ބިޒްނަސްގެ ދާއިރާއިން މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ މަޝްހޫރު ކޮލެޖެއްކަމަށްވާ މޯލްޑިވްސް ބިޒްނަސް ސްކޫލުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާރސް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

ބިޒްނަސް ސްކޫލްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ސަމީ ސައީދު ވިދާޅުވީ، ވަރަށް ހެޔޮ އަގެއްގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ މާސްޓަރސް ހެދުމުގެ ފުރުސަތު ހުޅުވާލާއިރު، އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތި ލެވޭނެ ކަމަށެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުއެވެ. މިއީ 12 މަސް ދުވަހުގެ ކޯހެކެވެ.

މިހާރު ފަށައިގެން ކުރިއަށްގެންދާ އެޑިޔުކޭޝަން އެެކްސްޕޯގައިވެސް އެ ކޯހުގެ އިތުރުން، އިތުރު ކޯސްތަކާއި ގުޅޭ މައުލޫމާތުތައް ވެސް ދަނީ ދެމުންނެވެ.

ސާމީ ވިދާޅުވީ، މި ކޯހަކީ ރާއްޖޭގެ ކުއެލިފިކޭޝަން އޮތޯރިޓީންވެސް ހުއްދަ ދީފައި އޮތް ކޯހެއް ކަމަށާއި، ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ގުޅުންހުރި ދާއިރާއަަކުން ބެޗްލާސް ޑިގްރީއެއް އޮންނަ ކޮންމެ މީހަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ކޯހަކީ ރާއްޖޭގައި އެންމެ ފުރަތަމަ އޮންލައިންކޮށް ކިޔަވާދޭ މާސްޓާސް ޕްރޮގްރާމެވެ.

"އޭގެ މާނައަކީ ރާއްޖެ ތެރޭގައި ތިބޭ ބެޗްލާސް ކުދިންނަށްވެސް މި ކޯހުގެ ބައިވެރިވޭވޭނެ. އަދި އެފޯޑަބަލް ޕްރައިސެސްތަކެއް އަދި މި އިންނަނީ". ސާމީ ވިދާޅުވިއެވެ.