ރޭ ދަންވަރު މާލޭގެ އިމާރާތެއްގެ ބެލްކަނީގެ ބައެއް ވެއްޓިއްޖެއެވެ.

ރޭ ދަންވަރު 12:50 އެހާކަންހާއިރު ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓުމުގެ ރިޕޯޓް ލިބިފައިވާކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އެސަރަހައްދަށް ގޮސް އާންމުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ރޭ މިހާދިސާ ހިނގާދިޔައިރު މިދިޔަ މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ގެއެއްގެ ބެލްކަނި ވެއްޓި އާންމުންގެ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

މާލޭގައި ހިނގަމުންދާ މިފަދަ ހާދިސާތަކާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީން ވަނީ މާލޭގައި ހުރި ގިނަ ދުވަސްވީ އިމާރާތްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    މިފަދަނުރައްކާތެރި ތަންތަން އަވަހަށް އާންމުންނަށް އަދި ސަރުކާރަށް އެންގުމުގެގޮތުން ވައިބަރ ގުރޫޕެއްހަދަް

    3
    1
  2. އަހްމަދު

    މާލޭގައި ހުރި އެފަދަ އިމާރާތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ތަޅާ ބިމާހަމަކުރަން ފެނޭ.