ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ، ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިގޮތަށް އިއުލާނުކޮށްފައި ވަނީ، ގިނަ ސަބަބުތަކާއި ހެދި ދިވެހި ޓީޗަރުން ހޯދަަން ދަތިވެ، ކުދިންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ލަފާކުރެވޭތީއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިއުލާނު ކުރެއްވި ވިހެއުމުން ދޭ ހަމަހުގެ ޗުއްޓީއާއި ގުޅިގެން، ޓީޗަރުން ނަގާ ވިހެއުމުގެ ޗުއްޓީގެ ސަބަބުން އެ ޗުއްޓީއަށް ދާ މުވައްޒަފުގެ ބަދަލުގައި ވަގުތީ މުވައްޒަފުން ނަގަން މަޖުބޫރުވެއެވެ.

އަދި ވަގުތީ މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ނެގުމަށް އިއުލާނު ކުރެއެވެ. އެހެން ނަމަވެސް އެެއަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލުމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޕްރައިމަރީ ގްރޭޑްތަކަށް ބިދޭސީ ޓީޗަރުން އިއުލާނުކުރީ ވެސް އެ މަގާމުތަކަށް ދިވެހީން ނުލިބުމުގެ ސަބަބުން ކަމަށެވެ.

ޕްރައިމަރީ ގްރޭޑުތަކަށް ބިދޭސީ ޓީޗަރުން ކުރިން ގެނެއެވެ. ނަމަވެސް މިހާރު އެކަން މަޑުޖައްސާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިވެސް ޖަހާރޮކެޓެއް އިންޑިޔާ އެތިވަރު ގިނަކުރަން ކީކުރާނިދޯ މިއެމްޑީޕީ އެތިވަރަކަށް ނުވިސްނެވިއްޔާ އަދިވެސް

    10
  2. އިންޑިޔާ ޓީޗަރު

    މިހަަރު މޯދީޖީ ބުނެގެން ދިވެހި ޓީޗަރުން ނުވެޔޭ ކިޔައިގެން އިންޑިޔާ މީހުންނަށް ވަޒީފާ ހޯދައިދެނީ. މި އުފައްދަނީ ހާހުން ވަޒީފާޔޯ.. އިންޑިޔާ ފައިބުޑަށް ވެއްޓުނަސް ފިކެއް ބޮޑުވަރުތީ.

  3. ޒިދުނާ

    ބޮންދުމެންވެސް ބޭނުންކުރާނެ އަދި.އާދޭސްކޮށްފަބުނަން މިނިސްޓަރ އައިޝަތުއަލީ އިސްތިއުފާދީބަލަ.މާތުއިވެފަ އިންނާނެ ކަމެއްނެތް.

  4. ރަޝީދު

    ސުކޫލް މަދަރުސާ އުވާލަން ފެނޭ ، އަދި އެޑިޔުކޭޝަން މިނިސްޓްރީވެސް