މާލޭ ސިފައިންގެ މަރުކަޒެެއް ކަމުގައިވާ ކަޅުތުއްކަލާ ކޮށީގައި މިއަދު ވެސް ބަޑި ޖެހުމުގެ ތަމްރީންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކަޅުތުއްކަލާ ކޮށީގައި ސިފައިން ކުރިއަށް ގެންދާ ތަމްރީނެއްގައި ބަޑި ޖެހުމުގެ ހަރަކާތެއް މިއަދު ހެނދުނު 10:00 އިން 11:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ތަމްރީންތަކެއް. މިތަމްރީންތައް ކުރިއަށް ގެންދާނީ ކަޅުތުއްކަލާ ކޮށީގެ މަރުކަޒުގެ އެތެރޭގައި" އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

އިއްޔެ ވެސް ކަޅުތުއްކަލާ ކޮށީގައި ސިފައިން ވަނީ ބަޑި ޖެހުމުގެ ތަމްރީނެއް ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން ވަނީ މިއަހަރު މިހާތަނަށް ގިނަ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ވެސް މިއަހަރު ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު