޑު ޤަބޫލްކުރަނީ. ޤަޞްދުގައި އެމީހުން އަނިޔާއެއްދިނުމުގެ ގޮތުން އެއްވެސް މީހަކާދޭތެރޭ ޢަމަލެއްކޮށްފާނެ ކަމުގައި އަޅުގަނޑު ޤަބޫލެއްނުކުރަން. ވަޒީފާގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހިނގިކަމެއްގައި، ސަސްބެންޑްކޮށް، ޖިނާޢީ ދަޢުވާއެއް ކުރަންޖެހޭނެކަމަކަށްވެސް އަޅުގަނޑު ޤަބޫލެއްނުކުރަން. މި ޤައުމުގައި ނުބައި ހުރިހައި ޖަރީމާއެއް ހިންގަނީ ޤާނޫނާއި، ޤަވަޢިދާޚިލާފަށް ޤައުމު ހިފައިގެން އުޅޭ ބަންގާޅު ޖަނަވާރުން. އެޅޭނެ އެއްވެސް ފިޔަވަޅެއްނެތް.
މޮޔަ ވާހަކަ ނުދައްކާ.ކަސްޓަމް މީހުން ވެސް ދީނާ ގައުމު ދިފާއު ކުރަނީ
ހަމީދޫ ރާކަނި މަސް ކެވެން ތިއުޅެނީ. މި ވަރަށް ވާހަކަ
ދެކިލޯގެ މަސްތުވާތަކެތި މިމުޖުތަމައުއަށް ވިއްކާ އޭގެވަބާގައި ދިވެހި ޒުވާނުން ޖައްސައި ކުށުގެ ވެއްޓަށް އެޒުވާނުން ނެރެ ދިވެހި ފުލުހުންނަށް ހަމަލާދިން ބިދޭސީ މީހާ މިއަދު މުހިއްމު ވެއްޖެ މަސްތުވާ ތަކެއްޗާއިދެކޮޅަށް ފުރާނަ އަތްމައްޗަށް ލައިގެން ރެއާއިދުވާލު މައްސަކަތްކުރާ ފުލުހުންނަށްވުރެ.
ފެންވަރު އޮޅިގެން އުޅޭ ހަމީދެއް
އިހުތިޖާޖް ކުރި އެންމެން ވަކި ކުރޭ.. މިގައުމުގަ ކަންކަން ހިނގަންޖެހޭނީ ގޭންގުތައް ބޭނުންވާގޮތައް.. ފުލުހުންނައް ހަމަލާދޭންޖެހޭނީ ގޭންގުތަކުން.. ފުލުހުން ތިބެންޖެހޭނީ ހައްޕު ކިޔައިގެން.. ހުރިހާ ހައްގަކީ ވަގުންނާއި ކުރިމިނަލުންނައް އޮންނައެއްޗެއް.. އެއްވެސް ކުރިމިނަލަކު ޑިސިޕުލިން ކުރުވުމަކީ މަނާކަމެއް.
ފުލުހުންގެ ޚިދުމަތް އުވާލުމަށްފަހު، އިންޑިޔާގެ ސިފައިން މިތަނުގައި ބޭތިއްބުމުން ރަނގަޅުވާނެ
މިވެރިކަން މާގިނަދުވަހު އޮވެދާނެކަމަކަށް ނުފެނޭ އެކަަކު ޔާމީނު އައްތާއަިދެތްނުކުރަން ސަބަބަކީ މިގައުމުގެ އަދުލުއިންސާފު ފުންޑާލާ ގޭންގުމީހުންތަކަށް ވަޒީފާތަށްދީ ސަރުކާރު ކުންފިނިތަށް ހަލާކު ކޮށްލީމަ
އާދަނާ ކޮންކުންފުންޏެއް އަނެއްކާ ޔާމީނު ހަލާކުކޮށްލީ؟މަޖިލީހުގެ ރައީސްކަމަށް އަރާ އޭނީ ގައިމު ތިބުނާ ފުނޑިފައޮތް އަދުލުގެ ނިޒާމުން މިނިވަންވި މީހެއް. މީނާ ނުކުމެ އަދުލުގެ ނިޒާމު ރަނގަޅުކުރަން ފެށީމަ ދެންމީ ކިހާބޮޑު ޖޯކެއް. އާދަނު ތިކަހަަލަ ވާހަކަދެއްކީމަ މަށަށް އާދަނު އަދުލުވެރިކަމަކަށް ނުފެނޭ..
ކޮންމެ ތަނެއްގެ ވެސް ވެރިޔަކަށް ހުންނަ މީހާ މި ހުންނަނީ ނަގޫ ފިތިފައި. ނަގޫ އޮންނަނީ އަންނިގެ ފައިދަށުގަ. އަންނި ދަނޑިނުބާނާ ހަމަ އެއްތަނެއް ވެސް ނޯންނާނެ.
ކިތަންމެ އިހްތިޖާޖެއް ކުރިޔަސްއަނިޔާ ކުރަން ހުއްދަ ނުކުރާތި ? ޖަނަވާރު އިންސްޓިޓުޝަން އެއެެްތީ
ތިވެސް ޖަނަވާރެއް.
ކަލޭތީ ބޮޑު ޖަނަވާރު. ކަލޭ ކުރާ ކަން ކަން ކަލެ އަކަށް ނުފެންނާނެ. ގޮސްގޭގަ އޮވެބަލަ
މިރާއްޖޭގެ ވެރިޔަކައް މިހުރީ ގަމާރެއްތައް
ރައީސް އިބޫ އެވެ. މަނިކުފާނު ހޮވަން އަޅުގަނޑުވެސް ވޯޓު ލީމެ އަދި އިތުރައް ހޯދީމެވެ. ނަމަވެސް އިބޫ ގެ ސަރުކާރު ވެއްޓެންޏާމު އެއީ އެމްސީ ހަމީދުގެ މައްސަލައަކުންވާނެ ކަމެކެވެ. އަޅުގަނޑުމެން އެދެން އެމްސީ ހަމީދު ގެ ހަށިގަނޑުން ފުލުސް ޔުނީފޯރމް ބޭލުވުމައް. އޭނާ އުޅެނީ ހިޓްލަރ ހެދެން. ވީ ޑޯންޓް ލައިކް ހިމް.
ފުލުހުން ސިޔާސީ ވަނީކީ ނޫން. ސިޔާސީ މީހުންނަށް ކަންކަން ކުރަން ނޭގުނީމާ ކަތިލަނީ ފުލުހުން.
ރާކަނިމަސް މިފަހަރުވެސް ދިވެހީންނަށް މިބައިގަނޑު ކާންދޭނެ. ކަންކަަމަށް ކުފޫ ހަމަ ނުވާ މީހުން ބޮޑޭ ކޮށްފަ ވެރިންނަށް ލީމަ ވާންވީ ގޮތް މި ފެންނަނީ. މިކަހަލަ އެތައް މައްސަލައެއް ފެންމަތިވެ ފެންނަތާ ކިތަންމެ ދުވަހެއް. ހިނގާ މަޑު މަޑުން ވާގޮތް ބަލަން ތިބެމާ. ގުއި ރެވިއްޖެއްނު. އަދިވެސް ރެވޭނެ ?
ކޮބާ ވޯޓް ދިނީމެންނޫން. ދެން ކޮން އިޙްތިޖާޖެއް.
ސަރުކާރުގެ އިސްވެރިން މިކަން ފަށައިގެން އުޅޭތާ ކިތެއްމެ ދުވަހެއް. ސީޕީ ގެ ނިްމުމަކީ އެންމެ ރަނގަޅު ނިއްމުމެއް ނުން. ފުލުހުން ކެއްތެރެރިވޭ. މިކަމުގެ ނިމުން ވ. އަވަހައް އެބަ އާދެ. އިންޝާﷲ
ޢެމް ސީ ހަމީދު އަކީ ފުލުހަކަހވުރެ ބޮޑަށް ސިޔާސީ އެކްޓިވިސްޓް އެއް އަދި ރެޑްބެލޫން ކަލްޓްގެ ބޮޑެއް އޭނަ ލައިގެން މުވައްސަސާ ހިނގާނީ ފަހަތަށް އަދި ހަމަބިމަށް ތިރިވާނެ ދުވަސް އިންޝާﷲ އަންނާނެ
ޢެބަވޭ ރަގަލު މިގަުމައް ސިޔާސީ މީހުން ހިތުހުރިގޮތަކައް ނެހެދޭނެކަން ދިފާއީ ބާރުތަކުން ދައްކާނެ . ޢެކަން ކެނެރީގޭ ނަސީދު އައް ވިސްނެން ވެއްޖެ .
ސީޕީ އަކަށް އެހުރި އެމް ސީ ހަމީދަކީ ސިޔާސީ ޕޯޑިއަމްތަކިގަައި ސިޔާސީ ވާހަކަދައްކާ މީހުންނަށް ދޮގު ހަދާ ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތު ވަގަށް ލީކުކޮށްފައި ހުރި ސީޕީކަމަށް ވެސް ނާގާބިލު މީހެއް. ދެން ކިހިނެއް ފުލުހުންގެ މުއައްސަސާ ރަނގަޅަށް ކުރިއަށް ގެންދާނީ.
ގައުމަށް ވަރަށްބޮޑު ޒަލްޒަލާއެއް އައުން ގާތްވެއްޖެ. ވަގުތު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.
ތިޔަ އުޅެނީ މި ސަރުކާރު ވެއްޓޭށެވެ
ސާބަހޭ ހިއްވަރުގަދަ ފުލުހުން ހިއްވަރުކޮށްލާ ކުށްތަކަށް އަދަބު ދެވެން ޖެހޭނެ...
ދިވެހި ފުލުހުން ވަޒިފާއިން ވަކިކޮށް އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް ޕޮލިސް ވަޒީފާ ދޭން އޮތީ ނިންމާފައި ހިއްވަރުކޮށްލާ ދިވެހި ފުލުހުން. އެމް.ޑީ.ޕީ ވޯޓް ދިން ފުލުހުންނަށް ވަރަށް ސަލާމް. ޤައުމު މިއޮތީ އަނދަވަޅަކަށް ވައްޓާ ނިންމާފައި ދެން އޮތީ ފުލުހުންނާއި ސިފައިންގެ ހިއްވަރު ޢާޢްމުން ވެސް ތިބީ ތައްޔާރަށް. މި ކަން ނިންމަން އެބަޖެހޭ ޤައުމު މުސްތަޤބަލަށް ދަރިންގެ މުސްތަޤުބަލަށްޓަކައިވެސް.
އަރެމެން ތިބެނީ ހަމައިގައި، ސީޕީ ކީވެގެން އޭސީޕީ ފަައިރޫޒަށް ފިޔަވަޅު ނޭޅި. ކަލޭ ހީކުރީތަ ލޭކެކޭ ދިވެހި ފުލުހުން އެބަތިބި ބައިވަރު. ކަލޭ ދެކެވެސް، ކާފަރުން ދެކެވެސް ބިރެއްނުގަންނާނެ
ދެ ކިލޯ ހަކުރާއި ފުލުހުންނަށް ހަމަލާ ދިން ޑްރަގު ޑީލަރުގެ ހައްގު ހަމަ މުހިންމު ވީތޯ؟ މާދަމަ ތިމާގެ ދަރިންނާއި ދަރިންގެ ދަރިން ބޯލާނެ ގަންޖާ ކޮޅު އެތެރެ ކުރާ މީހުންގެ ހައްގު މުހިންމުވީތޯ؟ މާދަމަ ފުލުހުން ކުރާ އިހްލާސްތެރި މަސައްކަތް ހުއްޓާލީމާ ކާކަަށްތޯ ދެރަވާނީ.
އަނިޔާއަކަށް ހިތްވަރެއް ނުދެމެވެ. ފުލުހުން އަދާކުރަނީ ގައުމުގެ ވަރަށް މުހިންމު ވާޖިބެކެވެ. އެމީހުންގެ މަސައްކަތުގެ މާޙައުލަކީ އަބަދުވެސް ކުށުގެ ވެށީގައިތިބޭ ފަރާތްތަކާއި މުގާބިލް ކުރުމެވެ. އެހެންކަމުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ތެރެއިން ގިނައިން ފެންނާނީ ނުރަނގަޅު ގޮތްގޮތަށް މާނަ ކުރެވިދާނެ އަމަލުތަކެވެ. ކަންމިހެން އޮތްއިރު އެމީހުންގެ ވަޒީފާގެއްލި އަނބި ދަރީން ބިކަޙާލު ޖެހޭގޮތަށް ފިޔަވަޅެއް އެޅެންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެފިޔަވަޅު އެޅުން ނޫންގޮތެއް ނެތްނަމައެވެ.
ރަގަޅު %? ތާއީދު. އެމީހުންނަށް މިހާރު މި ބިމުގަ ރައްކާތެރިކަމެއް ނެތް. ގައިދީން ވެސް އެމީހުންނަށް އަނިޔާކުރަނީ. ބޮންދުންވެސް އަނިޔާކުރަނީ، ނުވިތާކަށް ނޫސްތަކުންވެސް އެމީހުންނަށް އަނިޔާކުރުމަށް ހިއްވަރު ދެނީ.
ކޮމިޝަނަރއަކަށް ގޭތެރެއިން ސިޔާސީ ގޮލައެއް ލީމަ ވާނެ ހައެތި ވެފަ ތިއޮތީ.
އަސްލު މިހާރު ތިބި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޗީފް އޮފް ޑިފެންސް ފޯސް އެ 2 މަގާމަށް ގެނައީ ފުލުހުންނާއި ސިފައިންގެ އަގުވައްޓާލައި އެ މީހުންގެ ބާޜު ކަނޑުވާލައި މި ރާއްޖެ އަށް އިންޑިއާގެ ސިފައިން ގެނަސް އެ މީހުން އެ މަގާމުތަކަށް ލާށެވެ.
އިއްޔެ ސޮއިކުރާޏް ނިންމި އެގްރިމެންޓަކީ އޭގެ ބަޔެކެވެ. އެޖެންޑާ 19 ތަފާތުވާނެއެވެ.
މިފަހަރު ބަޢާވާތްކުރަން ހިތުވެސްނާޅާތި..
ދިވެހި ފުލުހންނާއެކު މިތިބީ.. ސަރުކާރުން ކުރާހާ ކަމަކަށް ބޮލެއް ނުލަނބާނަން.
إنشاء الله، ހުރި ހިތާމައެއްގެ ބޮޑު ކަމާއޭ ތިއޮތީ ދިވެހިރާއްޖޭގައި ބަޣާވާތުގެ ބޮޑުންނަށް ވެރިކަންލިބިފަ، إنشاء الله ހުރިހާ ކަމެއް މިލްކުވެވޮޑިގެންވަނީ ألله سبحانه وتعالى އަށް ކެނެރީގެ އާއި ބޮޑު ސިއްކަގެ އާއިލާ ތަމްސީލު ކުރާ ވެރިކަމެއްގަ ހަމަޖެހުމެއްނޯންނާނެ
މަސްތުވާތަކެތި މައްސަލާއިގަ ބޭނުންވަނީ ތައިލޭންޑްގަ އޮންނަކަހަލަ އެންކައުންޓާ ގާނޫނެއް. މިކަމުގަ ފުރަތަމަ ހަމަލާދިނީވެސް ޑީލަރު. ޢެހެން ގައުމެއްނަމަ އެއީ ފަޔަރ ކޮމާންޑެއް
މަސްތުވާތަކެތި މައްސަލާއިގަ ބޭނުންވަނީ ތައިލޭންޑްގަ އޮންނަކަހަލަ އެންކައުންޓާ ގާނޫނެއް. މިކަމުގަ ފުރަތަމަ ހަމަލާދިނީވެސް ޑީލަރު. ޢެހެން ގައުމެއްނަމަ އެއީ ފަޔަރ ކޮމާންޑެއް
ދަތުރުފަތުރުން ގެއްލުން ވާތީ އެކަމަށް އެމްޓީސީސީން އެހެން ކުންފުންޏެއް ހަދަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދަ ރާއްޖެތެރޭގައި ދަތުރު ފަތުރު ކޮށްގެން އެމްޓީސީސީ އަށް ފައިދާ ވާނެ އެއްވެސް ގޮތެއް ނޯންނާނެއޭ އެތަން ސަބްސިޑައިޒް ކުރުމަށް ޓަކައި ކުރަންވީ ކަމަކީ މާލެ ސަރަހައްދުން ގުޅިފަޅު އެއްކޮށް އެމްޓީސީސީ އަށް ދޭންވީ އަދި އެމްޓީސީސީ އަށް ގުޅިފަޅުދޭތާ އަހަރު ދުވަސް ތެރޭގައި ގުޅިފަޅުން 20 ބިިލިއަން އަކަފޫޓް ހިއްކާ 10 ބިލިއަން އަކަފޫޓް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދީ އެއިރުން އެމްޓީސީސީ އަށް ސަރުކާރުން ސަބްސިޑީ އެއް ދޭން ނުޖެހޭނެއޭ އަދި މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ ކަންކަން ވެސް އެއިރުން އެމްޓީސީސީ އަށް ދޭނީ ދަތުރަކަށް ނަގާނީ 5 ރުފިޔާ ބާކީ ބައި ސަބްސިޑައިޒް ކުރާނީ އެއިރުން ދެން ޔަގީނޭ ރާއްޖޭގެ އިންފްލޭޝަން ވެސް ދަށްވާނެ ކަން ދެން އެމްޓީސީސީ އަށް މާލެ އާއި ވިލިގިލި އާއި ދެމެދު ކަނޑުއޮޅި ހިއްކަން ދޭނީއޭ އެއިރުން އެނިމުނީއޭ...
ފުލުހުން ކުރާ ރަނގަޅުކަންކަން ފާހަގަނުކޮށް ފުލުހުން ކުށްވެރިކުރުމުގެ ސިޔާސަތެއް ގެންގުޅެން ޢުޅުމަކީ އަމިއްލަ އަމިއްލަޔަށް ޤާނޫން ތަންފީޒުކުރާން ޢާއްމުންނަށް ދެވޭ ތަރްޙީބެއް. މިގޮތަށް މިކަން ވެއްޖިއްޔާ ޢާއްމު ރައްޔިތުންގެ މުދަލަށާ ގެދޮރަށް އަދި ހަށިގަނޑަށް މާ ނުރައްކާވެފަ ގެއްލުން ބޮޑުވާނެ
އެހެން ގިނަ ގައުމު ތަކެކޭ އެއްފަދައިން ފުލުހުން ދެކެ އެމްމެ ރުޅި އަންނާނީ ކޮންމެސް ގޮތަކުން ކުށެއް ކުރެވިފަ ތިބި މީހުނާއި އެމީހުންގެ އާއިލާ މީހުން. ދިވެހިރާއްޖޭގައި މަސްތުވާ ތަކެތީގައި ޒުވާނުން ޖެހިފައި ހުރި މިންވަރު ވ. ބޮޑު. އެކަން ހައްލު ކުރެވޭނީ ބުއްފުޅި ޖައްސައިގެނެއް ނޫން. ހަރުކަށިވެގެން. އެކަމް އޭގެ މާނައަކީ އަނިޔާ ކުރާށޭކޭވެސް ނޫން. މަސްތުވާ ތަކެތި އެތެރެ ކުރުމުގައި އެމްމެ ބޮޑު އިސް ރޯލެއް މި އަދާކުރަނީ ގައުމުގެ ވެރިން ގޮތުގައި ތިބި ބައެއް މީހުން. މިމީހުން ހުއްޓުވެން ނެތުމުން މިޖެހެނީ ގަހުގެ ފަތްކޮޅު އުފުރާލައިގެން ވިޔަސް ގަސް މަރާލަން. މިކަން ކުރެވޭނީ ހެޔޮވިސްނޭ ދިވެހި ދަރިން ތަކެއް ގައުމުގަ ތިވެގެން. ޒުވާނޫންގެ %60 ކުއްތަކައް އަރައިގެން ދިއުމުން ގައުމު ކުރިއަކަށް ނުދާނެ. ދިވެހިން ދިވެހިންގެ ގައުމު ހަލާކު ނުކޮއްލާ. މީ އުފަން ގައުމު.
އިހްތިޖާޖް އެއް ނުކުރަން ... އެ ހާދިސާ ހިނގުމުން އެކަމާ ދެރަވާތީ ކުރިކަމެއް
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މީގެ ކުރިންވެސް ބަޣާވާތް ކުރި މީހުންގެ ތެރޭގައި އެންމެ އިސްކޮށް ތިބީ ފުލުހުން !މިހާރުވެސް ތިރާވަނީ ހަމަ އެއްކަމެއް ! ކަލޭމެންގެ އޮތީ ކޮންއިތުބާރެއް ! ސަސްޕެންޑްކުރީމަ އެކަން ޤަބޫލު ނުކުރަނީނަމަ ވަޒީފާ ބޭނުމެއްނެތޭ ބުނެފާ ގެއަށް ދިޔައިމާ ނިމުނީ ! ތިއުޅެނީ ރޭވުމަކުން އަނެއްކާވެސް ބަޣާވާތް ކުރަން !
ޢަލްޖިބްރާ އޭ ކިޔާފަ ކޮމެންޓް ކުރާ ފަރާތަކީ ޢެމް ޑީ ޕީގެ ސަރުކާރުތަކުން ވަރަށް ބައިވަރުތަކެއް ލިބޭ ފަރާތެއްކަމަށް ލަފާކުރެވޭ.
މަޖާ ކަމެއް. ފުލުހުން އަނިޔާކުރީއޭކިޔާފަ ހަބަރު ފުރަތަމަ ގެނަައީ ވަގުތު ނޫސް. ހުރިހާ ކޮމެންޓެއް އޭރު ފުލުހުންގެ އަނިޔާ ވެރިކަމާ. މިހާރު ސަސްޕެންޑް ކުރީމަ މައްސަލައަކަށް. ވަގުތަށް ރަގަޅު ގޮތެއް ނެތް
ފުލުހުން ސަސްޕެންޑުކުރީ އިންސާނަކަށް ޖިސްމާނީ އަނިޔާކޮށްގެން! އަނިޔާ ކުރުމަކީ ކުށުގެތެރެއިންވެސް އެންމެ ލާއިންސާނީވައްތަރު! ފުލުހުންނަށް ހަމަލާދީފިނަމަ އެވަގުތު ފޯސްފުލީ ރިއެކުޓްކުރެވިދާނެ، އެކަމަކު އެމީހަކު ދެން މައިތިރިވެއްޖެނަމަ ޤާނޫނީގޮތުން އިންސާފުގެ ކުރިމަށްޗަށްގެންގޮސް ފިޔަވަޅު އަޅަންޖެހޭނީ! މިހެންބުނާއިރުވެސް އިނގޭ މީހަކު ފިޒިކަލީ ހަމަލާއެއްދީފިނަމަ އަދި ބާރުއޮތްނަމަ ލޭހޫނުވާނެކަން! އެކަމަކުވެސް ފުލުހުންވާންވާނީ ޑިސިޕްލިންގ ބަޔަކަށް! ފުލުހުންނަކީ ވ.ހާއްސަ ތަމުރީނުތަކެއްދެވިފައިވާ ޕްރޮފެޝަނަލް ބަޔަކަށްވާންޖެހޭނީ! ދިވެހި ފުލުހުން ކުރީގެ ބޯދާވިސްނުން ދޫކޮށްލަންވެއްޖެ! ހަމަމިއާއެކު ފުލުހުންނަށްވެސް ހާއްސަ ރައްކާތެރިކަން ކަމާބެހޭ މުއައްސަސާތަކުން ހޯދައިދޭންޖެހޭނެ، އެހެނީ އެމީހުންގެ ވަޒީފާގެ ގޮތުން ތުރެޓްލެވެލް އެހެންމުއައްސަސާތަކާއަޅާބަލާއިރު މަތިވާތީ...
އިއްޒަތްތެރި ރައީސެވެ. ކަންކަން އޮބިނޯވެއްޖެ ނަމަ ތިމީހުން މައިތިރި ކުރަން އިންޑިއާގެ އެހީ އަށް ލަސްނުކޮއް އެދެއްޗެވެ. އެވެރިން ނަކަށް މިފަހަރު ބަޤާވާތް ކުރިއަދީގެން ނުވާނެއެވެ. އިންޑިއާ ސިފައިން އަރުވާ އެވެރިން ރޯނާ އަރުވާލީމާ އޯކޭވެ މައިތިރި ވެދާނެއެވެ.
ފުލުހުންގެ ޔުނީފޯރމް އެޅީމާ އެއީ މަލާއިކަތުންކަން މި އެނގުނީ ވަގުތުގައި މިގޮތަށް މި ހަބަރު ޖެހީމާ. ތަޅާ އަނިޔާކުރިމީހަކީ އެމީހުންގެ އަތްދަށުގައިހުރި އެއްވެސް އާރެއްބާރެއްނެތް ނިކަމެތިމީހެއް ބާރާއި އާރު ލިބިގެންވި މީހުން ނިކަމެތި މީހާގެ ގަޔަށް އަތްލާ ތަލާ ރޯނާ ގަންނުވާލީމާ އެކަން ރަނގަޅުކޮށްގެން ވަގުތު ނޫހުގައި ޖެހުމުން އަހަރެމެން އަޖާބެއްނުވޭ. މިއީ ފުލުހުން ތެރެއިން ގާނޫންމަތީގައިތިބޭ ބައެއް ފުލުހުން ކުރާ ކަންކަމުގެ ކުޑަ މިންވަރެއް ކަމަށް މަމެއް ދެކެނީ..
ކޮންތާކުގައިތިބި ކޮންފުލުހުންތަކެއް ކޮންތާކުގައިތިބެތަ އިހްތިޖާޖްކުރަނީ މިފަދަ ކަންކަން ކުރަން ފުލުހުންގެ ގިނަ މީހުންވެސް ނުރުހޭ ފުލުހުންގެ ތެރޭގައިތިބި ގިނަ މީހުންނަކީ ކިޔަވައިގެންތިބި ތަންދޮރު ދަންނަ ބައެއް. ބަޔަކު މޭފުއްޕާފަ ބާރު އޮތްކަތް ދެއްކުމަށް ކަންކަންކުރުމަކީ ޔާމީނާ ފިރުއައުނުގެ އުޞޫލު. މުޖުތަމަޢުގެ ގިނަ ބަޔަކު ދެކޮޅުވެރިވާކަމެއް.
އިބްރާހިމަށް އެވަރަށް ވޯޓް ލިބޭނީ ސިފައިން ވެސް ވޯޓް ލީމަ ދެން ވޯޓް ލާފައި ހެޔޮވެރިކަން ލިބިގަނޭ
މީގެ ކުރިން ތިމައްސަލާގެ ވާހަކަ ވަގުތް ނޫހުގަ ލިޔަމުން އައީ ފުލުހުން ގެޔަކަށް ވަދެ މީހަކަށް އަނިޔާ ކުރިވާހަކަަ އެއް ގޮތަކަށްވެސް ފުލުހަކަށް އެގެއިން މީހަކު ހަމަލާ ދިން ވާހަކަ ނުލިޔާ އެދުވަހު އަޅުގަނޑު އެކަމާ ކޮމެންޓްވެސް ކުރިން މިއަދު ވަގުތް ނޫހުގަ އެގެްއިން ފުލުހަކަ ފުރަތަމަ ހަމަލާ ދިނީޔޭ ވިދާޅު ވީމަ މާކަ ހަމަޖެހޭ ގޮތެއް ނޫން
މި ގަޢުމަށް ހަކުރު އޯކޭ. ބަނގާޅިން ވެސް އައިސް ހަމަ ވިއްކަންވީ. ވިއްކާގެން ބަސްޓް ވިއަސް ނޮންނާނެ ކުރެވޭނެ ކަމެއް. އެކަން ހުއްޓުވަން އުޅޭމީހާ ދުވަސް ދާނީ.
ސަސްޕެންޑް ކުރުމަކުން ނުފުދޭ.. އެހެން މީހުނެކޭއެއް ގޮތައް މައްސަލަ ތަހުގީގު ކޮއް ހުކުމް ކުރަން ޖެހޭނެ ޖަލައް..ވަކި މީހަކައް ވަކި ގޮތެއް އޮވިގެން ނުވާނެ..
ޕޮލިސް ފެއިލް ..ބޯން އުޅުން ބޮނޑި ބޮވިފަ ތިހިރީ....ދެން ލަލަ ލާ..
ތިވާނީ ތި ބުނާ 2 ކިލޯ ރިހާކުރު ގައި ކޮންމެވެސް ސިޔާސަ ކުއްޖެއްގެ ހިއްސާއެއް އޮތީ އެހެންވެ ސިޔާސީ ނުފޫޒު އައިސްގެން، ސިޔާސީ ސީޕީ، ސިޔާސީ ފިޔަވަޅެއް އެޅީ މަޤާމުގެ ދިފާޢުގައި..
ތީވަރަށް ގިނަ އަދަދެއް އެހެންވީއިރު ދެންތިބީ ހައްތާވެސް އަނިޔާވެރިކަމާ ދެކޮޅު ފުލުހުން
ނުޖެހޭ ހަމައެކަނި އެމީހުން ސަސްޕެންޑް ކުރާކަށް ހަމީދާ އިމްރާނީވެސް މިކަމުގަ ހިއްސާވާންޖެހޭނެ ބައެއް ފުލުންގެ މަސައްކަތަކީ ވަކިވަކި މީހުން ބެނުންގޮތަކަން ކަންކަން ކުރުމުގެ ބާރުލިބިގެން ނުވޭ ކޮންމެކަމަކީވެސް ބައްދަލުވުން ތަކާ ރޭވުންތައް ފުޅާދާއިރާއެއްގައި ރާވައި ކަންކުރާނެގޮތް އެނގިގެން ކުރަމުންދާބައެއް ވީއިރު ކޮންމެ އެމީހުންގެ ކަންކަން ބަރާބަރަށް ހަމީދަށާ އިމްރާނަށް އިނގޭނެ ވީމާ ބަރާބަރަށް ހިއްސާވާންޖެހޭނެ ތިގޮތށް އަދަބު ދިނުމުން ކިތައްއާއިލާޔަށް ތިކަމުގެ އަސަރުކުރާނެ އަދި ދެންތިބި ފުލުހުންނަށް ބޮޑުބިރުވެރިކަމެއް ތިގެނައީ ވީމަ އިހުތިޖާޖު ކުރާނެ ކުރަންވެސްޖެހޭނެ
އިސްލާމީ ޝަރީޢަތް ދިވެހިން ދަސްކުރަން
ވެއްޖެތާއެވެ.
އަނިޔާވެރިކަމަށްވެސް ޙުކުމް ކުރާނީ ޝަރީޢަތުން
ޙުކުމް އެންމެން ތަންފީޒު ކުރާކަށް ނުޖެހޭ
ޢަދި އެހެން ވަނީވެސް ހުކުމް ތަންފީޒު ނުކުރުން
މަތީ ފަޑީ ކަޑަ ހަދަންޔާ ދެންދާނީ މެކުހައް
އިހްތިޖާޖު ކުރާ ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަން.. ވީޑިއޯ އަކުން ކަމެއް ހިނގާކަމަށް ފެންނާތީ އެކަމެއް ތަޙްޤީޤުކުރުމާ ދެކޮޅު ހެދުމަކީ ވަރަށް ވިޔާ ނުދާ ސިފައެއް.. ވަކި ބަޔަކީ ޤާނޫނަށްވުރެ މަތީގައި ތިބޭ ބައެއް ނޫން.. އެ ވީޑިއޯގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ އެއްވެސް ކަމެއް ނުކޮށް ހުއްޓައި، ހަމަ ގޮސް ގަލުން ތަޅައި، ފައިން ތަޅައި ހަދާކަށް ނުޖެހޭ.. އަނިޔާވެރިކަމަށް ތާއީދުކޮށް، ޤާނޫނު މުގުރަން ބާރު ދޭ ހުރިހާ ފުލުހުންނާ މެދު ފިޔަވަޅު އަޅަންވީ..
ތިޔަ ލިސްޓުގައި ގިނައީ ފޭކް އެކުންޓްތައް. އަހަރެންވެސް މިއި ފުލުހެއް.
"އެނޯނިމަސް " އަކީ ޔާމީނުގެ ޕަޕެޓެއްތަ ؟
ނަސީދު ހުންނާނީ ނިކަން އުފަލުން.. އެހެނީ މިއީ އިބޫގެ ވެރިކަމުގެ ނިމުން ގާތްވަމުންދާކަމުގެ އަލާމާތްތަކަކައްވާތީ.