މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމްގެ ފޮޓޯގްރާފަރު، އަދުހަމް މުހައްމަދު (އަދޫ) ނިޔާވެއްޖެއެވެ.

ލޭ އަޅާ ޒުވާނެއް ކަމަށްވާ އަދޫ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހާރަގައެވެ.

ޝަލަބީގެ އޮފިޝަލް ފޮޓޯގްރާފަރުގެ އިތުރުން އަދޫ އައީ ބަރިސްތާ މޯލްޑިވްސް އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފަރެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ. އަދޫ، ޝަލަބީގެ ފޮޓޯގްރާފަރަކަށްވީ މީގެ ދެއަހަރު ކުރިންނެވެ.

އަދޫ މިއަދު ނިޔާވިއިރު އޭނާގެ އުމުރަކީ 24 އަހަރެވެ.

ލައިފްސްޓައިލް މަޖަައްލާއެއް ކަމަށްވާ "ދޯ" އަށް މިދިޔަ ޖޫން މަހު ދިން އިންޓަވިއުއެއްގައި އަދޫ ބުނީ ފޮޓޯގްރަފީ ކެރިއަރާއި ހިތްހަމަޖެހޭ ވަޒީފާއަކާ އެކު އޭނާގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރި ކަމަށާއި އެހެންވެ، ތެލަސީމިއާ ބަލި ރަނގަޅުކުރެވޭ ހަމައެކަނި ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފުރުސަތެއް ހޯދަން މަސައްކަތް ނުކުރާ ކަމަށެވެ.

"ކުރިން ލިބުނު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު. އެފަހަރު ޓެސްޓްކޮށްގެން މަންމަ އާއި މެޗުވީ 75 ޕަސަންޓު. އެވަރުން ޓްރާންސްޕްލާންޓު ނުހެދޭނޭ އެ މީހުން ބުނީ. ފަހުން ޓްރައިއެއްވެސް ނުކުރަން." އެއިންޓަވިއު ގައި އޭނާ ބުންޏެވެ.

އަދޫ ނިޔާވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެެކުވެރިޔާ

    އަދޫ އަށް ހެޔޮރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރަން

    108
    1
  2. މާމިގިލީ މީހާ

    ސަރުކާރުން އާސަންދަގެ ދަށުން ބޯންމެރޯ ހެއްދޭ ގޮތް ހަދާން ވެއްޖެއެއްނޮއް. މިހާރުވެސް ރާއްޖޭގެ ކިތައް ކުދިން އެބަތިބި، އަތުގައި ތަނަވަސް ކަމެއް ނެތިގެން ބޯންމެރޯ ނެހެއްދިފަ.

    82
    5
    • ތުނިޔަ

      އާސަންދައިން ބޯމެރޯހެދޭ އިނގޭތޯ..ހީވާގޮތުން ބޯން މެރޯ ނެހެދިފަ ތިބޭކުދިންނަކީ ގުޅޭ ޑޯނާއެއް ނުލިބިފަ ތިބޭކުދިން.

      36
      5
      • ސަމާ މާލެ

        50%ވެސް އާސަންދައިން ނުދޭ.

        16
        2
    • އަޖައިބު

      ތެލެސީމިއަރ ކުދިން ލިބޭ ގޮތް ވަރައް ސާފު.. ކީއްވެ އެފަދަ ދެމީހުން ކިވެނިކޮށް ދަރިން ހޯދަނީ؟ އެނގިތިބެ ލޮލަށް ތިނޯސްހެރުން އެ އީ ☝️

  3. ޢާން

    މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށި.އާމީން.
    ތެލަސީމިއާ ސެންޓަރު އެބަޖެހޭ ވ.ރަނގަޅު ފެންވަރަކަށް ހިންގާ ހަރުދަނާ ކުރަން.ރާއްޖެއިން ބޭރަށް ދިއައީމަ އެބަބުނޭ އެއްފަހަރުވެސް ލޭ ނާޅާއަންނާށޭ.އޭރުން ބޭސް ދީގެން ދަގަޑުގެބައި 1000 ވަރު ދައްކޮން އެބަހުރެ.ހަފްތާއަކު 5ރޭ ޑެސްފެރޯލް ގުޅާ ކުއްޖާވެސް ހުންނީ 3000ވަރު
    އަނެއްކޮޅުން އާއިލާތެރެއިން ނޫނަސް ރާއްޖެއިން ބޭރުން ބޯންމެރޯ ހަދަން . ޑޯނަރ އެބަލިބޭ.ޑޮލަރު ކޮޅެއް އެމީހުންނަށް ދިނުމުން.މިކަން ކީއްވެތޯ ތެލަސީމިއާ ސެންޓަރުން މީހުންނަށް ނާންގަނީ.
    ދަންނަ ކުއްޖަކަށް އިނޑިއާގެ ބެންގަލޫރުގެ ނަރަޔާނާ ހޮސްޕިޓަލުން ހޯދަދިން ޑޮނަރ 1000
    ޑޮލަރަށް.ސަރުކާރުންވެސް މިކަން ޙައްލުކުރުމަށް އެހީތެރިވުމުގައި ރަނގަޅު މައްލޫމާތު ފޯރު ކޮށްދޭކަށް ނުވޭތޯ؟

    52
    1
  4. ތުނިޔަ

    އިންނާލިﷲ ވައިންނާއިލައިހިރާޖިއޫން...އަދޫގެ ފާފަ ފުއްސަވާ ޖައްނަތުގައި ލެއްވުންއެދި ދުއާކުރަން.

    76
    1
  5. Anonymous

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.

    73
  6. މުހައްމަދު

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.

    50
  7. އިބްރާހީމް

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.

    28
  8. ައަހުމަދު

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.

    32
  9. އަދާލަތު

    އަދޫ އަށް ހެޔޮރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރަން

    7
    1
  10. މޑޕ

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.

  11. ފައި

    انالله وانا اليه راخعون ޔާﷲ ، އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވަވާށި. އާމީން.