ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ޖިންސީ ފުރައްސާރަ އަމާޒުވި އަންހެން މީހާ ބުނީ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު އޭނާ އަށް ފުރައްސާރަ ކުރީ މިމަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށެވެ. އޭނާ ވަނީ ފިޒިއޮތެރަޕިސްޓްގެ ޝަކުވާ ހޮސްޕިޓަލަށް ހުށަހަޅާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ފިޒިއޮތެރަޕިސްޓާ ގުޅޭ ގޮތުން ޝަކުވާއެއް ލިބިފައިވާ ކަމަށާއި މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ފިޒިއޮތެރަޕިސްޓާ ގުޅޭ ގޮތުން ވަނީ ކޮމްޕްލެއިންޓް ފޯމެއް ލިބިފައި. ހޮސްޕިޓަލުގެ ސްޓާފް ޑެވެލޮޕްމަންޓު އެންޑް މެނޭޖުމަންޓް ކޮމިޓީން ދަނީ މައްސަލަ ބަލަމުން. މައްސަލަ ބަލާ ނިމުމުން ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނަން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފަހަކަށް އައިސް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަލިބެއްޔާ

  އިންޑިއާ މީހެއް ވިއްޔާ ތިކަމުން ސަލާމަތްވާނެ.. ވ.ސަލާމް

  27
  6
 2. މާމިގިލީ މީހާ

  ސަރުކާރުން މިކަހަލަ މައްސަލަތައް އަވަހައް ބަލާ ފިޔަވަޅު އަޅާންޖެހ؛ޭ

  31
  1
 3. އައިމަން

  ރޭޕް ކުރުމާއި ޖިންސީގޯނާ ކުރުމަކީ އަވަށްޓެރި ޤައުމެއްގެ ޓްރެންޑަކަށްވާތީ އެކަން ރާއްޖޭގައި ޕްރޮމޯޓްކުރަނީ ހެހެ!

  21
  3
 4. ޓުކުރި

  މީއިންޑިޔާތަ؟

  14
  1
 5. އަޅާފިޔަވަޅު

  ފިޔަވަޅުއަޅަންވީ މައްސަލަބަލާ ނިމުމަކުންނޫން. އެހެން ކަންތައްތަކުގައިވެސް ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑްކުރަމުން ގެންދާ އުސޫލުން ތިޔަ މީހަކުވެސް ވަގުތުން ސަސްޕެންޑްކުރަން އެބަޖެހޭ. ބިދޭސީއެއްނަމަ މައްސަލަ ބަލާނިމޭއިރު އޭނާ ރާއްޖެއަކުނުހުންނާނެ. އެޗްއައިވީއަށް ޓެސްޓްނުކޮށް ހުރި ލޭއެޅުމުގައި ޒިންމާވާންޖެހުނު މީހާ ކިހިނެއްހެދީ؟ މިނޫނަސް މިކަހަލަ ކިތަންމެ ކޭހެއް ސިއްހީދާއިރާއިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއްޖެ. ޒިންމާނަގަންޖެހޭ މީސްމީހުންނަށް އެޅުނުފިޔަވަޅެއްގެ ޚަބަރެއް ނުލިބޭ.

  • މަގޮލާ

   ކިހިނެތް “ވަގުތުން" ފިިޔަވަޅު އަޅާނީ؟ އެމީހުންނާ ގުޅުމެއް އޮތް ތަނެއް ނޫނޭ އެއީކީ. ހާހާ ޖަސްޓް ކިޑިންގ ބްރޯ....

 6. ޢަބޫ ނިއާމް

  ކޮބާ އެމްއެންޔޫ ވަކިކުރި ލެކްޗަރަރ އޭނަގެ މަސްއަލަ ބެލުނުތަ؟ އޭނައަށް އެހެން ތަނަކުން ވަޒީފާދީފައ މުސާރަ ދީފައި ކޮންމެސް ރަށެއްގައި ހުންނާނެ. މި ސަރުކާރުން ފިޔަވަޅު އަޅަނީ ހަމަ އެކަނި ސިޔާސީވާދަވެރިން ދިވެހިންނާ މެދުގައި... މިހާރު އަހަރުމެން ދިވެހިން ކަންކަން ނުވެގެން އޮފީސް ތަކައްހިގާ އެތައް ދުވަހެއް ނުވެފައި ހުންނަކަން ކަމުގައި ވެސް އިންޑިއާ މީހަކާ ގުޅާލުމުން ވަރައްއަވހައްވއެކަން ވާގޮތްވޭ .. ވަރައްފަސޭހަ ކަމާ އެކު އެކަންކޮއްލާ

 7. ޖިންސީފުރައްސާރަ

  އިންޑިޔާ މީހެއްކަމަށްވާނީ

 8. ޝިފާ

  ތީނަތީ ވަރަށް ޖަރީމާ ހިންގާ މީހެއް.
  އިންޑިޔާމީހުން ޓުއަރިސްޓު ވިސާގައި ގެނެސް ވަޒީފާ ހަމަޖައްސާދޭ މީހެއް.
  ތި އިންޑިޔާ މީހާގެ އަންހެނުންނަކީ ދިވެއްސެއް، އޭނަ ވަޒީފާ އަދާކުރަނީ މަޖިލީހުގައި..
  އަންހެނުންނަކީ ސިއްހީ ދާއިރާގެ ކައުންސިލެއްގެ މެންބަރެއް.
  އެގޮތުން ވަރަށް ގިނަ ކޮރަޕްޝަން ހިންގާ ދެމީހުން.