އައްޑޫ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީ އެ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ފައިސަލް އައްޑޫއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އެ ސިޓީގެ ހުޅުމީދޫއަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށްތަކުގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ.

ފައިސަލްގެ މި ދަތުރުފުޅުގައި ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ކުރީގެ ސަރުކާރުން އަޅަން ފަށާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން ހުޅުމީދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި އައްޑޫ ސިޓީ ނަރުދަމާގެ މަޝްރޫޢު ބައްލަވާލައްވާނެއެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅަށްފަހު މިއަދު ފައިސަލް ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު ބްދުﷲ އަމީން އާއި އެންވާރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހުސައިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އައްޑޫ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ނައިބު ރައީސް އެ ސިޓީއަށް ޒިޔާރަތެއް ކުރައްވާއިރު، މި ސަރުކާރުން އައްޑޫގައި 5.3 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢެއް ކުރިޔަށްގެންދަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޖަގަހަ

    ކުރީގެ ސަރުކާރުން ތިތަން ތަރަށްގީ ކޮށްފައިވަނީ މިހާރުގެ ސަރުކާރަކުން ކޮށްދެވުނު ކަމެއްނެތް..

    65
    • ޕްލީސް ނުދައްޗޭ

      އޭ ހާދަ ޙަބަރެނެތޭ. ދެދުވަސްވަނީ ޙަބަރު އާނުވެ. ވަގުތު ނޫސް ސަރުކާރުގެ ހިމާޔަތަށް ދިޔައީތަ؟އެހެން ނުހަދައްޗޭ އަހަރެމެންގެ ދުވަސްދާނެ ވަގުތު އެހެންހަދައިފިނަމަ. މުޅިގައުމުގަ މިހާރު ސަރުކާރުގެ ބާރުގެދަށަށް ނުގިސްއޮތީ ވަގުތު ނޫހާ ޗެނަލް13. މިދެތަންނުން އަހަރެމެންނަ މިސަރުކާރުގެ ވިޔާނުދާ ޙަބަރެ އިގެނީ އެހެން ހުރިހާތަނެ މިހާރު ކަފުންކުރާ ހިސާބުގަތިބީ ސަރުކާރުން ފިއްތާފަ ނޭވާނެވިގެން.ވަގުތު މިނިވަންކަންމަތީ ދެމިތިބެއްޗޭ ކިތައްމެ ދަތިހާލުގަވިޔަސް. ގައުމައްޓަކާ ހިއްވަރުކޮއްދީ.. މިވެރިކަން މިއީ އަނިޔާ ވެރިކަމެ.ވަގުތު ނޫސްވެރިންގެ ޖިހާދަކީ ރައްޔިތުންގެ ހިއްވަރު މިއަދު.. ވަގުތު ބަދަލުވެެއްޖެނަމަ ރައްޔިތުން ނިކަމެތިވެ ހިތްމަރުވާނެ.

  2. ހހހހ

    ވަރަށް ރަނގަޅު! ސަރުކާރާ ހަވާލުވީމަ ކަމެއް ނުފެށުނަސް ރައީސް ޔާމީން ފައްޓަވާފަހުރި މަޝްރޫޢުތައް ނިންމަންޖެހޭނެ. ތިއީ އިޙްލާޞްތެރިކަމަކީ. މުސާރައާއި އިނާޔަތްޔަށް ރައްޔިތުންގެ ފައިސާއިން ނަގަންޏަ ވާނެ ކަމެއްކުރެވޭތޯ ބަލަން.

    53
  3. Anonymous

    ތިވެސް ވަރެއް. ބޮޑުމުސާރައާއި ގައުމަށް ނުބައްދަލުވަރުގެ މުސާރަ ނަގައިގެން ނައިބުރައީސުންވެސް ތިބެނީ. ރައްޔިތުންނަށްޓަކައި ރައީސް ޔާމީން ފެއްޓެވި މަޝްރޫއުތަށް ފުރިހަމަކުރޭތޭ ބަލަންވާނެ. މުސާރަ ހަލާލުކުރަންވާނެ.

    54
  4. ޢިއްބެ

    ޢައްދޭ !!!!!ކޮންތަރައްގީގެ މަޝްރޫއެއް މަހުވެއި އެއްވިއަސް ކަމައް ނިކޮއް މިކޯ ހީވޭހެއް ނުނީ ވަރައް އަޑޫއައް ކަންތެތިތެބެބެ ކެރާހެން . ޑޮރާމާ ކޮލަނެއި

    46
  5. ޒުބޭ

    ރައްޔިތުންގެ ހަޒާނާއިން އެންމެ ބޮޑު ޚަރަދު ކުރަނީ ރައީސްއަށާ ނައިބު ރައީސްއަށް. އަތްއުރާލައިގެންތިބެ ފޮނިކަނޑާ ދޮގުހަދާ ހުއްޓުމެއްނެތި ކެމްޕޭން ކުރާހެން ޕޯޑިއަމްތަކުގައި ހަޅޭއްލެވުމުން މުސާރައެއް ހަލާލެއްނުވާނެ. ޚަރާމް އެއްޗެހި ދަރިންނަށް ކާންދިނީމަ އަޚްލާޤް ނުބައި ތަރިންތަކެއް އެ ބޮޑުކުރެވެނީ.

    44
  6. ނުފެނެއޭ

    މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެެއް، ރައީސްގެ އުއްމީދީ ޖަވާބު ދެވުނު ކަމަށް މަމެން ނުދެކެމޭ ސަރުކާރުން މިހާރު އެކުރާ ކަމަކީ އެއީ ޖަޒީރާ ހޮޅު އަށީގެ ނަމުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށީއޭ ސަރުކާރުގެ ބަޖެޓުން އެއީއޭ އެމެން އެކުރާ ކަމަކީ ސަރުކާރުގެ ބަޖެޓް ގައި ހުރި ފަައިސާ އިން ކެމްޕެއިން ކުރުން ނޫން ކަމެއް އެމްޑީޕީގެ ވެރިކަމުގައި ނުކުރެއޭ މީންސް ހުރި ގޮތެއްގައި އެއްވެސް އިގްތިސާދީ ކަމެއް މާލެ ސަރަހައްދުގައި ކުރާ ތަން ފެނިގެން ނުދެއޭ

    31
  7. ފަހުދާ

    ކަރަންޓު އަދިވެސް ހަމަދަނީ އިރު އިރު ކޮޅުން.....މަ ފާހަނާގަ ހުއްޓާ ގިނައިން ދަނީ..އައްޑޫ އިން ހިޖުރަ ކުރަން ވީ.

    21
    1
  8. ނަފާ

    ޢައްޑޫ މީހުން މޮޔަހައްދަން. ޢެއްވެސްކަމެއްކުރިބައެއްނޫނޭ ތީ. ޔާމީން ކުރިކަމެއް ތިތާފެއްނަން ހުރީ.

    35
  9. Anonymous

    އެޑިއުކޭޝަން މިނިސްޓަރ އަރިހުގަ ވަޑައިގަތްތޯ. ހަމައަހާލީ. އެ މަންޖެ ނުފެންނާތީ.

    26
  10. ޢަލީ

    ކޮންމެހެން ބަހަނާ ނުދެއްކިއަސްހެޔޮ! ތިދަނީކީ މަޝްރޫޢުތައް ބަލާކަށްނޫން. ކޮން މަޝްރޫޢެއް ތިތާ ހިނގަނީ؟ ރީތިކޮށް ބުނިއްޔާ މާރަނގަޅުވާނެ. މަންމައާ ބައްޕައާ ބައްދަލުކޮށްލާށޭ މިދަނީ. ތިހެންކިޔާ ކޮންމެ ހަފަތާއަކު ނުވަތަ ދެހަފްތާއިން އެއްހަފްތާ ތި ދަތުރެއް އެބަކުރޭ، އެކަމަކު މަށޯ އެންމެ ނަޒާހަްތެރީ ކިޔައިގެން ވާހަކަ ދައްކާނެ.

    29
  11. ދޮންބެ

    ފޮޓޯ ނެގުމަށް ކުރާ ދަތުރު ތަކެއް ތި

    31
  12. ކަޓުޕާޓީ

    މަގާތައްހަމަ ހިނިއަންނަނީ.. ހިންގާބޮޑެތިބިޔަ މަޝްރޫއުތަކާހެދި. ކެކެކެކެކެ

    24
  13. އައިކުޑް

    ގާއިމް ކުރަން ބޭނުންވަނީ ދެން އަންނަ ބަޔަކު ވެސް ނުކުޅެވޭނެ ނިޒާމެއް ކަމަށް ނައިބް ރައީސް ފުވައްމުލަކު ފައިސަލް ބުނާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެގޮތުން ފުވައްމުލަކަކީ އެއީ އިގްތިސާދީ ޕޮޓެންޝަލް އެއް ނެތް ތަނެކޭ އައްޑޫ އަކީ ޓޫރިޒަމް ޑެސްޓިނޭޝަން އެއް ނޫނޭ ދެން އައްޑޫ ހަދަންވީ އެއީ ރާއްޖޭގެ އިންޑަސްޓްރިއަލް ޕާރކަކަށް އެކަން ކުރަން ހުޅުދޫ މީދޫން މީހުން މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި އޯއް ޔޭއް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ދެއަރ ލައި ލައި ލައި ލައިފް...

  14. ދިސްވޭއޭ

    ރައްޔިތުންގެ މަޖްލީހުން ގާނޫނެއް ފާސް ކުރަންވީ މީގައި ރަނގަޅީ ގާނޫނު އަސާސީ އަށް ބާބެއް އިތުރު ކުރިއްޔާއޭ ދައުލަތުގެ ބަޖެޓް އަރަނި ކުރުމާއި ބެހޭ ބާބެއް އެ ބާބް ގައި ހިމަނަންވީ ރާއްޖޭގެ ބަޖެޓް އަރަނި ކުރުމަށް ޓަކައި ދަ ރާއްޖެތެރޭގައި 50 ހާހަށް ވުރެން ދަށް އަދަދުން މީހުން ދިރިއުޅޭ ހުރިހާ ރަށް ތަކުގެ މީހުންނަށް މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭން 100 އަހަރު ދުވަސް ތެރޭގައި ކުއްޔަށް ބަދަލެއް ނާންނާނެ އުސޫލުން ދެން ފަޅު ކުރާ ރަށް ތައް މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮޮށްފައިވާ ވިޔަފާރި ވެރިންނަށް ރުއް ތައް ހައްދާ ކާށި އެކްސްޕޯރޓް ކުރުމަށް ޓަކައި 1000 އަހަރަށް އެއިން ރަށެއްގެ 1 ލައްކަ އަކަފޫޓް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާނީއޭ...

    2
    1
  15. އެވްރީ

    މިފްކޯ އިން އެސްޓީއޯ އަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއޮތީ ސަރުކާރަށް އެކްސްޕެންސިވް ލެސަން އެއް ނަގާދީފައޭ ބައި އެކްސްޕީރިއެންސް އިން ސަރުކާރުގައި އުޅޭ ބޮޑުންނަކީ އެއީ ނޮން ޕްރެކްޓިކަލް ކޮށް ކަން ކުރާ ދަ ކިއްލި ތަޅާ އިން މާސްޓަރސް އާއި ޕީއެޗްޑީ ހަދައިގެން އައިސް ސްޓޭޓަސް އެއްގެ ބޭނުމުގައި ވަޒީފާ އަދާ ކުރާ މީހުން ކަން މިހާރު މިދަނީ އެގިގެންނޫންތޭ ސަރުކާރުން ދަ ރާއްޖެތެރޭގެ މަސްވެރިކަން ކުރާ ފަރާތް ތަކަށް އެއްގޮތަކަށް ވެސް ދޫދޭނެ ކަމެެއް ނެތޭ މަސްވެރިން މަސްވިއްކަން އަންނަގަ މާލެ އަށް އެނިމުނީއޭ ދެން އެމެން މާލެ ސަރަަހައްދުގެ ވިޔަފާރި ވެރިންނާއި ގުޅިގެން މިކަން ކުރަން ޖެހޭނީ

  16. ނިންމާތި

    މިފްކޯ އަށް މިއަަހަރުގެ މިހާތަނާއި ހަމައަށް އައިއިރު މީ ރާއްޖޭގެ ތާރީޚް ގައި ވެސް މިފްކޯ އަށް އެންމެ ކުޑަ މުއްދަތުގެ ތެރޭގައި އަހަރު ދުަވަސް ނުވަނީސް އެންމެ ބޮޑު ގެއްލުން ވާ ކުންފުންނަކީ އެއީ މިފްކޯއޭ މިކަން އެބަޖެހޭ ޑެޑް ސީރިއަސް ކޮށް ބަލަން ދަ ރާއްޖެތެރޭގައި ތިބި އަމިއްލަ އެދުން ބޮޑު މަސްވެރިން މުއްސަނދި ކުރުމަށް ޓަކައި ނުޖެހޭނެއޭ މިފްކޯއިން އަގު ބޮޑު ކޮށް މަސްގަނެގެން އަދި ނުއަގުގައި މަސް ވިއްކަން ދުނިޔޭގެ މާރކެޓަށް ވިއްކަން މިކަން ބަދަލު ކުރަންވީއޭ މިފްކޯ މިހާރުން މިހާރަށް ބަންދު ފެލިވަރު ވެސް ބަންދު އަދި ކޫއްޑޫ ވެސް ބަންދުކޮށްލަންވީއޭ މާލެ ސަރަހައްދުގެ ވިޔަފާރި ކުރާ މީހުންނަށް ދޫކޮށްލަންވީއޭ ދަ ރާއްޖެތެރޭން މާލެ ސަރަހައްދަށް މަސް ގެނައުުމުން މިނޫން އެއްވެސް ގޮތެއް މީގައި ނެތޭ މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

  17. ދިސްއިޒް

    މިފްކޯ އަށް މިހާތަނާއި ހަމައަށް އައިއިރު 450 މިލިއަން ރުފިޔާ އިން ގެއްލުން ވެފައިވާ ނަމަ ލޮސްކޯރޕަރޭޓް ކުރާ ގޮތަށް އެއް ގޮތަކަށް ވެސް މިފްކޯ ހިންގައިގެންނުވާނެއޭ އެނޫން ގޮތެއް އެބަ ޖެހޭ ސަރުކާރުން ހޯދަން މަސްވެރިން ނަށް ވުމުން އެމެން ވެސް އެކަން ކުރަނީ ވިޔަފާރި އުސޫލުންނޭ އެމެން މަހަށް ނުދާނަމަ ދެން އޮނާނެއޭ އެހެން ގޮތެއް އެގޮތުން ބަލާއިރު ރާއްޖޭގައި ފުރަތަމަ މަސް ދަޅުގައި ބަންދުކުރުމެ ޚިޔާލު ވެސް އައީ އެއީ ރާއްޖެ އަށް އައި ޖަޕާނުގެ މަރުބޭނީ ކުންފުނިން ދަސްކޮށް ދިން ކަމެކޭ ކަން މިހެން ހުރުުމުން ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެތަނަށް އަނެއްކާ ގެންނަންވީއޭ މަރުބޭނީ ކުންފުނި އެމެންނަށް ދޭނީ ގާފަރު ފަޅުން 1000 އަހަރު ދުވަހަށް 1 ކިލޯ މީޓަރު ދިގު އަދި 1 ކިލޯ މީޓަރު ފުޅާ ބިމެއް ގާފަރު ފަޅުން ފެކްޓަރީސް ތަކާއި އަދި ބްރީޑިންގް ފެކްޓަރީސް ތައް ހަދަން އަދި ސްލިޕްވޭ އަކާއި ބޯޓް ޔާރޑެެއް ވެސް ހަދަން އެއިރުން ދެން އެމެން އެކަން ކުރާނެއޭ އޯއް ކާންޓް ޔޫ ބިލީވް އިޓް އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ..

  18. މޫސަ

    ފައިސަލް. ކަލޭމެންނަށް މަޝްރޫއުތަކެއް ފެށިއްޖެތަ .ތިޔައީ ހުރީ ކުށްޅަވައްފަލު ރަނިން ހެދިފަ. ތިޔައީ ހީކުރިވަރަށް ވުރެ ބޮޑާ މީހެއް.

    14
    1
  19. ހޮޅިމީހާ

    ނަރުދަމާއޭ؟ އައްޑޫގަ ތިޔަ ނަރުދަމާއެއް އަޅަަންް ފެށީ އަންނިގެ ރައީސް ކަމުގެ ދައުރުގަ. އޭގެ ފަހުން ހުއްޓިފަ، ފަށްޓާފަ، ހުއްޓިފަ، ފަށްޓާފަ، މިހާރު މުޅީން މަރުވެއްޖެހެން ހީވަނީ. މި ސަރުކާރަކު ނެތޯ ލާރިއެއް އައްޑުއަކަށް، މޯދީ ދަރަންޏަށް އެއްޗެއް ނުދެންޏަކާ. ދެން ފައިޞަލަކު ވަޑައެއްގެންފަ ބައްލަވާލައްވާކަށް ކޮން އެއްޗެއްބާ؟ ފޯއްމުލަކަަަަަަށް އޮތް ދަތުރެއްގައި އައްޑޫއޭވެސް ކިޔާލީ ތާ؟ އޭރުންތާ ލައްކަ މަސްއްކަތް ކުރާ ކަމުގެ އަޑު އަރާނީ؟

    11
  20. މަރިޔަމް ހަނީފާ

    ހެހެ ހޭ! ކޮން ތަރައްގީގެ މަޝްރޫއައް މިތަނި ހިނގަނީި މީހަކާ ބަލާއް. ކޮންބާކިން އޮޅުވާއް. ތެބައި ދެން ނިހިނގާހެއް.

    13
  21. ސަމްޓައިމްސް

    ރާއްޖެތެރޭގެ ކައުންސިލް ތައް އަބަދުވެސް މާލެ އައިސް ވެސް ސަރުކާރުގެ ބޮޑުން ގާތު ކިޔާނީ ސަރުކާރުން ކަންކަން ކޮށް ނުދޭ ވާހަކަ ތަކޭ ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާނީ ބަދަލުގައި އެމެން އަމިއްލަ އަށް ޒިންމާ ނަގައިގެން ކަން ކަން ކުރާ ތަން ފެނިގެން ނުދެއޭ އެއީއޭ ދަ ރާއްޖެތެރެ ތަރައްގީ ނުވުމުގެ މައިގަނޑު މައްސަލަ އަކީ ކަން މިހެން ހުރުމުން އަވަހަށް އާބާދީ ގައި 50 ހާހަށް ވުރެން ދަށް އާބާދީ ހިމެނޭ ނަމަ އެ އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި ގުޅިފަޅު ހިއްކަން އެމްޓީސީސީ އާއި ހަވާލު ކުރަންވީއޭ ނައު އައި ހޭވް ޓު ސީ ދަ ޓްރުތް އިން ޔުއަރ ފޭސް ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓީ އީވެން ދޯ ޔޫ ނޯ ދަ ރިއަލިޓީ އޯއް އޯއް އޯއް އޯއް...