ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވަން އެހީތެރިވި ކަމަށް ބުނެ ހައްޔަރު ކުރި އޭނާގެ މަންމަގެ ފޯން ކޯޓު އަމުރެއް ނެތި ފުލުހުން ހިފަހައްޓައިފި ކަމަށް އޭނާ ބުނެފިއެވެ.

ޝައިމްގެ މަންމަ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޝައިމް ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހައްޔަރު ކުރީ އއ.އަތޮޅު ފެރިދޫން ކަމަށެވެ.

"އަޅުގަނޑު ފެރިދޫން ހައްޔަރު ކޮށްގެން މާލެ ގެނެސް ކްރިމިނަލް ކޯޓަށް ގެންގޮސް ފުލުހުން އެދުނީ 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދޭން. ނަމަވެސް ފުލުހުން ކުރާ ތުހުމަތަކާއި ގުޅިގެން އެއްވެސް ހެއްކެތް ނެތުމުން ކޯޓުން ދިނީ ހަ ދުވަސް. މިދިޔަ ބުދަ ދުވަހު އަޅުގަނޑު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެން އިތުރަށް ބަންދުގެ މުއްދަތު އިރުކޮށް ނުދީ އަޅުގަނޑު ދޫކޮށްލާފައި." ޝައިމްގެ މަންމަ ބުންޏެވެ.

ޝައިމްގެ މަންމަ ބުނީ އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. ނަމަވެސް ކޯޓުން ނެރެގެން އެދުވަހު މެންދުރު ފަހު 14:00 ހާއިރު އަތޮޅުވެއްސަށް ގެންދިޔަ ގޮތައް އެރޭ 22:00 ހާއިރު ވަންދެން އެތަނުގައި ބޭންދި ކަމަށް ޝައިމްގެ މަންމަ ބުންޏެވެ.

"ފޯނެއް ނުދިން ފުލުހުންނެއް. ފުލުހުން ވިދާޅުވަނީ ފޯނާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އަދި ނުނިމޭ ކަމަށް. ނަމަވެސް ޤާނޫނީ ވަކީލުން ވިދާޅުވަނީ ކޯޓު އަމުރެއް ނެތި ފޯނު ނުހިފެއްޓޭނެ ކަމަށް. އަދި ފުލުހުން ވަނީ އަޅުގަނޑު މާލެ އިން ފުރައިގެން ބޭރަށް ދާނަމަ ފުލުހުންނަށް އަންގަން ވެސް ޝަރުތުކޮށް އިޤުރާރެއްގައި ސޮއި ކުރުވާފައި. ކޯޓުން އަޅުގަނޑުގެ މައްޗަށް ޝަރުތެއް ނުކުރަނީސް ފުލުހުންނަށް އެގޮތައް ޝަރުތެއް ކަނޑައެއް ނޭޅޭނެ." ޝައިމްގެ މަންމަ ބުންޏެވެ.

ޝައިމްގެ މަންމަ ބުނީ ޝައިމް ފޮރުވުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އޭނާ ދިރިއުޅެމުން ދަނީ ވެސް ފެރިދޫގައި ކަމަށެވެ.

"ދިރިއުޅޭނެ ތަނެއް ނެތިގެން އަޅުގަނޑު ދިރިއުޅެމުން މިއަންނަނީ ފެރިދޫގައި ރައްޓެއްގެ ކައިރީގައި. ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ހުރީ އޭނާގެ ބައްޕަގެ ބެލުމުގެ ދަށުގައި." ޝައިމްގެ މަންމަ ބުންޏެވެ.

ޝައިމްގެ މަންމަގެ ފޯން ކޯޓު އަމުރެއް ނެތި ފުލުހުން ހިފަހައްޓާފައި ވޭތޯ އާއި، ކޯޓުން އޭނާގެ މައްޗަށް ޝަރުތެއް ނުކުރަނީސް ފުލުހުން ޝަރުތުތަކެއް ކަނޑައަޅައިގެން އިޤުރާރެއްގައި ސޮއި ކުރުވިތޯ ބަލަން ތަކުރާރުކޮށް ފުލުހުންނަށް ގުޅުމުން ވެސް ފުލުހުން މައުލޫމާތު ސާފުކޮށެއް ނުދެއްވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ "މައުލޫމާތު ސާފުކުރުމަށް ފަހު މައުލޫމާތު ދޭނަން" ކަމަށެވެ. ނަމަވެސް ގަޑިއިރުތަކެއް ވީއިރުވެސް ފުލުހުން އެމައުލޫމާތު ސާފުކޮށެއް ނުދެއްވިއެވެ.

ފިލައިގެން އުޅެނިކޮށް ފުލުހުން ޝައިމް ހޯދާފައި ވަނީ ޖުލައި 6 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަދާލަތު

    މިހާރަކަށް އައިސް ކޮންމެކަމެއްގައިވެސް ފުލުހުން ކުށްވެރިކުރެއްވުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާތީވެ ހިތާމަކުރަން. ފުލުހުންނަކީ، އަޅުގަނޑުމެންގެ ކަންތައްތައް ސަލާމަތްތެރިކަމާއެކު ބަލަހައްޓަންތިބި ދިވެހިޤައުމުގެ ދިވެހިރައްޔިތުން. ނުވަތަ ދިވެހި ދަރިންނާއި، އަޚުން، އަދި އުޚުތުން. އެމީހުން މީހެއްގެފޯނު ފޭރިއެއް ނުގަންނާނެ. ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތެއް އޮތްތޯ ބެލުމަށްފަހު ފޯނު ޙަވާލު ކުރާނެ. ތަޙުޤީޤެއް ހިނގާކަމުގައިވާނަމަ، ރަށުންބޭރަށް ދާނަމަ، ރިޕޯރޓްކުރަން ފުލުހުންނަށް އެންގިދާނެ. އެއީ ބަންދުކުރުމެއްނޫން. މިއަދު ދިވެހީންގެ ފިކުރު މިހުންނަގޮތަކާމެދު ވަރަށް ހިތާމަކުރަން.

    56
    9
    • އަހްމަދު

      ފުލުހުން ކުށެއްކުރީމާ ކުށްވެރި މިކުރަނީ. ކޯޓްއަމުރުނެތި ފޯނުއަތުނުލެވޭނެ އެއީހަމަބޮޑުކުށެއް. އަދާލަތު ތިޔައޮތީ ވަކިފަރާތަކަށް.

      19
      5
  2. މޮހަނު

    ފުލުހުންގެ މީޑިޔާ އޮފިޝަލޭ އެކިޔަނީ ހަދާފަ ހުރި ސޮފްޓްވެއަރ އަކަށް ނޫން، އެއީ އިންސާނެއް، ހަބަރު ފަތުރާ ފަރާތްތަކުން ކުރާނީ ކޮން ސުވާލެއްކަމެއް އޭނައަކަށް ނޭގޭނެ މީޑިޔާ އަށް މަޢުލޫމާތު ދެނީ ކަމާއި ގުޅުންހުރި ފަރާތްރަކަށް ގުޅު މަޢުލޫމާތު ހޯދާ އެކަށަވަރު ކުރުމަށްފަހު

    23
    15
  3. ފަހުދާ

    ޝަޔިމުގެ މައްމަ ހަރުދަނާ މީހަކާ ދެ އަންބައްނަމަވެސް އިނދެ ހަރުދަނާ ދިރިއުލުމެއް އާރާސްތު ކުރަން މާ ލަސްވެސް ވެއްޖެ..ދަރިން ތަރުބިއްޔަތު ވާނީ ބެލެނިވެރިން ވެސް ޒިންމާ ނަގައިގެން.

    42
    3
    • ބަކުރުބެ

      މަ މިހުރީ ތައްޔާރައް ކައިވެނި ކުރަން،

      17
      1
  4. މާއިގޭ

    ދަރިން ރަގަޅު ގޮތުގަ ތަރުބިއްޔަތު ނުކުރެވެންޖާ ނޮހޯދަބަލަ

    33
    • Shimana

      Dharinnaky hoadhaa ehchehe noooney manjey dharin aee dhehvaa ehcheh

      1
      1
  5. Anonymous

    ގާނޫނީ ވެރިކަމުގައި ކަންހިނގާނެ މަގު މިފެންނަނީ

    10
    2
  6. އައްޓަމަސް

    ކޮންމެކަމެއްސިޔާސީކޮށް ގަވްމުބޮއްސުންލައްވާބަޔަކީ ނޫސްވެރިން މީހަކު ބުނާހާއެއްޗެއްނޫސްތަކުގައި ޖަހައިގެންނުވާނެ ބަސްރައްދުވާފަރާތުގެ ބަހެއް ނުހޯދައި! ފުރަތަމަދަރިންބެލުމުގެޒިންމާ ތިމަންމައަށް އަދާކުރެވުނުތޯބަލާބަލަ، އެޒިންމާއަދާނުކޮށް ސަރުކާރާއި ފުލުހުންގެ ބޮލުގައި ހުރިހާކަމެއް އަޅުވަން އުޅޭތަން މިފެންނަނީ!

    17
    5
  7. ައަހުމަދު

    އަށްޓަމަހާ ކަލެޔަށް ތި ކަމުނުދިޔައީ ގައުމުގެ ހާލަތު ރައްޔިތުންނަށް އަންގާދޭތީ ސަރުކާރުން ކޮންމެ ރަޔެއްބުޔަސް ނޭނެގޭކަމަށް ހެދިގެން ތިބެންވީ ޔަގީނޭ މީ ރީންދޫބާގާގެ މީހެއް ލޮލަކަށް ނުފެންނާނެ އަޑެއް ނީވޭނެ ގައުމު ކޮންމެގޮތކަށް ދިޔސް ހަމަ ރަނގަޅު

  8. ނަވާރަ

    ސިޔާސީކުރަނީއްޔަކީނޫން ގުޅަންވާފަރާތްތަކާގުޅައިގެން ޖަވާބުނުލިބުނަސް ބުނަންވީތޯ ޖަވާބުދެއްވީ ވަރައް ރަނގަޅައްކަމައް އެއީޔަކީރަނގަޅުގޮތެއްނޫންދޯ

  9. ތޮށިބާ

    ދަރިން ވިހާފަ ކުށުގެ ވެއްޓަށް ދޫކޮށްލީމަ ކަލޭގެ ހައްގު އަދާ ވީއެއް ނޫނޭ! ބުރާންތި ވެފަ ހުއްޓަސް ބޮޑުވަރު

    5
    1
  10. މޮޔަ

    ބަލަ ފޯނުވެސް ނަގަން ޖެހޭ ހާލަތް ތަކުގައި ނެގޭނެ.

    6
    1
  11. މަ

    ޝައިމް ގެ މަންމަ ވެސް ހުރޭތަ

    5
    1