ގައުމީ އެއާލައިން އޮޕަރޭޓް ކުރަމުން އަންނަ އައިލޭންޑް އޭވިއޭޝަން (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފައިވަނީ ވާދަވެރި ކުންފުނިތަކުގެ ހުށަހެޅުންތަކާ ހެދި، މުވައްޒަފުން ވަކިވާތީ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެއެވެ.
އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ބޮޑުކޮށްފައިވާ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން މުހައްމަދު ރިޒްވީ ވިދާޅުވީ، ބައެއް ސީނިއާ މަގާމުތަކަށްދޭ މުސާރަ ބޮޑުކުރީ ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ދަށުން ކަމަށާއި އަދި އޭނާގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
މި ބަދަލު ގެންނަން ޖެހުނު ސަބަބަކަށް ރިޒްވީ ވިދާޅުވެފައިވަނީ ވާދަވެރި ކުންފުނިތަކަށް އައިއޭއެސްގެ މުވައްޒަފުން ގެންދަން އުޅޭތީ ކަމަށެވެ.
އައިއޭއެސްގެ މުސާރައިގެ އޮނިގަނޑު ވަނީ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެއޮނިގަނޑުގައި ހުރި މުސާރައިގެ އަދަދުތައް ސިއްރުކޮށް ދިނުމަށް ރިޒްވީ ވަނީ އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން އެ އޮނިގަނޑުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ނޫނީ އަދަދުތައް ހާމަނުވާގޮތަށް މެންބަރުންގެ ސުވާލުތައް އަމާޒުކުރަން ނިންމިއެވެ. މިކަން މިހެން ހިނގުމުން މުސާރަތައް ބޮޑުކޮށްފައިވާ މިންވަރު ސާފުވެފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ ތަކުގެ ތެރޭގައި އާދަޔާ ހިލާފަށް އައިއޭއެސްގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފައިވާ ވާހަކަ މިއަދު އައިލޭންޑް އޭވިއޭޝަންގެ އެމްޑީ ރިޒްވީ ވަނީ ދޮގުކޮށްފައެވެ.
ގެއްލުންވާލެއްބޮޑީ.
އޭއް އޭއް މިއީ ބަލަ ދެފޫށް ފެންނަގޮތަށް ކަންކުރާނަމޭ ކިޔާ އަަި ސަރުކާރު. ކޮބާތޯ ދެފުށް ޓިގައި ފެނިފައި ކިބާހޭ ޓްރާންސްޕޭރެންސީ. މިގައުމުގެ ރައިސް، ޗަޒީރުން މަޖްލިސް މެމްބަރުން އެންމެންގެ މުސާރަ އިނގޭ. އެކަމަކު މިބައިގަނޑުގެ މުސާރަ ނުދައްކާށޭ މިބުނީ އެތާގެ މުވައްޒަފެއް އަދި މަޖުލިސް ކޮމީޓީންވެސް ފޮރުވީ އޭނަ އެދުނުގޮތަށް. މިކިންކަހަލަ ގަމާރުންނެއް. ރައްޔިތުންނަށް ފެންނަންޖެހޭ ތި މުސާރައިގެ އޮނިގަނޑުވެސް އަދި ފައިސާ ޖަމާކުރާ ކަމުގެ ލިޔުންވެސް ބޭންކް ތަފްސީލްވެސް. ތިޔަހެން ވައްކަން ނުކުރެވޭނެ. ވައްކަމޭ ކިޔައި އައި ސަރުކާރުންވެސް މިފަދަ ބޮޑެތި ވައްކަން މިކުރަނީ. އިސްތިއުފާ ދޭށޭ ވަގުތުން ކިނބޫ ސަރުކާރު
މުސާރަބޮޑުކުރީ ފައިދާވާތީއެވެ. ކުތުބުހާނާ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެއެވެ.
ފައިދާ ދޭންޖެހެނީ ރައްޔިތުން ނަރުދަމާ އަޅަން. ހޭބަލިނުވޭ ދުނިޔއެާހެދި
އަދި ބޮޑެއް ނުކުރޭ