އެއްގަމު އުޅަނދުފަހަރުތަކުގައި އަލުން ސްޓިކާ ޖަހަން ފަށާފައިވަނީ ފާކް ކުރާނެ ތަންތަން ދެއްކުމަށްފަހު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އުޅަނދުތައް ޕާކު ކުރާނެ ތަންތަން ނުދައްކައި، އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެކަމަށް އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވިއިރު ވެރިކަމާ ހަވާލުވެވަޑައިގެން ވަނީ ސްޓިކާ ޖެހުން ހުއްޓާލާފައެވެ.
އެހެންނަމަވެސް އަލުން ސްޓިކާ ޖަހައިގެން ކޮން ހަފްތާއަކުވެސް ފުލުހުން ދަނީ ފައިސާ ހޯދަމުންނެވެ.
ޓްރާންސްޕޯޓްގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ، އަލުން އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށާފައިވަނީ ޕާކް ކުރާނެ އިތުރު ތަންތަން ހެދުމަށްފަހުގައި ކަމަށެވެ. އަދި ސްޓިކަރ ޖަހަނީ މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ.
"ސްޓިކަރ ޖަހަނީ ޕާކުކުރާނެ ތަންތަން ދައްކާފައި. އަދި ވަރަށް އުންދަގޫވާގޮތަށް ބަހައްޓާފައި ހުންނާއި ޖަހަނީ. މިހާރު ފުލުހުން ސްޓިކަރ ޖަހަނީވެސް އުޅަނދު ބަހައްޓާފައި ހުންނަ ގޮތުގެ ފޮޓޯ ނެގުމަށްފަހު." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ކަފިހި ހުރަސް މަތީގައި ސައިކަލު ހުރަހަށް ބަހައްޓާފައި ދިއުމަކީ އެއްވެސް ބަޔަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް، މާލޭގައި ޕާކު ކުރުމަށް އެކަށީގެންވާ މިންވަރަށް ތަންތަން ހަދާފައެއް ނުވެއެވެ. އަދި ޕާކް ކުރާނެ ތަންތަން ނުދައްކާކަމަށް ބުނެ އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ރަގަލު
އަނގަ އޮތީތީ ގޮވިޔަކަސް ނުވާނެ. ޕާކު ކުރަން ދެއްކީ ވެލާނާގޭ ތެރޭ އޮތް ތަންކޮޅު. ހުކުރު މިސްކިތު އިރުންނާއި ހުރަވީ ބިލްޑިންގ ވަށައިގެން ހަތަރު ފަރާތުން ޕާކު ނުކުރެވޭ ގޮތަށް ހެދި ތަންތަނުގެ ވާހަކަވެސް ކަލޭ ދައްކަންވީނު.
ކަލޭ ތިބުނާ ޕާކުކުރާތަން ދެއްކީ ބަބުރު ސޯލިހުއަށް އެކަނި ދޯ އެހެން ވެގެން ގާސިމް ރުޅިއައިސްގެން މިއޮލެނީ ދޯ އާން ރަގަޅު ްްްްްްްްްްްްްްްްްްްްްްްްް
ތި ބުނާ ޕާކިންތަން ބަބުރު ސޯލިހު ދެއްކިފަހުން ބަބުރުސޯލިހު އަަހެނުން މިހާރު ބޭނުންމެއް ނުވާނެތާ
ނަހޫ އިތުރުފުޅު ނަހައްދަވާ، ޕާކިންގް ޖާގަ ދެއްކިތަނަކީ ކޮބާ، ދިވެހި ފުލުހުންލައްވާ ސަރުކާރަށް އާމްދަނީ ހޯދުވަނީ، މިއީ އެބޭފުޅުން ބޭނުންވާކަމެއްނޫން، ޕާކިންގް ޒޯންތައް ހުރީ ވަރަށް އަޑިނޭގޭ ހިސާބުގަތޯ.
ތިބުނުއްވާޕާކުކުރާތަން ދެއްކެވީ ގާސިމައް މިގައުމުގަ އުޅޭ ރައްޔިތަކަށް އަދިއެއް ނުފެނޭ ތިވިދާޅުވާ ޕާކު ކުރާ ތަނެއް
ލޮލް ?
ތިބުނުއްވާޕާކުކުރާތަން ދެއްކެވީ ގާސިމައް މިގައުމުގަ އުޅޭ ރައްޔިތަކަށް އަދިއެއް ނުފެނޭ ތިވިދާޅުވާ ޕާކު ކުރާ ތަނެއް
މަންޖޭ މަ މިއުޅެނީ ހުސްކޮށް ހުރި ޕާކް ކުރާތަނެއް ނުފެނިގެން!
ކަމަނާ އެއްނޭވައިން ވިދާޅުވެ ދެއްވާ ޕާކިންޒޯން ހެދި ތަނެއް..ޕާކިންޒޯން ހަދަން އެންމެ ރަގަޅީ ހުރަވީ ބިލްޑިންގ ނަގާފަ އެތަން..
ނަހުލާ ޕާކުކުރަން ދެއްކީ ކޮންތަނެއްތޯ؟ މާފަންނުވިލާ ގޯތިތެރެތޯ؟ ނޫނީ ހޯރަފުށީ އެއާރޕޯޓު އަލަން ހިއްކާ ބިންތޯ؟ ނުވަތަ ގުޅިފަޅުތޯ؟ ނޫނީ ތިލަފުށިތޯ؟ސުވާލު އުފެދިއްޖެ މަޤާމުގެ ދަހިވެތިކަން ބޮޑަސް ތީދެން ފުކެއް ބޮޑުވަރު އިމުރާނެކޭ އެއްވެސް ތަފާތެއްނެތް ތަފާތަކީ ދީނީ ބޯޑު ކަރުގައެޅުވައިގެން ނޫޅޭކަން މިފަދަ ތަރައްޤީ ޒަމާނުގަ އެންމެންގެ ކުރިމަތީ ހުރެގެން ތިޔަފަދަ އިތުރުފުޅު ހައްދަވަނީ ކާކަށް ކޮންކަމެއް އޮޅުވާލުމަށްތޯ؟ ހަމަ ޔަޤިނުންވެސް ހެއްދެވިފަރާތަކަށް އޮޅުވައެއް ނުލެވޭނެ
ހުސްދޮގު
މަގުތަކަކީ ޕާކިންގ އަށް ޚާއްސަތަނަކަށް ހަދާކަށް ނުޖެހޭ! ޢެއަށްވުރެ ވިސްނުން ރަނގަޅުކުރަންޖެހޭ.
ކަމަނާގެ ބަސްފުޅަށް ތާޢީދު.....
ކޮންމެބޭފުޅަކުވެސް ޕާރކްކުރަންވަނީ އެޚިދުމަތެއް ލިބިގަންނަތަނުން..މިސާލަކަށް ބޭންކްއިންނަމަ ބޭންކަގެ ސީދާކުރިމަތިން ފެރީއެއްނަމަ ފެރީގެކުރިމަތިން.. ޝޮޕިންއެއްގަނަމަ ފިހާރަކުރިމްތިން މަގުމެދުގަ.. މިނިސްޓްރުންތެރޭގައިހިމެނޭބައެއް ކަނބަލުންވެސްއެބަހުރި މަގުމެދަށްވާގޮތަށް ކާރުކޮޅު ޕާރކްކުރައްވައި ޝޮޕިންގ ކުރައްވާފަ... އެއްވެސްސަރުކާރަކަށް ކިހިނެތްތޯ މިކަންވާނީ .. މިއުޅެނީ ހުކުރުދުވަހު އިސްލާމީމަރުކަޒު ކުރިމަތިން ފައިވާންވެސް ޕާކްނުކުރެވިގެން..
ބަޔެއް މީހުން ވަކުދޮރޯށީގައިވެސް ޕާކު ކުރޭ..
މިސަރުކާރުގައި ލިބޭއާމްދަނީން ދެކޮޅު ނުޖެހުމުން ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުން ފޭރެންވަނީ ފަށާފައެވެ.
ހުޅުމާލޭގައި ޕާކްކޮށްފައި މާލެއަށް. ދެހާސް ތިންހާސް ފޫޓު ދުރުގއި ޕާކްކުރންވީ. ދޮންކަބަލޮއަށްވީމާ ގޭ ކައިރިން ކަޑަ ޖަހާފައި ޒޯން.
ވަރަށް ރަނގަޅު މިނިސްޓަރެއް ކަމަށް މަ ޙީކުރީ. އެކަމަކު މިހާރު ސުމެއް. މުޅިންދޮގު. ސަރުކާރު ހިފަހައްޓަނީ ސްޓިކާ ޖަހައިގެން ލިބޭ ފައިސާއިން. އިންޑިޔާއިން ލިބުނު ފައިސާއަށް ހެދިގޮތެއް ނޭނގޭ.
ހުވަރަފުށި ގޮނޑުދޮށުންތަ ނޫނީ މާފަންނުވިލާގަތަ ޕާކުކުރާނެ ތަންތަން ހެދީ މިކަހަލަ ތައުލީމެއް ނެއް މީހުންނައް މިނިސްޓަރު ކަން ދިނީމަ ވާނެގޮތް މިވަނީ
ބޮލޭ ވިދާޅުވޭ
ޕާކްކުރަންވީ މިނިސްޱަރ ދެފައިދެގޯޅީގަތޯ ޔާމީނުހެދިހާތަނެއް ހަލާކުކުރުރުންނޫން ކޮންކަމެއްތޯ ކުރެވުނީ؟
މަށަށްވެސް ތިޔަޕާކިން ޒޯނެއް ދައްކަ ބަލަގަ! މަވެސް ބޭނުން ބަލާލަން!
އެތަން ނުފެއްނާނެ ކެކެ.... ?
އެކަމުކުވެސް ބުނެލަން. ސައިކުގައި ސްޓިކާއެއް ޖަހައިފައި ހުއްޓާ ފެނުނީމަ ހިތައް ވަރަށް އަސަރުކުރޭ، ބުރަމަސައްކަތް ކޮއްގެން ލިބޭ ލާރި ފުލުހުންނަށް ފެނިގެން ޖަހާ ސްޓިކާ އަކަށް ހަރަދުކުރަންވީމަ ވަރައަށް ހިތައް އެއްޗެހި އަރާ...
ޕާކް ކުރަން ކަލޭމެން ހެދި އެންމެ ތަނެއް ދައްކަބަލަ
މިނިސްޓަ އެވިދާޅިވަނީ ޕާކިން ޒޯންތައް ހަދާފަ
ދެއްކީމޭ ކޮބާބާވައޭ ހިތައްއެބައަރާ
އެބުތަންތަނަކީ މިސްޓަ އެހައްދަވަ ނީހުސްދޮގު
ޥެލާނާގެ ދެކުނުފަރާތް، މަޖީދިއްޔާ ދެކުނު ކުރީގެ ދިވެހިބަހާ އަދަބަައް ޚިދުމަތްކުރާ މަރުކަޒު ހުރިތަން ސޯސަންމަގު އެއްފަޅި ކާރުޕާކު ކުރުމަށް މީިހަމައެކަނި ހެންވޭރުގަ އަލަށް ހެދި ޒޯން ރަނގަޅަށް ބަލާލީމެ ފެންނާނެ ކަމަށް ދެކެން.
އެންމެން ޕާކު ކުރަނަ ހެނވޭރައް ދާށޯ..
އެއް އިރެއްގަވެސް ޕާކުކުރާނެ ތަނެއް މާލެގަ ނެތިގެނެއް ނޫޅެ. ނިމިދިޔަ ސަރުކާރުގަވެސް އެތައް ޕާކިން ޒޯނެއް އިތުރު ކުރި. އެކަމު މައްސަލައަކީ މާލޭގަ ދުއްވާ ވެހިކަލްތަކާ އެއްވަރައް އަދި ޕާކް ކުރަން އެންމެ ޖެހޭ ހިސާބު ގަންޑުގާ އެކަށީގެންވާ ވަރައް ޕާކްކުރާނެ ތަންތަން ނެތުން. މިސާލަކަށް، ވެލޭނާގެ އޮފީސް އިމާރާތައް ދާންޖެހޭމީހާ މީހާއަޔައް މިހާރުގެ ސްޕްރީމް ކޯޓު ކުރިމަތިން ތަނެއްދައްކާފަ ޕާކްކުރާށޭ އެއޮތީ ތަނެއް ހަދައިދީފައަޔޭ ބުނެ ސްޓިކާ މިހާރު މިޖަހަނީ އެތަންދައްކާފައޭ ބުނުމަކުން ކުރިވައުދާ ކަންކުރާގޮތާ އިހްލާސްތެރި ކަމެއްނެއްކަން ހާމަވެ. މާފަންނުވިލާޔަށްދާމީހާ އިންޑަސްޓްރިއަލް ޒޯންގަ އެއޮތީ ތަނޭ އެތާގަ ސައިކަލްޕާކްކުރާސޭ ހުރިހާ އަދި ކާރެއްޕާކް ކުރެވޭނޭ، ޕާކްކޮއްފަ ދެންދާތަނަކައް ދާށޭ ނޫނީ!!! މީވައުދު ފުއްދުމުގެ ހިއްލާސް ތެރިކަންތޯ؟؟ ތިމާގެ ފިރިކަލުންގެ ތަނަވަސްކަމުން ގޭދޮރުމައްޗާ، ޖެހިގެން އޮންނަގޭ ގަރާޖާ އަދި އެގޭ ދޮރުމަތީގަ އެހެންމީހަކު އެއްޗެއްބަހައްޓާތޯބަލަން ގާޑުންބައިތިންބައިގެން އެތަންހުސްކޮއްގެންތިބެ ތިމާ ސާރުކޮޅުގަ އައިސް އެތާ ދޮރުމައްޗައް ޕާކްލާފަ ދިޔަޔަސް، !!!. ރައްޔިތުން ސުވާލު ކުރަނީ ވައުދުވީމަ، އެކަންނުފުއްދާ ކިތަންމެ ވަރަކައް އެކަންފޮރުވަން އުޅުނަސް އެކަމެއްނުވާނެ. ސްޓިކާޔާ، އެކިއެކި ނަންނަމުގަ އެކިޖޫރިމަނާކޮއްގެން ރައްޔިތުންއަތުން ތިފެލާފެލުން އިހުނައްވުރެ މިހާރު އަދި މިކަންމާބޮޑު.
ރައްޔިތުންވެސް ފެލަނީ.. ރައްޔިތުން އަތުންވެސް ފެލަނީ.. ވީމާ ސަރުކާރާއި ރައްޔިތުންނާއި ވެގެންވެސް ފެލަނީ..
، ކިހާވަރެއްގެ ތަންގަނޑެއްތޯ އޮންނަނީ ޕާކުކުރަން...
ނަހުލާވެސް ފައްކާ މޑޕ ގުންޑާއަކަށްވެއްޖެ. ބިރެއްނެތި ދޮގުހަދާލަން ކެރުމަކީ އެއްބައެއްވަންތަކަމުގެ ރަމްޒް
ސްޓިކާ ޖަހަންޖެހޭނެ . ސްޓިކާ ޖެހުމަކު މައްސަލައެއްނެތް .މައްސަލަޔަކީ ސްޓިކާ އަށް ފައިސާ ނުހޯދާތީ . ވެރިކަމުގެ ފަރާތުން މިހދާ ގޮތަކީ ދުވަސްކޮލަކުން ސްޓިކާ ފައިސާ މާފު ކޮށްލަނީ ޕާކިން އަށް ހައްލު ނާންނަ ސަބަބަކީ މިއީ ގާނޫނަށް ބޯނުލަނޞާ ސަބަބަކީ މިއީ . ސްޓިކާ ޖަހަންވާނެ . ފައިސާ އަތުލަންވެސް ވާނެ.
މީނަގެ ސައިކަލު ހޯދާފަ ރަނގަޅަށް ސްޓިކަރ ތަޅާލަބަލަ އެއްޗެއް ވިސްނެންދެން!
މަށަށް ހަމަ އެއްގޮތަކަށްވެސް ނުފެނުނު މާވެޔޮމަގާ، ރަށްދެބައި މަގާދޭތެރޭ ކަލޭ ތިބުނާ ދައްކާފައޮތް ފާކުކުރާތަނެއް.. މީނަ މިހިރީ މަގާމެއްލުބުނީމަ ސިކުނޑިވެސް ގޮވާފަ..
ޑިމޮކްރަސީ ހަރާން
ނަހުލާ ތިއުޅެނީ ނުލަފާމީހަކު ރަގަޅަށް ކަލެއަށް ބަވާ ނުލައިގެންތަ ؟ ކަލޭ ޕާރކިންގ ޒޯނު ދެއްކީ ބުރުމާއަށް އުތަ ؟ ލަދު ކޮބާ ؟
ތިބުނާ ޕާރކިންގ ޒޯން ފެންނަނީ ހަމަ އެކަނި ސޭޓަށް އުތަ ؟
ކަނޑައެޅިގެން ބޮޑު ދޮގެއް، މިއީ ހަމަ ދޮގުހަދާ ސަރުކާރެއް.
ނަހޫ ބުނި ކޮންމެތާކު ޕާކު ކޮއްދޭނަން.. އެއީ ދޮރުގެ ކުރިމަތީގައި ވިޔަސް ނުވަތަ ގޭގެ ފަހަތުގައި ވިޔަސް އަދި ގޭގެ ފުރާޅު ދެމެދުގައި ފެންހަރުލާތާގައި ވިޔަސް މެއެވެ. ނަހޫ ވަރުގެ ޓުރާންސުޕޯޓު މިނިސްޓަަރަކު ރާއްޖެއަކު އަދި ނުއުފެދޭ..
ޕާކު ކުރަނިކޮއް ފޫކޮޅުގައި އިސްޓިކާ ޖަހާފާނެ..
ކުރިންވެސް ސްޓިކާ ޖަހަނީ ޕާރކް ކުރާތަން ހުއްޓާ އެހެން ތަންތާގަ ބެހެއްޓީމަ. މިހާރު ދެން ވަކި މޮޅުކަމެއް ވެފަ އެބައޮތް ތަ؟
ސްޓިކަރ އެއީ ޖަހަން ދީފަ ހުރިއެއްޗެއް އެހެން ވީމަ ނުގަވައިދުން ހުންނަ ސައިކަލު ގަ ޖެހޭނެ
ސްޓިކަރ އެކަންޏެއް ނޫން، ސްޕީޑް ޓިކެޓްވެސް ދެނީ. ފުލުހުން ތިބެނީ ބަޔަކު އޯވަރޓޭކް ކުރާރާ ގަޑީގައި ސްޕީޑް ބަލަން. އޯވަރޓޭކް ކުރާއިރު ބްރިޖްގަ ދުއްވަން އެ އޮތް ލިމިޓަށްވުރެ ކުޑަ ތަންކޮޅެއް ބާރުވެދާނެ. މައްސަލައަކީ ޤަވައިދުން އުޅޭ މީހުންނާ ދޭތެރޭ މިގޮތަށް ކަންތައްތައް ކުރާތީ، މަޑުކުރުވާއިރު ބުނެވެސްނުލާ ކޮން ސްޕީޑެއްގައިކަން ދުއްވީވެސް. މިހާ ޕްރޮފެޝަނަލް ބައެއް ފުލުހުންނަކީ. ލާރިކޮޅެއް ހޯދަންވީމަ ހިތަށްއެރި އުސޫލަކުން ކަންތައްތައް ކުރަނީ. ބްރިޖުން ދާ ގިނަ މީހުން ދުއްވަނީ އޮންނަ ސްޕީޑް ލިމިޓަކު ނޫން. ދެން ވަކި ބަޔަކު ފައިން ކުރަންވީ ކީއްވެގެން ހޭ. މާލޭގައިވެސް ޕާކިން ޓިކެޓް ދެނީ ކިއްވެގެންކަމެއް އެއްގޮތަކަށްވެސް ނުވިސްނުނު. ޕާކު ކުރާނެ ޖާގައެއް ލިބެނީ އެހާ އުނދަގުލުން. ދެން ހެންވޭރުގައި އިން ޕާކިން ޒޯނެއްގައި ޕާކުކޮށްފައި މާފަންނުގަ އިންނަ ތަނަކަށް ނުދެވޭނެ ދޯ. އެހްނެވަންޏާ ކޮބާ ސައިކަލުގެ ބޭނުމަކީ.
ekmau enme hani goalhi thakuga ves, parking zone eh nethi meehun park kohfa, regular koh. ein ehves cycle ehga nuhurey sticker jahaafa ves. mikiyany guleynooran magu vaahaka. sosun maguga in na mugurige kanmathin lanbaalaa iru in na guleynooran maguga nuhurey parking zone eh hadhaafa. ekamu mulhi magu furaa hus cycle on nany park kohfa. emagun careh noony lorry eh van na ma, hingaameehun nah nuhigey. car ves van van jeheny ehaa balaigen. heevany dhenme dhenme cycle thakuga jehidhaanehen. sticker jahany vaki magu thakakah target kohgen. ehves varakah balaalumeh nethi. sticker jahan jehey cycle thakuga sticker jahaafa nuhurey. mibunaa maguga ei handhaan hun nan feshy sure abadhuves park kihfa hun na mage. ekamu dhuvahakuves e maguga parking zone eh nuhurey.